12 ފެބުރުއަރީ 2022
ދުނިޔޭގެ ނިސްބަތުން ވެސް ފާހަގަކޮށްލެވޭ ރާއްޖޭގެ ފްލައިބޯޑިންގެ ހުނަރުވެރިޔާ އިބްރާހީމް ހުސައިން (އިއްބަޑޭ) ލަންކާގެ ޕޯޓް ސިޓީގައި ބޭއްވި އިވެންޓެއްގައި އޭނާގެ ހުނަރު ދައްކާލައިފި އެވެ.
ދުނިޔޭގެ ނިސްބަތުން ވެސް ފާހަގަކޮށްލެވޭ ރާއްޖޭގެ ފްލައިބޯޑިންގެ ހުނަރުވެރިޔާ އިބްރާހީމް ހުސައިން (އިއްބަޑޭ) ލަންކާގެ ޕޯޓް ސިޓީގައި ބޭއްވި އިވެންޓެއްގައި އޭނާގެ ހުނަރު ދައްކާލައިފި އެވެ.
އިއްބަޑޭގެ އިތުރުން ރާއްޖޭގެ ފްލައިބޯޑިން އެތުލީޓުން ކަމަށްވާ މުހައްމަދު ޔައިޝް އާއި އިސްމާއިލް އިމާދު (އިންމަ) ވެސް ވަނީ މި ޝޯގައި ފްލައިބޯޑު ދުއްވާލައިފަ އެވެ. މި އިވެންޓުގައި ރާއްޖޭގެ ފްލައިބޯޑިން އެތުލީޓުން ބައިވެރިވެފައި ވަނީ ލަންކާގެ ސްޕޯޓްސް މިނިސްޓަރު ނަމަލް ރާޖަޕަކްސަގެ ދައުވަތަކަށެވެ. ނަމަލް ވަނީ އިއްބަޑޭ އަށް ޝުކުރުއަދާކޮށް ދިވެހި ބަހުން ރޭ ޓްވީޓެއް ވެސް ކުރައްވައިފަ އެވެ.
"މޫދު ކުޅިވަރުތައް ސްރީލަންކާގެ ފަތުރުވެރިމަށް ވަރަށް މުހިއްމެވެ. ދުނިޔޭގެ ފެންވަރުގައި ގިންތިކުރެވޭ ހައިޑްރޯ ފްލައިބޯޑު އުދުހުންތެރިޔާ، އިބްރާހިމް ހުސެން، ދިވެހި ރާއްޖެ އިން ސްރީލަންކާގެ ޕޯޓް ސިޓީ އަށް އައިސް ތި ދިން އާދަޔާހިލާފު ޝޯއަށް ޝުކުރު ދަންނަވަމެވެ،" ނަމަލްގެ ޓްވީޓުގައިވެ އެވެ.
މޫދު ކުޅިވަރުތައް ސްރީލަންކާގެ ފަތުރުވެރިމަށް ވަރަށް މުހިއްމެވެ. ދުނިޔޭގެ ފެންވަރުގައި ގިންތިކުރެވޭ ހައިޑްރޯ ފްލައިބޯޑު އުދުހުންތެރިޔާ، އިބްރާހިމް ހުސެން، ދިވެހިރާއްޖެ އިން ސްރީލަންކާގެ ޕޯޓް ސިޓީ އަށް އައިސް ތިދިން އާދަޔާހިލާފު ޝޯއަށް ޝުކުރު ދަންނަވަމެވެ. pic.twitter.com/CzUYqxpias
— Namal Rajapaksa (@RajapaksaNamal) February 11, 2022
ރާއްޖޭގެ ތިން އެތުލީޓުންގެ ހުނަރު ދައްކާލާފައި ވަނީ ލަންކާގެ ޓޫރިޒަމް ކުރިއަރުވަން، ކޮލަމްބޯ ޕޯޓާއި ގޯލް ފޭސްއާ ދެމެދު ހެދި 1.5 ބިލިއަން ޑޮލަރުގެ ޕޯޓް ސިޓީގައި ހުޅުވި ސްޕޯޓްސް ކޮމްޕްލެކްސް، ދަ ކްލަބް ހައުސްގައި ލަންކާގެ ޓޫރިޒަމް ކުރިއެރުވުމުގެ މަގްސަދުގައި ކުރިޔަށް ގެންދިޔަ ޝޯގަ އެވެ.
