Roadha Mihaaru
އީޔޫ ޕާލިމެންޓްގެ މެމްބަރުންނާ ޖަމީލް ބައްދަލުކޮށްފި

އީޔޫ ޕާލިމެންޓްގެ ބައެއް މެމްބަރުންނާ ޖަމީލް ބައްދަލު ކުރައްވައިފި

04 ޖުލައި 2018

ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ ޕާލިމެންޓްގެ ބައެއް މެމްބަރުންނާ ބައްދަލު ކުރައްވައިފި އެވެ.

ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ ޕާލިމެންޓްގެ ބައެއް މެމްބަރުންނާ ބައްދަލު ކުރައްވައިފި އެވެ.

އީޔޫ ޕާލިމެންޓްގެ މެމްބަރުންގެ ތެރެއިން ޖަމީލް ބައްދަލު ކުރެއްވި ބޭފުޅުންގެ ތެރޭގައި ފްރާންސްގެ ކުރީގެ ހޯމް މިނިސްޓަރު ވެސް ހިމެނިވަޑައިގަންނަވަ އެވެ. މިދިޔަ މަހު ވެސް ޖަމީލްގެ ވަނީ އީޔޫގެ ބައެއް އިސް އޮފިޝަލުންނާ އެކު ބެލްޖިއަމްގެ ބްރަސްލްސްގައި ބައްދަލު ކުރައްވައިފަ އެވެ.

އީޔޫ ޕާލިމެންޓްގެ ބައެއް މެމްބަރުންނާ ޖަމީލް ބައްދަލު ކުރެއްވިއިރު، މިދިޔަ ހަފުތާގައި ދިވެހި ސަރުކާރުގެ އިސް ވަފުދެއް ވަނީ ބްރަސްލްސަށް ވަޑައިގެން އީޔޫގެ އެކި ބޭފުޅުންނާ ބައްދަލު ކުރައްވައިފަ އެވެ.

ރާއްޖޭގެ ހާލަތާ ބެހޭގޮތުން އީޔޫ ކައުންސިލްގައި މަޝްވަރާ ކުރުމަށް ފަހު އިސްލާހު ކުރުމަށް ގިނަ ކަންތައްތަކެއް މިދިޔަ ފެބްރުއަރީ މަހު ހުށަހެޅި އެވެ. އަދި އެކަންކަން އިސްލާހު ނުކޮށްފި ނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް އީޔޫގެ ކައުންސިލުން ދިނެވެ.