11 ޖުލައި 2018
ކްރޮސްރޯޑްސްގެ ނަމުގައި ކ. އެނބޫދޫ ފަޅުގައި ހިއްކައިގެން ތަރައްގީކުރާ އިންޓަގްރޭޓެޑް ރިސޯޓުގައި ތަފާތު ވައްތަރުގެ ވޯޓަ ސްޕޯޓްސް އަދި އެކްސްކާޝަންސް ހިންގަން ސިންގް އެސްޓޭޓުން ބެސްޓް ޑައިވްސް ޕްރައިވެޓް ލިމިޓެޑް ހަމަޖައްސައިފި އެވެ.
ކްރޮސްރޯޑްސްގެ ނަމުގައި ކ. އެނބޫދޫ ފަޅުގައި ހިއްކައިގެން ތަރައްގީކުރާ އިންޓަގްރޭޓެޑް ރިސޯޓުގައި ތަފާތު ވައްތަރުގެ ވޯޓަ ސްޕޯޓްސް އަދި އެކްސްކާޝަންސް ހިންގަން ސިންގް އެސްޓޭޓުން ބެސްޓް ޑައިވްސް ޕްރައިވެޓް ލިމިޓެޑް ހަމަޖައްސައިފި އެވެ.
ކްރޮސް ރޯޑްސްގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި ސިންގް އެސްޓޭޓްގެ ފަރާތުން ސޮއިކުރެއްވީ ޗީފް އޮޕަރޭޓިން އޮފިސަރު ތިޓި ތޮންގްބެންޖަމަސް އެވެ. ބެސްޓް ޑައިވްސްގެ ޖަނަރަލް މެނޭޖަރު އެރިކް ވަން މެލިސް އެވެ.
އެ ކުންފުނިން ބުނީ އެތަނުގައި ހިންގާ ވޯޓަ ސްޕޯޓްސް އަދި އެކްސްކާޝަންސްގެ ތެރޭގައި ސްކޫބާ ޑައިވިން އާއި މޯޓަރައިޒްޑް އަދި ނޮން މޯޓަރައިޒްޑް ވޯޓަ ސްޕޯޓްސްގެ އިތުރުން ތަފާތު އެކްސްކާޝަންތަކުގެ ތެރެއިން ރާއްޖޭގެ ރަށްތަކާއި ކަނޑުއަޑީގެ ރީތިކަމާއި ދިވެހި ސަގާފަތް ދައްކާލެވޭ ފަދަ ހަރަކާތްތައް ހިންގުން ހިމެނޭ ކަމަށެވެ.
ސިންގް އެސްޓޭޓުން ބުނީ އިންޓަގްރޭޓެޑް ރިސޯޓްގައި ފަރުތައް ދިރުވައި އާލާކުރުމަށް ފަރުތައް އަލުން ދިރުވުމުގެ މަޝްރޫއެއް ހިންގުމަށް ބެސްޓް ޑައިވްސްގެ ފަރާތުން ހާއްސަ މެރިން ބަޔޮލޮޖިސްޓެއް ހަމަޖައްސާނެ ކަމަށެވެ. އެގޮތުން ރާއްޖޭގެ ތިމާވެއްޓާއި ކަނޑުތަކުގެ ދިރުން ރައްކާތެރިކުރުމުގެ ބެސްޓް ޕްރެކްޓިސް ތަންފީޒުކުރުމަށް ޓޫރިސްޓުންނާއި ރިސޯޓުގެ މުވައްޒަފުން ހޭލުންތެރިކުރުމަށް މެރިން ޑިސްކަވަރީ ސެންޓަރުން ކުރިއަށްގެންދަން ރާވާފައިވާ މަސައްކަތްތަކުގައި މައި ދައުރެއް މެރައިން ބަޔޮލޮޖިސްޓް އަދާކުރާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ކްރޮސްރޯޑްސް މަޝްރޫގެ ޗީފް އޮޕަރޭޓިން އޮފިސަރު ތިޓި ތޮންގްބެންޖަމަސް މިއަދު ނޫސްވެރިންނާ ވާހަކަދައްކަވަނީ. ފޮޓޯ: ނިޝާން އަލީ /މިހާރު
ސިންގް އެސްޓޭޓުން ބުނީ ބެސްޓް ޑައިވްސްއަކީ ރާއްޖޭގައި ޑައިވިން އާއި ވޯޓަ ސްޕޯޓްސްގެ އިތުރުން އެކްސްކާޝަންސް އަދި ލަގްޒަރީ ޔޮޓު ޗާޓަރުގެ ހިދުމަތް ދިނުމުގައި ދިހަ އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިފައިވާ ފަރާތެއް ކަމަށެވެ. މީގެ އިތުރުން ބެސްޓް ޑައިވްސް އަކީ ހިދުމަތުގެ ފެންވަރު ހިފެހެއްޓުމަށާއި އެންމެ މަތީ ފެންވަރުގެ ހިދުމަތް ދިނުމުގައި ރާއްޖޭގެ އެންމެ މަތީ ފަންތި އާއި މެދު ފަންތީގެ ރިސޯޓުތަކުގައި ހަރަކާތްތެރިވަމުން އަންނަ ކުންފުންޏެއް ކަމަށް ވެސް ސިންގް އެސްޓޭޓުން ބުންޏެވެ.
