10 ޖުލައި 2018
ކްރޮސް ރޯޑްސްގެ ނަމުގައި ކ. އެނބޫދޫފަޅު ތަރައްގީކުރާ ތައިލެންޑްގެ ސިންގް އެސްޓޭޓުން އޭ ޕްލަސް އީ ނެޓްވޯކްސް އޭޝިއާ އާ ގުޅިގެން "މޭކިން މެގަ އިން ޕެރަޑައިސް" ގެ ނަމުގައި ހިސްޓްރީ އޭޝިއާ ޗެނަލްގެ މުޅިން އާ ޑޮކިއުމެންޓަރީ ސީރީޒް އެއް އުފެއްދުމުގެ މަސައްކަތް ފަށައިފި އެވެ.
ކްރޮސް ރޯޑްސްގެ ނަމުގައި ކ. އެނބޫދޫފަޅު ތަރައްގީކުރާ ތައިލެންޑްގެ ސިންގް އެސްޓޭޓުން އޭ ޕްލަސް އީ ނެޓްވޯކްސް އޭޝިއާ އާ ގުޅިގެން "މޭކިން މެގަ އިން ޕެރަޑައިސް" ގެ ނަމުގައި ހިސްޓްރީ އޭޝިއާ ޗެނަލްގެ މުޅިން އާ ޑޮކިއުމެންޓަރީ ސީރީޒް އެއް އުފެއްދުމުގެ މަސައްކަތް ފަށައިފި އެވެ.
ސިންގް އެސްޓޭޓުން ބުނީ އިންޑިއާ ކަނޑުގެ އެންމެ ބޮޑު އިންޓަގްރޭޓަޑް ރިސޯޓް ރާއްޖޭގައި ތަރައްގީކުރާއިރު އެ މަޝްރޫއުގައި ދިމާވާ ލޮޖިސްޓިކަލް އަދި އިންޓެލެކްޗުއަލް ގޮންޖެހުންތައް އެ ސީރީޒްގައި ފެނިގެންދާނެ ކަމަށެވެ. އަދި ހައިރާންކުރުވަނިވި އެތައް ކަމެއް ހިމެނޭ ގޮތަށް، ބައިގަޑިއިރުގެ ހަ އެޕިސޯޑުގެ މައްޗަށް އެކުލެވޭ އެ ޑޮކިއުމެންޓަރީ ސީރީޒް ނެރެން ރާވާފައި ވަނީ އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
"މިއީ އާދައިގެ ކޮންސްޓްރަކްޝަން މަޝްރޫއެއް ނޫން. މިއީ ތާރީހުގައި މިހާތަނަށް ކޮށްފައިނުވާ ފަދަ ކަމެއް. މުޅި ލޮކޭޝަންގެ 99 ޕަސެންޓަކީ ކަނޑު. މިކަހަލަ ތަނެއްގައި މި ފަދަ ބޮޑު އިންޖިނިއަރިން އިނީޝިއެޓިވްއެއް ކުރިއަށްގެންދިއުމަކީ ވަރަށް އާދަޔާ ހިލާފު ދަތުރެއް. އީކޯ ޓޫރިޒަމް ތަރައްގީކުރުމުގެ މިފަދަ ކުޅަދާނަ މަޝްރޫއެއް ހިންގާއިރު އެކަން މިހާ ގާތުން ބެލުމުގެ ފުރުސަތު ލިބުނީމާ ވަރަށް ފަޚުރުވެރިވޭ،" އޭ އެންޑް އީ ނެޓްވޯކްސް އޭޝިއާގެ ޑައިރެކްޓަރު އެންޑް އެގްޒެކެޓިވް ޕްރޮޑިއުސަރު ކްރިސް ހަމްފްރީ މިއަދު ވިދާޅުވި އެވެ.
ސިންގް އެސްޓޭޓުން ބުނީ ދިރުމުން ފުރިގެންވާ ފަރުތައް އޭގެ ވަށައިގެން ހަތް ކިލޯމީޓަރަށް ދެމިގެންދާހެން، 680 މިލިއަން ޑޮލަރު ހަރަދުކޮށްގެން ތަރައްގީކުރާ ލެޝަ ޑެސްޓިނޭޝަން މަޝްރޫއުގައި ކޮންސްޓްރަކްޝަންގެ އެކި ދާއިރާތަކުން މާހިރުންގެ މަލްޓި ޑިސިޕްލިނަރީ ޓީމެއް ހަރަކާތްތެރިވާ ތަން މޭކިން މެގަ އިން ޕެރަޑައިސްގައި ފެނިގެންދާނެ ކަމަށެވެ. އަދި އެ މަޝްރޫގެ ޕާޓްނަރުންގެ ތެރޭގައި ކެފޭ ޑެލް މާ، ހާޑްރޮކް ހޮޓެލް އަދި ހާޑްރޮކް ކެފޭ ގެ އިތުރުން ކިއުރިއޯ ކަލެކްޝަން ބައި ހިލްޓަން ފަދަ މަޝްހޫރު ފަރާތްތައް ހިމެނޭ ކަމަށް އެ ކުންފުނިން ބުންޏެވެ.
