03 ޖުލައި 2018
ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓު، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)އާ އެކު ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ޖުމްހޫރީ ޕާޓީގެ ރަނިން މޭޓަކު އަންނަ އަންގާރަ ދުވަހު ކަނޑައަޅާނެ ކަމަށް ޖުމްހޫރީ ޕާޓީން މިއަދު ބުނެފި އެވެ.
ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓު، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)އާ އެކު ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ޖުމްހޫރީ ޕާޓީގެ ރަނިން މޭޓަކު އަންނަ އަންގާރަ ދުވަހު ކަނޑައަޅާނެ ކަމަށް ޖުމްހޫރީ ޕާޓީން މިއަދު ބުނެފި އެވެ.
ޖުމްހޫރީ ޕާޓީގެ އޮފީސް މ. ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ވިދާޅުވީ ޖޭޕީން ރަނިން މޭޓަކު ކަނޑައެޅުން ލަސްވާ ކަމަށް ބުނި ކަމަށް ވިޔަސް، ޕާޓީގެ ކަންކަން ނިންމާނެ "ޓައިމް ފްރޭމެއް" އެބަ އޮތް ކަމަށެވެ. ރަނިންމޭޓަކު ކަނޑައެޅުމުގައި ކުރަން ޖެހޭ މަސައްކަތްތައް ހުއްޓުމެއް ނެތި ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޖޭޕީން ރަނިންމޭޓަކު ކަނޑައެޅުން ލަސްވުމާއި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމްގެ ހަގު އަނބިކަނބަލުން އައިޝަތު ނަހުލާ (އައިޝާ)ގެ ނަން ކުއްލިއަކަށް ޖޭޕީގެ ބައެއް މީހުން ކުރިއަށް ނެރުމުން، ސިޔާސީ ގޮތުން ޕާޓީ ތެރޭގައި ވެސް ވަނީ ހިޔާލު ތަފާތުވުންތަކެއް އުފެދިފަ އެވެ.
ނަހުލާއަކީ މިހާތަނަށް ސިޔާސީ އެއްވެސް މަގާމެއް އަދާކުރެއްވި ބޭފުޅެއް ނޫނެވެ.
ރަނިންމޭޓަކަށް ޖޭޕީން ކަމުދާނެ ސިޔާސީ ބޭފުޅުންގެ ތެރޭގައި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން އާއި ޖުމްހޫރީ ޕާޓީގެ ނައިބު ރައީސް ޑރ. އަބްދުﷲ މައުސޫމް އާއި ޑެޕިއުޓީ ލީޑަރުންގެ ގޮތުގައި ތިއްބެވި ހުސެއިން ރަޝީދު ހަސަން އާއި ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އަބްދުﷲ އަމީން ފަދަ ބޭފުޅުންގެ ނަންތައް ސޯޝަލް މީޑިއާގައި އަންނަނީ ފެތުރެމުންނެވެ.
ރަނިން މޭޓަކު ކަނޑައެޅުން ލަސްވަނީ ކީއްވެތޯ ނޫސްވެރިއަކު ކުރި ސުވާލެއްގެ ޖަވާބުގައި ސަމީރު ވިދާޅުވީ އެކަން ލަސްކުރީ ފުރިހަމަ ކުރަން ޖެހޭ ކަންކަން ހުރުމުން ކަމަށެވެ. ގަވައިދު ބުނާ ގޮތުން އެކަމަށް އިއުލާނެއް ކުރަން ޖެހޭއިރު، ކައުންސިލުން އެ ނަން ފާސް ކުރަން ވެސް ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"އިދާރީ ގޮތުންނާއި ގާނޫނީ ގޮތުން ވިސްނަން ޖެހޭ ކަންތައްތަކެއް އެބަހުރި. އެކަމަކު ގާނޫނީ ގޮތުން ހުރި މައްސަލަތައް މިދަނީ ކޯލިޝަންގެ ތެރޭގައި ދައްކަމުން،" ސަމީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އަންނަ އަންގާރަ ދުވަހު ރަނިންމޭޓަކު ކަނޑައެޅުމާ ގުޅޭ ގޮތުން ގޮތެއް ނިންމާފައި އިއުލާން ކުރާނެ ކަމަށެވެ. އަދި އޭގެ ކުރިން، އެ ނޫން އެހެން ގޮތަކަށް ކަމެއް ނިންމަން ޖެހުނު ކަމަށް ވިޔަސް، ރައްޔިތުންނަށް އޭގެ ސާފު ޖަވާބު ދެއްވާނެ ކަމަށް ސަމީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޕާޓީގެ ތެރޭގައި ކަންކަން ނިންމުމުގައި އެހެން ފަރާތްތަކުގެ އެހީތެރިކަން ހޯދަމުން ނުދާ ކަމަށެވެ. އެކަމަކު އިތުރު ފަރާތެއްގެ އެހީތެރިކަން ބޭނުންވާ ނަމަ، އެ އެހީތެރިކަން ހޯދާނީ ކޯލިޝަންގެ ތެރެއިން ކަމަށާއި ޖުމްހޫރީ ޕާޓީއަކީ ކަންކަން އަމިއްލަ އަށް ނިންމުމުގެ ގާބިލްކަން ހުރި ޕާޓީއެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަންނަ ސެޕްޓެމްބަރު 23 ގައި އޮންނަ ރިޔާސީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީން ބަލިކުރުމަށް ކޯލިޝަން އެކުގައި ތިބެ އެމްޑީޕީން ރިޔާސީ ކެންޑިޑޭޓަކު އަދި ޖޭޕީން ނައިބު ރައީސަކު ނެރެން ވަނީ އެއްބަސްވެފަ އެވެ. މި އެއްބަސްވުމާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުން ވަނީ، އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ އިބޫ ކަމަށް ފާސްކޮށްފަ އެވެ.
ލަހެއް ނުވެ ޖޭޕީން ރަނިން މޭޓަކު ކަނޑައަޅާނެ
ލީޑަރުންގެ އެއްބަސްވުން "ސިއްރު"؟!
ރަނިންމޭޓަކަށް ވާދަކުރުމުގެ ވިސްނުމެއް ނެތް: އައިޝާ
ރަނިންމޭޓަކީ އައިޝާއެއް ނޫން، އިދިކޮޅަށް ހިތްހަމަޖެހުން
ރަނިންމޭޓަކަށް އަންހެނަކު ބަލައިގަންނަން އަދާލަތަށް ދަތި
ރަނިން މޭޓު ނުދެއްކި ލަސްވަނީ!
އިބޫއާ އެކު ޖޭޕީން ރަނިންމޭޓަކަށް ނަގާނީ ކާކު؟
ރައީސް އިސްކަންދެއްވީ ހާލަތުން އަރައިގަނެވޭނެ ބޭފުޅަކަށް
އަލީ ވަހީދާ މެދު ގޮތެއް ނިންމަވާނީ ރައީސް: ގާސިމް
ސަރުކާރު ވައްޓާލައި، ލޮޓި ދޭކަށް ނޫޅެން: ގާސިމް