Roadha Mihaaru
އޮޑެގައްލާގެ "ކޮފީއަކުން ބުނެލާ"

އޮޑެގައްލާގެ "ކޮފީއަކުން ބުނެލާ"

29 ޖޫން 2018

އެސްޕްރެސޯ ޝޮޓުގެ މައްޗަށް އޮލަކިރު އަޅަމުންދާއިރު އޭގެން ހިތެއް، ދޫންޏެއް ނުވަތަ މަލެއް ސިފަވާ ގޮތް ހަދާލުމަކީ ބަރިސްތާއަކަށް މާ އުނދަގޫ ކަމެއް ނޫނެވެ. މަތީ ފަންތީގެ ބައެއް ކެފޭތަކުން ލާޓޭ ނުވަތަ ކަޕަޗީނޯ ސާވްކުރާ އިރު ކޮފީ ތަށީގެ މަތިން އެފަދަ މަންޒަރުތައް ފެންނާނެ އެވެ. އަހަރެމެން އަވަސް ވެގެންނަނީ ފޮޓޯއެއް ނަގާށެވެ. އެކަމަކު އެއީ ދެން މިހާރު މާޒީއޭ ބުނަމާ ހިނގާށެވެ. މިހާރުގެ ޓްރެންޑަކީ މާލޭގެ އެންމެ މަޝްހޫރު އެއް ކޮފީ ޝޮޕް، "އޮޑެގައްލާ ކޮފީ" އިން އަލަށް ތައާރަފްކުރި "ރަ ރިޕްލްސް އިފެކްޓެ"ވެ. މި ޓެކްނޮލޮޖީގެ އެހީގައި، ކޮފީ ތަށީގެ މައްޗަށް ބޭނުން ކޮންމެ ފޮޓޯއެއް، ލޯގޯއެއް ނުވަތަ މެސެޖެއް ޕްރިންޓްކޮށްލެވޭނެ އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

މުޅި ދުނިޔެ އަށް ވެސް ވަރަށް ފަހުން ތައާރަފުވި މި ޓެކްނޮލޮޖީ އޮޑެގައްލާ އިން ރާއްޖެ އަށް އޭގެ ހޫނުކަންމަތީ މި ގެނެސްދިނީ، އެތަނުން ބުނި ގޮތުގައި، "ކަސްޓަމަރުންނަށް މުޅިން އާ، އެކްސައިޓިން ކަމެއް ފޯރުކޮށްދިނުމުގެ ބޭނުމުގަ" އެވެ.

އޮޑެގައްލާ އިން ރާއްޖެ އަށް ތައާރަފުކުރި، "ރަ ރިޕްލްސް އިފެކްޓް" ގެ ޓެކްނޮލޮޖީގެ އެހީގައި ކޮފީތައްޓެއްގެ މައްޗަށް މި އަހަރުގެ ވޯލްޑް ކަޕްގެ ލޯގޯ ޕްރިންޓް ކޮށްފައި.---ފޮޓޯ: ނިޝާން އަލީ/މިހާރު

އޮޑެގައްލާ އިން ރާއްޖެ އަށް ތައާރަފުކުރި، "ރަ ރިޕްލްސް އިފެކްޓް" ގެ ޓެކްނޮލޮޖީގެ އެހީގައި ކޮފީތައްޓެއްގެ މައްޗަށް މި އަހަރުގެ ވޯލްޑް ކަޕްގެ ލޯގޯ ޕްރިންޓް ކޮށްފައި.---ފޮޓޯ: ނިޝާން އަލީ/މިހާރު

"ކޮފީއަކުން ބުނެލާ" މި ނަމުގައި ތައާރަފްކުރި މި ޚިދުމަތަށް އިތުރު އަގެއް ނުނަގާނެ އެވެ. މައްސަލައެއް ނެތެވެ. އެހެންވީމާ ހަދަން ޖެހޭނީ ކިހިނެއް ހެއްޔެވެ؟ މިހާރު ވެސް ކޮފީގެ އަހުލުވެރިން އެ ތިބީ ފޮޓޯއެއް ނަގާލާ ހިތުން ކެތްމަދުވެފަ އެވެ.