"މި ޑޮކިއުމެންޓަރީ ސީރީޒްގައި އެންމެ ހާއްސަ ކަމެއް ދެވޭނީ އެނބޫދޫ ފަޅުގެ ރީތިކަމާއި ހިތްގައިމުކަމަށް. އެނބޫދޫސް ފެންޓާސްޓިކް ސެވަންގެ ދުވަސްވީ ފަރުތަކާއި ގާތަކާއި އޭގެ ވަށައިގެންވާ ދިރުން ރައްކާތެރިކުރުމަކީ މި މަސައްކަތް ކުރިޔަށްގެންދިޔުމުގައި ދިމާވާ އެންމެ ބޮޑު ގޮންޖެހުން. އެނބޫދޫ ރިސޯޓް މެގަ މަޝްރޫއު ކުރިއަށް ދާއިރު މި މަޝްރޫއުގައި ހަރަކާތްތެރިވާ މާހިރުންގެ ކޮންމެ ނިންމުމެއްގައި ވެސް ވަށައިގެންވާ ނާޒުކު މެރިން އީކޯ ސިސްޓަމް ރައްކާތެރިކުރުމަށް ވިސްނާފައިވާ މިންވަރާއި އެކަމަށް ބޭނުންކުރާ އުކުޅުތައް މި ސީރީޒްގެ ތެރެއިން ފެނިގެންދާނެ،" ސިންގް އެސްޓޭޓުން ބުންޏެވެ.
އެ ކުންފުނިން ބުނީ އެ މަޝްރޫއުއަށް ތައިލެންޑާއި ރާއްޖެ އާއި ބައިނަލްއަގުވާމީ ވިޝަނަރީންގެ ވިސްނުންތައް ހިމެނޭ މާސްޓަ ޕްލޭނަކާއި މި ޕްލޭންގެ ތަފްސީލުތައް ދައްކާލަން ރާވާފައިވާ ކަމަށެވެ. އަދި އީކޯ ކޮންޝަސް ޑިވެލޮޕްމަންޓްގައި ކަނޑައަޅާ ލަނުދަނޑިތައް ކާމިޔާބު ކުރުމަށް ކުދިކުދި ތަފްސީލުތަކަށް ދޭން ޖެހޭ ހާއްސަ ސަމާލުކަމާއި އަހައްމިއްޔަތު އެ ސީރީޒްގައި ފެނިގެންދާނެ ކަމަށް ސިންގް އެސްޓޭޓުން ބުންޏެވެ.
"މި މަޝްރޫއުއަށް އަޅުގަނޑުމެންގެ ޓީމުން ކޮށްފައިވާ މަސައްކަތާމެދު ވަރަށް ފަހުރުވެރިވަން. ސުވަރުގެއެއްގެ ގޮތުގައި ދެކެމުން އަންނަ ރާއްޖޭގެ ތިމާވެއްޓަށް މިކަމުން ކުރާ އަސަރު ވީހާ ވެސް ކުޑަކުރެވޭނެކަން ފެށުނީއްސުރެ ނިމެންދެން އަހަރަމެން ޔަގީންކުރާނަން. ތަނެއްގައި އުޅޭ މީހުންނާއި އެތަނެއްގެ ގުދުރަތީ ތިމާވެއްޓާ އޮންނަ 'ހާމޯނިއަސް ކޯއެގްސިސްޓަންސް' ގެ މުހިއްމުކަމަކީ ސިންގް އެސްޓޭޓުން އަބަދުވެސް ގަބޫލުކުރާ ކަމެއް. އަދި މި މަޝްރޫއުން އެ ތަސައްވަރު ވަރަށް ފުރިހަމައަށް ހާމަކޮށްދޭ،" މިކަމާ ބެހޭގޮތުން ވާހަކަދައްކަމުން ކްރޮސްރޯޑްސް މޯލްޑިވްސްގެ ޗީފް އޮޕަރޭޓިން އޮފިސަރު ތިޓި ތޮންގްބެންޖަމަސް ވިދާޅުވި އެވެ.
ކޮނޑޭގެ ޓޫރިޒަމް ފެށުން: ކޮނޑޭ މަލާ ރިޔަތި މަލާ!
ސީއެންއެންގެ ރާއްޖެއާ ގުޅޭ ޕްރޮގްރާމް މީޑިއާނެޓުން
ކްރޮސްރޯޑްސް އިން ގިނަ ވަޒީފާ އުފެދިއްޖެ: ނައިބުރައީސް
300 މިލިއަން ޑޮލަރުގެ ކްރޮސްރޯޑްސް ހުޅުވައިފި
ޓޫރިސްޓުންނަށް ދިވެހި ބަސް ކިޔަވައިދެނީ
ތަރިކަ ރައްކާތެރިކޮށްގެން މަންފާ ލިބޭނެ: ޔުމްނާ
"އެނބޫދޫފަޅުން 40 މިލިއަން ޑޮލަރު ހޯދައިދިނިން"
ޓޫރިޒަމްގެ މަލަމަތި ބަދަލުކޮށްލާނެ ބިޔަ މަޝްރޫއެއް
ކްރޮސް ރޯޑްސްގެ ވޯޓަ ސްޕޯޓްސް ހިންގަން ބަޔަކަށް ދީފި
އެނބޫދޫފަޅުގެ ފުރަތަމަ ފިޔަވަހި މިއަހަރުގެ ނިޔަލަށް