Roadha Mihaaru
ހޯމް މިނިސްޓަރު ކަމަށް އަޒްލީން ހަމަޖައްސަވައިފި

ހޯމް މިނިސްޓަރު ކަމަށް އަޒްލީން ހަމަޖައްސަވައިފި

01 އޯގަސްޓް 2016

ހޯމް މިނިސްޓަރު ކަމުގައި ހުންނެވި އަހުމަދު ޒުހޫރު އެ މަގާމުން ވަކިކުރައްވައި، ހޯމް މިނިސްޓަރަކަށް އަޒްލީން އަހުމަދު މިއަދު ހަމަޖައްސަވައިފި އެވެ. އަދި ޒުހޫރު ވަނީ ރައީސް އޮފީހުގެ މިނިސްޓަރަކަށް މިއަދު އައްޔަން ކުރައްވައިފަ އެވެ.

ހޯމް މިނިސްޓަރުކަމަށް އަލަށް އައްޔަން ކުރެއްވި އަޒްލީން މިހާތަނަށް ހުންނެވީ އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގަ އެވެ.

ހޯމް މިނިސްޓަރުކަމުގެ މަގާމުގެ ފަތްކޮޅު ރައީސް ޔާމީން، އަޒްލީން އަށް މިއަދު އަރުވަނީ.---ފޮޓޯ: ރައީސް އޮފީސް

ހޯމް މިނިސްޓަރުކަމުގެ މަގާމުގެ ފަތްކޮޅު ރައީސް ޔާމީން، އަޒްލީން އަށް މިއަދު އަރުވަނީ.---ފޮޓޯ: ރައީސް އޮފީސް

ހޯމް މިނިސްޓަރު ކަމުން ޒުހޫރު ވަކިކުރެއްވިއިރު އޭނާ އެ މަގާމަށް އައްޔަން ކުރެއްވީ މިދިޔަ ޖޫން މަހުގެ 22ގަ އެވެ. ޒުހޫރު ކުއްލި ގޮތަކަށް ހޯމް މިނިސްޓަރުކަމުން ވަކިކުރެއްވި ސަބަބެއް އަދި ނޭނގެ އެވެ. ނަމަވެސް ރާއްޖޭގެ 51 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރޭ ބޭއްވި ކުޅިވަރުތަކުގައި ވެސް ރައީސް ޔާމީންގެ އަރިހުގައި އެންމެ އިސްކޮށް ހުންނެވީ ޒުހޫރެވެ. އަދި ޒުހޫރު ވަނީ އަބުރު ރައްކާތެރިކުރުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ބިލާ ގުޅޭ ގޮތުން މޯލްޑިވްސް މީޑިއާ ކައުންސިލާ ބައްދަލު ކުރެއްވުމަށް ވެސް މާދަމާ އަށް އެޕޮއިންޓްމަންޓް ދެއްވާފައި ކަމަށް އެނގިފައިވެ އެވެ.