ފުރަތަމަ ވެސް ކުރަން ޖެހޭނެ ކަމަކީ "ރިޕްލްސް" ކިޔާ އެޕްލިކޭޝަނެއް މޯބައިލް ފޯނަށް ޑައުންލޯޑްކޮށް އަޅާލަންވީ އެވެ. މި ޚިދުމަތް ލިބެން ހުންނަ ކެފޭތައް އެ އެޕްލިކޭޝަން ހުޅުވާލުމާ އެކު ފެންނަން ހުންނާނެ އެވެ. މި ވަގުތު މާލޭން ފެންނާނީ އޮޑެގައްލާ އެކަންޏެވެ. އެހެންވީމާ އޮޑެގައްލާ ނެގުމަށް ފަހު، ބޭނުންވާ ފޮޓޯ ނުވަތަ ލޯގޯ އިހުތިޔާރުކޮށްލަން ޖެހޭނީ އެވެ. އެ ހިސާބުން ނަމްބަރެއް ޑިސްޕްލޭވާނެ އެވެ. އެ ނަމްބަރު ވެއިޓަރު ގާތު ބުނެލުމުން، އެ ގެންނަ ކޮފީތަށީގެ މަތީގައި އެ ފޮޓޯއެއް ޕްރިންޓް ވެފައި ހުންނާނެ އެވެ. އެޕްލިކޭޝަން އެޅެން ނެތިއްޔާ، އޮޑެގައްލާގެ ވައިބާ ނަމްބަރަށް ފޮޓޯ ފޮނުވައިގެން ފުއްދާލެވިދާނެ އެވެ. ނުވަތަ އެ މެޝިނުގައި ހުންނަ ފޮޓޯ، މެސެޖް އިހުތިޔާރު ކޮށްލެވިދާނެ އެވެ.

އޮޑެގައްލާ އިން ރާއްޖެ އަށް ތައާރަފުކުރި، "ރަ ރިޕްލްސް އިފެކްޓް" ގެ ޓެކްނޮލޮޖީގެ އެހީގައި ކޮފީތައްޓެއްގެ މައްޗަށް މަންޒަރެއް ޕްރިންޓް ކޮށްފައި.

އޮޑެގައްލާ އިން ރާއްޖެ އަށް ތައާރަފުކުރި، "ރަ ރިޕްލްސް އިފެކްޓް" ގެ ޓެކްނޮލޮޖީގެ އެހީގައި ކޮފީތައްޓެއްގެ މައްޗަށް މަންޒަރެއް ޕްރިންޓް ކޮށްފައި.

ލޯބިވެރިޔާ ގާތު ލޯބިވާވަރު ބުނެލަން ނުކުރެންޏާ "އައި ލަވް ޔޫ" މި މެސެޖް ކޮފީތަށީގެ މައްޗަށް ޕްރިންޓް ކޮށްލައިގެން އޭނާ ކުރިމަތީގައި ވެއިޓަރު ބަހައްޓައިދޭނެ އެވެ. އުފަން ދުވަސް ފާހަގަކުރަން އައިސް "ހެޕީ ބާތުޑޭ" މި މެސެޖް އެންމެންގެ ކޮފީ ތަށީން ފެންނަން ގޮތް ވެސް ހަދާލެވިދަނެ އެވެ. ރަހުމަތްތެރިޔާ ސަޕޯޓްކުރާ ޓީމު ރޭ ބަލިވީ ހެއްޔެވެ؟ އެހެންވިއްޔާ އޭނާއާ ދިމާކޮށްލަން ވާނެ ނޫން ހެއްޔެވެ؟ ކޮއްކޮ އަށް ސަޕްރައިޒެއް ދޭން ބޭނުން ހެއްޔެވެ؟ މަންމަ އަކަށް ނުވަތަ ބައްޕައަކަށް ވާން އުޅޭކަން ރަށްޓެހިންނާ ހިއްސާކޮށްލަން ބޭނުން ހެއްޔެވެ؟ ވައިބާ ގްރޫޕުގައި ޖެހުން ދެން މިހާރު މާ އާއްމެއް ނޫން ހެއްޔެވެ؟ މި ހުރިހާ ކަމެއް ވެސް ޒަމާނީކޮށްލަދެނީ "ރިޕްލްސް" އިންނެވެ.