"ކްރޮސްރޯޑްސް މަޝްރޫގެ ވާހަކަ އެންމެ ފުރަތަމަ އަޑުއިވުމުން ހިތަށް އެރީ މިއީ ރާއްޖޭގައި މިހާތަނަށް ހިންގާފައި ނުވާ ފަދަ އާދަޔާ ހިލާފު މަޝްރޫއެކޭ. އަދި މީގައި އަހަރަމެންގެ ދައުރެއް އޮންނަންވާނެއޭ އެންމެ ފުރަތަމަ ވެސް ހިތައް އެރި،" ބެސްޓް ޑައިވްސް ޖެނެރަލް މެނޭޖަރު އެރިކް ވިދާޅުވި އެވެ.
ކްރޮސްރޯޑްސް މަޝްރޫގެ ޗީފް އޮޕަރޭޓިން އޮފިސަރު ތިޓި ވިދާޅުވީ ރާއްޖެއަށް އަންނަ ޓޫރިސްޓުންނަށް މިހާތަނަށް ކުރަމުން އައި ތަޖުރިބާގެ މާނަ ބަދަލުކޮށްލަން މަސައްކަތްކުރުމަކީ ސިންގް އެސްޓޭޓް އާއި ބެސްޓް ޑައިވްސް އެކީ ގަބޫލުކުރާ ކަމެއް ކަމަށެވެ.
"ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ މުޅިން ބަދަލުވާ ފަދަ ކަންތައްތަކެއް އެކުގައި ހާސިލުކުރެވޭނެ ކަމަށް އަހަރަމެން ގަބޫލުކުރަން. ކްރޮސްރޯޑްސް މަޝްރޫއިން ފަތުރުވެރިންނަށް ދޮރުތައް ހުޅުވާލުމުން އައު ޖީލެއްގެ ދަތުރުވެރިންގެ ޝައުގުވެރިކަން މިކަމަށް ލިބި، ރާއްޖޭގައި އާ މާކެޓް ސެގްމަންޓްއެއް އުފެދުމާއެކު ވިޔަފާރީގެ އައު ފުރުސަތެއް ހުޅުވިގެންދާނެ،" އޭނާ ވިދާޅުވި އެވެ.
މުޅި އިގުތިސާދާ ގުޅޭ ކަމެއް، މުހިންމީ ވިސްނުމެއް!
މާފުށީ މޫދުގައި ޝައުފާ އުފެއްދި ކާމިޔާބީގެ ބާނި
ސަމާހުގެ ރާޅުތަކަށް ހެޔޮވަރުކޮށްލި އާ ދުނިޔެ!
ރާއްޖޭގެ ޖެޓްސްކީ ޓުއާގެ ބައިވެރިންނަށް އަގުވަޒަންކޮށްފި
މޫދުގައި ދުއްވާ ބައިސްކަލުތަކެއް ސިޔާމް ވޯލްޑަށް
ލަންކާގައި ޓޫރިޒަމް އިސްތިހާރުކުރަން އިއްބަޑޭގެ ޝޯއެއް
ކްރޮސްރޯޑްސް އިން ގިނަ ވަޒީފާ އުފެދިއްޖެ: ނައިބުރައީސް
300 މިލިއަން ޑޮލަރުގެ ކްރޮސްރޯޑްސް ހުޅުވައިފި
ޓޫރިސްޓުންނަށް ދިވެހި ބަސް ކިޔަވައިދެނީ
"އެނބޫދޫފަޅުން 40 މިލިއަން ޑޮލަރު ހޯދައިދިނިން"