15 ޖުލައި 2018
މާލޭ ދަފުތަރުގައި ރަޖިސްޓްރީ ވެފައިވާ މީހުންނަށް، ސަރުކާރުގެ ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ދިނުމުގައި ޕޮއިންޓު ދޭނެ މިންގަނޑު އަނެއްކާ ވެސް ބަދަލު ކޮށްފި އެވެ.
މާލޭ ދަފުތަރުގައި ރަޖިސްޓްރީ ވެފައިވާ މީހުންނަށް، ސަރުކާރުގެ ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ދިނުމުގައި ޕޮއިންޓު ދޭނެ މިންގަނޑު އަނެއްކާ ވެސް ބަދަލު ކޮށްފި އެވެ.
މާލޭގެ ރަށްވެއްސެއްގެ ގޮތުގައި، ދަފުތަރުގައި ރަޖިސްޓްރީވެފައިވާ މީހުންނަށް ހިޔާ މަޝްރޫއުގެ ދަށުން ދެ ކެޓަގަރީއެއް ވަނީ ކަނޑައަޅައިފަ އެވެ. އެއީ ދަފުތަރުގައި ރަޖިސްޓްރީ ވެފައިވާ މީހުންނަށް ދޭ ދެ ކޮޓަރީގެ ފްލެޓާއި އެއް ކޮޓަރީގެ ފްލެޓް ހިމެނޭ ކެޓަގަރީ އެވެ.
އެ ކެޓަގަރީތައް އިއުލާންކޮށް، ފޯމު ދޫކުރަން ފެށި އިރު، ދަފުތަރުގައި ރަޖިސްޓްރީވެފައިވާ މީހުންނަށް ޕޮއިންޓް ދޭ ގޮތް އިއުލާންކޮށްފައި އޮތް ނަމަވެސް، މި މަހުގެ 10 ވަނަ ދުވަހު ވަނީ ޕޮއިންޓް ދޭ މިންގަނޑު ބަދަލުކޮށްފަ އެވެ. އޭގެ ފަހުން އަނެއްކާ 13 ވަނަ ދުވަހު ވެސް އެ މިންގަނޑު ބަދަލު ކޮށްފަ އެވެ.
އެންމެ ފަހުން ގެނައި އިސްލާހާ އެކު މިހާރު ފްލެޓް ދިނުމުގައި ޕޮއިންޓް ދޭނެ މިންގަނޑުތައް ތިރީގައި އެވަނީ އެވެ.
- ދަފުތަރުގައި ރަޖިސްޓްރީވެފައިވާތާ ފަސް އަހަރު ނުވާނަމަ- 10 ޕޮއިންޓް
- ދަފުތަރުގައި ރަޖިސްޓްރީ ވެފައިވާތާ 5 އަހަރުވެ، 10 އަހަރު ނުވާނަމަ - 20 ޕޮއިންޓް
- ދަފުތަރުގައި ރަޖިސްޓްރީ ވެފައިވާތާ 10 އަހަރުވެ، 15 އަހަރު ނުވާނަމަ - 30 ޕޮއިންޓް
- ދަފުތަރުގައި ރަޖިސްޓްރީ ވެފައިވާތާ 15 އަހަރުވެ އިތުރުވެފައިވާނަމަ - 40 ޕޮއިންޓް
މާލޭގައި މެދުނުކެނޑި ދިރިއުޅުނު މުއްދަތަށް ޕޮއިންޓް ދޭ މިންގަނޑަށް ވެސް ބަދަލު ގެނެސްފައިވާ އިރު، މާލޭގައި ދިރިއުޅޭތާ ފަސް އަހަރު ނުވާ މީހުންނަށް މިހާރަކު އެއްވެސް ޕޮއިންޓެއް ނުލިބެ އެވެ. އަދި މާލޭގައި މެދުނުކެނޑި ދިރިއުޅޭތާ 20 އަހަރު ހަމަވެ، އެއަށްވުރެ ދިގު މުއްދަތެއް ވެފައިވާނަމަ މިހާރު 40 ޕޮއިންޓް ލިބެ އެވެ.
- މާލޭގައި ދިރިއުޅޭތާ 5 އަހަރު ނުވާނަމަ - އެއްވެސް ޕޮއިންޓެއް ނުލިބޭ
- މާލޭގައި ދިރިއުޅޭތާ 5 އަހަރުވެ، ދިހަ އަހަރު ނުވާނަމަ - 10 ޕޮއިންޓް
- މާލޭގައި ދިރިއުޅޭތާ 10 އަހަރުވެ، 15 އަހަރު ނުވާނަމަ - 15 ޕޮއިންޓް
- މާލޭގައި ދިރިއުޅޭތާ 20 އަހަރަށްވުރެ ގިނަ ވެފައިވާނަމަ- 40 ޕޮއިންޓް އާއިލާގެ ކުޑަބޮޑުމިނަށް ބަލައި، ޕޮއިންޓް ދޭ މިންގަނޑަށް ގެނައި އިސްލާހުގެ ދަށުން، މިހާރު ޕޮއިންޓް ދެނީ ދަރިން ތިބި އަދަދަށް ބަލާފަ އެވެ.