އިއްބަޑޭ އަކީ ބައިނަލްއަގްވާމީ ފްލައިބޯޑިން ގިނަ މުބާރާތްތަކެއްގައި ރާއްޖެ ތަމްސީލުކޮށް ރަނގަޅު ވަނަތަކެއް ހޯދައިފައިވާ އެތުލީޓެކެވެ. އޭނާ ވަނީ ޔޫރަޕިއަން ފްލައިބޯޑް ޗެމްޕިއަންޝިޕް މުބާރާތެއްގައި ތިން ވަނަ ހޯދައި، ވޯލްޑް ޗެމްޕިއަންޝިޕް މުބާރާތުގެ ގަދަ އަށެއްގައި ހިމެނިފަ އެވެ.
ޒުވާން އެތުލީޓް ޔައިޝް ވަނީ ވޯޓާ ފްލައިބޯޑް ވޯލްޑް ކަޕްގެ ޖޫނިއާ ކެޓެގަރީގައި ވާދަކޮށް ފަސްވަނަ ހޯދައި، ވޯލްޑް ހައިޑްރޯފްލައިޓް ކޮމްޕެޓިޝަންގެ ޖޫނިއާ ބައިން ދެވަނަ ވެސް ހޯދައިފަ އެވެ.
އިއްބަަޑޭ އާއި ޔައިޝްއާ އެކު ދެން ފްލައިދޯޑިންގެ ހުނަރު ދައްކާލި ރާއްޖޭގެ އެތުލީޓަކީ އިސްމާއިލް އިމާދު (އިންމަ) އެވެ. އިންމަ އަކީ މީގެ ތިން އަހަރުކުރިން ފްލައިބޯޑިން ތެރެއަށް ވަން އެތުލީޓެކެވެ.
#Watersport has immense potential to promote #tourism as well as its own niche under #sporttourism in #LKA.A big thank u to Ibrahim Hussein world ranked professional hydrosports flyboard athlete for coming down all the way from the Maldives & putting on an epic show at #PortCity. pic.twitter.com/wCqCZLLb8U
— Namal Rajapaksa (@RajapaksaNamal) February 11, 2022
މުޅި އިގުތިސާދާ ގުޅޭ ކަމެއް، މުހިންމީ ވިސްނުމެއް!
ރާއްޖެ-ލަންކާ ގުޅިގެން ޓޫރިޒަމް ކުރިއެރުވޭނެ: މަސްއޫދު
ޖަޔަޝަންކަރު ގޮވާލެއްވީ ޗުއްޓީއަށް ލަންކާއަށް ދިޔުމަށް
މިއީ 4 އަހަރުތެރޭ ޓޫރިސްޓުން އެންމެގިނަ މަސް: ލަންކާ
މާފުށީ މޫދުގައި ޝައުފާ އުފެއްދި ކާމިޔާބީގެ ބާނި
ރާއްޖެ ދެކެ ފޫއްސެއް ނުވާނެ، 50 ފަހަރު ވެސް އާދޭ
ރާއްޖެއަކީ ފޫހި މަންޒިލެއް ކަމަށް ބުނުމުން ފާޑުކިޔުން
ސަމާހުގެ ރާޅުތަކަށް ހެޔޮވަރުކޮށްލި އާ ދުނިޔެ!
ރާއްޖޭގެ ޖެޓްސްކީ ޓުއާގެ ބައިވެރިންނަށް އަގުވަޒަންކޮށްފި
މޫދުގައި ދުއްވާ ބައިސްކަލުތަކެއް ސިޔާމް ވޯލްޑަށް