އޮޑެގައްލާ އިން ރާއްޖެ އަށް ތައާރަފުކުރި، "ރަ ރިޕްލްސް އިފެކްޓް" ގެ ސްޓިކާ މެޝިން.---ފޮޓޯ: ނިޝާން އަލީ/މިހާރު

އޮޑެގައްލާ އިން ރާއްޖެ އަށް ތައާރަފުކުރި، "ރަ ރިޕްލްސް އިފެކްޓް" ގެ ސްޓިކާ މެޝިން.---ފޮޓޯ: ނިޝާން އަލީ/މިހާރު

މިކަން ވީހާ ވެސް އަވަހަކަށް ތަޖުރިބާކޮށްލަން ޖެހޭ އަނެއް ސަބަބަކީ، މިއީ މުޅި ދުނިޔެއަށް ބެލިޔަސް އެހާމެ ޔުނީކް ކަމަކަށް ވުމެވެ. އަހަރެމެން އާއްމުކޮށް ދަތުރުކޮށް އުޅޭ ގައުމުތަކުގެ ތެރެއިން މެލޭޝިއާގައި ވެސް މި ޚިދުމަތް ލިބެނީ ދެ ތަނަކުންނެވެ. ވޯލްޑް ކަޕަށް މުޅި ދުނިޔެ ޖަމާވެފައިވާ އެ ބިޔަ ބޮޑު ރަޝިޔާގައި ވެސް ވަރަށް މަދެވެ.

"އަޅުގަނޑުމެންނަށް މި ޓެކްނޮލޮޖީ ފެނިގެން އެ ކުންފުންޏަށް ގުޅިއިރު އަދި ޑިވެލޮޕިން ސްޓޭޖުގައި އުޅެނީ. އެކަމަކު އަޅުގަނޑުމެން ދިޔައީ ފޮލޯކުރަމުން. އެހެން ގޮސް މީގެ މެޝިން ބާޒާރަށް ހަމަ ނެރުމާ އެކު މި ގެނައީ،" އޮޑެގައްލާގެ ފަރާތުން ވާހަކަ ދެއްކެވި، އެތަނުގެ އިސްވެރިއަކު ވިދާޅުވި އެވެ.

އޮޑެގައްލާ އިން ރާއްޖެ އަށް ތައާރަފުކުރި، "ރަ ރިޕްލްސް އިފެކްޓް" ގެ ޓެކްނޮލޮޖީގެ އެހީގައި ކޮފީތައްޓެއްގެ މައްޗަށް ސްޓިކާއެއް ޕްރިންޓް ކުރަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

އޮޑެގައްލާ އިން ރާއްޖެ އަށް ތައާރަފުކުރި، "ރަ ރިޕްލްސް އިފެކްޓް" ގެ ޓެކްނޮލޮޖީގެ އެހީގައި ކޮފީތައްޓެއްގެ މައްޗަށް ސްޓިކާއެއް ޕްރިންޓް ކުރަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

ދުނިޔޭގެ އާބާދީގެ ހަތަރު ބައި ކުޅަ އެއްބައި މީހުން ދިރިއުޅޭ މި ދެކުނު އޭޝިއާގައި ކޮފީގެ ސަގާފަތް ނިސްބަތުން އެންމެ ބޮޑީ ރާއްޖޭގަ އެވެ. އޮޑެގައްލާ އިން ތައާރަފްކުރި މި ޚިދުމަތަކީ އެ މުއްސަނދި ސަގާފަތުގައި އެ ތަނުން ޖައްސާލި ޒަމާނީ ކުލައެކެވެ. މީގެ ކުރިން ނަމަ ކޮފީ ތަށިން ސިކުނޑި ތާޒާވެ، ދުލުގައި މީރު ރަހައެއް ޖައްސާލަދެނީ އެވެ. އެކަމަކު "ރިޕްލްސް" އާ އެކު އޮޑެގަލާ އިން ގެނެސްދޭ ކޮފީ ތަށި ވެގެންދާނީ ބަލާލަން ވެސް ރީތި އަދި އަހަރެމެންގެ ހަނދާނުގައި ރައްކާކޮށްލޭނެ މަންޒަރަކަށެވެ.