- ދަރިއަކު ނެތް ނަމަ- 5 ޕޮއިންޓް
- ދަރިންގެ އަދަދު 1 ނަމަ- 10 ޕޮއިންޓް
- ދަރިންގެ އަދަދު 2 ނަމަ- 15 ޕޮއިންޓް
- ދަރިންގެ އަދަދު ތިނެއް ނުވަތަ އެއަށް ވުރެ އިތުރު ނަމަ- 20 ޕޮއިންޓް
ދަފުތަރުގައި ޖެހިފައިވާ މީހުން ހިޔާ މަޝްރޫއަށް ފޯމު ހުށަހަޅާއިރު، ދަފްތަރުގެ ރަޖިސްޓްރީގެ ކޮޕީ ނުވަތަ ދަފްތަރުގައި ރަޖިސްޓްރީވުމަށް ފޯމު ހުށަހެޅުމުން ހަވާލުކުރާ ވަގުތީ ލިޔުމުގެ ކޮޕީ ހުށަހަޅަން ޖެހެ އެވެ.
އަދި މާލޭގައި ދިރިއުޅުނު މުއްދަތަށް ހެކިވާ ދެ ހެކިވެރިންގެ އައިޑީކާޑު ހުށަހަޅަން ޖެހެ އެވެ.
އޭގެ އިތުރުން، މާލޭގައި މެދުނުކެނޑި ދިރިއުޅުނު މުއްދަތުގެ ތެރޭގައި ކިޔަވަން ނުވަތަ ބޭސް ފަރުވާ އަށް ރާއްޖެ އިން ބޭރަށް ދިއުމާއި، ވަޒީފާގެ ގޮތުން އަމިއްލަ ރަށް ނޫން ރަށެއްގައި ވަޒީފާ އަދާކުރުމުގެ ސަބަބުން ހަ މަހަށް ވުރެ ދިގު މުއްދަތެއްގައި އެހެން ތަނެއްގައި ދިރިއުޅެފައިވާ ނަމަ އެކަން ސާބިތުކުރުމަށް ބޭސް ފަރުވާގެ ލިޔުމުގެ ކޮޕީ ނުވަތަ ތައުލީމީ ނުވަތަ ވަޒީފާގެ ލިޔުމުގެ ކޮޕީ ހުށަހަޅަން ޖެހެ އެވެ.
މާލޭ ދަފުތަރުގައި ރަޖިސްޓްރީވުމުގެ ފުރުސަތު މިދިޔަ ބުދަ ދުވަހު ވަނީ ހުޅުވާލައިފަ އެވެ. އަދި ދަފުތަރުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމު ހައުސިން މިނިސްޓްރީ އަށް ހުށަހަޅައި، ދަފުތަރުގައި ރަޖިސްޓްރީވާ މީހުން ފްލެޓަށް އެދޭ ފޯމު ވެސް އެ ތަނަށް ހުށަހަޅާ ގޮތަށް އެ މިނިސްޓްރީން ވަނީ ހަމަޖައްސައިފަ އެވެ.
ދަފްތަރު މީހުންނަށް ޕޮއިންޓް ލިބޭނީ އެއް މުއްދަތަކުން
ފްލެޓަށް ކުރިމަތިލުމުގެ މުއްދަތު ހަމަވާތީ ބާރުބޮޑުވަނީ
އީދު ބަންދުގައި ވެސް "ހިޔާ" ފޯމު ބަލައިގަންނާނެ
ދަފްތަރުގައި ޖެއްސުމަށް 1800 އަށް ވުރެ ގިނަ ފޯމު
ދަފުތަރުގައި ތިބި މީހުން ފްލެޓަށް އެދެން އާ ފޯމެއް
ފްލެޓަށް އެދި 5،000 މީހުން ފޯމު ހުށަހަޅައިފި
ދަފުތަރު މީހުންނަށް ޕޮއިންޓް ދޭ އުސޫލު އާންމުކޮށްފި
ހިޔާ މަޝްރޫއުގެ 12 ކެޓަގަރީއަށް ފޯމު ދޫކުރަން ފަށަނީ
ފްލެޓްތަކަށް ކުލި ނުދައްކާތީ ފިޔަވަޅު އަޅަން އިންޒާރު
ދައުލަތަށް ބިން ދޫކޮށްލުމުން ފްލެޓް ހިލޭ ލިބޭނެ