27 ޖޫން 2018
ރައީސް އަބްދުﷲ ޔާމީން ބަލިކުރަން، އިދިކޮޅު ޕާޓީތަކުން އެއް ކެންޑިޑޭޓަކު ނުރެވެނޭ ނަމަ މިނިވަން ކެންޑިޑޭޓަކަށް ތާއީދުކުރައްވާ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު (އަބުޅޯ) މިރޭ ވިދާޅުވެއްޖެ އެވެ.
ރައީސް އަބްދުﷲ ޔާމީން ބަލިކުރަން، އިދިކޮޅު ޕާޓީތަކުން އެއް ކެންޑިޑޭޓަކު ނުރެވެނޭ ނަމަ މިނިވަން ކެންޑިޑޭޓަކަށް ތާއީދުކުރައްވާ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު (އަބުޅޯ) މިރޭ ވިދާޅުވެއްޖެ އެވެ.
ސެޕްޓެމްބަރު 23 ގައި އޮންނަ ރިޔާސީ އިންތިޚާބަށް ސިޔާސީ ޕާޓީތަކުން ތައްޔާރުވަމުން އަންނަ އިރު، މިހާތަނަށް ރިޔާސީ ކެންޑިޑޭޓުން އިއުލާން ކުރީ ވެރިކަން ކުރާ ޕީޕީއެމާއި އިދިކޮޅު އެމްޑީޕީންނެވެ. އިދިކޮޅު ޕާޓީތަކުން އެއް ކެންޑިޑޭޓަކު ނެރުމުގެ މަޝްވަރާތައް ކޮޅެއްގައި ނުޖެހެ އެވެ.
އިދިކޮޅު ޕާޓީތަކުން އެއް ކެންޑިޑޭޓު ނެރުމަށް ކުރި މަސައްކަތް މިހާތަނަށް ކާމިޔާބު ނުވެ، މިހާރު ވާހަކަތައް ހުރީ ޕާޓީތައް ވަކިވަކިން އިންތިޚާބުގައި ވާދަކުރުމުގެ ވިސްނުމާ ދިމާލަށެވެ.
އަބުޅޯ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކޯލިޝަން ކެންޑިޑޭޓެއް ނުނެރެވިއްޖެ ނަމަ، މިނިވަން ކެންޑިޑޭޓަކާ އެކު މަސައްކަތް ނުކުރަންވީ ސަބަބެއް ނެތް ކަމަށެވެ. އޭނާ ވިދާޅުވީ އަނިޔާވެރިކަން ނިންމަން ޖެހޭ ކަމަށެވެ.
Coalition In Candidate Eh Nunerevijje Kamah Vaanama, Minivan Candidate Akaa Ekee Nudhaan Jehey Sababeh Neih.!! Aniyaaveri Verikan Nimman Jehey.
— عبدالله أحمد (@AblhoMP) June 27, 2018
މެމްބަރު އަބުޅޯ މިއަދު ކުރެއްވި ޓުވީޓު.
އަބުޅޯ ކުރެއްވި ޓުވީޓުގެ ތަފްސީލް ދެއްވަމުން "މިހާރު" އަށް ވިދާޅުވި ގޮތުގައި އިދިކޮޅު ޕާޓީތަކުގެ ލީޑަރުން ދައްކަވަމުން ގެންދަވާ ވާހަކަތަކުން، ކޯލިޝަން ކެންޑިޑޭޓަކު ނެރެވޭނެ ކަމުގެ އުންމީދު ކުޑަވަމުންދާ ކަމަށެވެ. ޕާޓީތަކުގެ ލީޑަރުން ފަހަކަށް އައިސް، ދައްކަވާ ވާހަކަތަކުން، އެއްވެސް ލީޑަރަކު ދޫ ދެއްވަން އުޅުއްވާ ތަނެއް ފެނިވަޑައިނުގަންނަވާ ކަމަށް ވެސް އަބުޅޯ ވިދާޅުވި އެވެ.
އެހެންވެ، އޭނާގެ އެއް ވިސްނެވުމަކީ ރައީސް ޔާމީން ބަލި ކުރުމަށް މިނިވަން ކެންޑިޑޭޓަކު ނެރުމެވެ. މިނިވަން ކެންޑިޑޭޓަކު ނެރެގެން ރައީސް ޔާމީން ބަލިކުރަން މަސައްކަތް ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ޕީޕީއެމްގެ ކެންޑިޑޭޓެއްގެ ގޮތުގައި ވެރިކަމުގެ ދެ ވަނަ ދައުރެއް ފުރިހަމަ ކުރައްވަން ރައީސް އަބްދުﷲ ޔާމީނަށް ޓިކެޓް ދީފައިވާ އިރު، އެމްޑީޕީގެ ޕްރައިމަރީގައި ނިންމީ އެ ޕާޓީގެ ކެންޑިޑޭޓަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމަށެވެ. އެކަމަކު ނަޝީދަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމުގެ ސަބަބުން އިންތިޚާބުގައި ވާދަކުރެއްވުމުގެ ޝަރުތެއް އުނިވެފައިވާތީ އެމަނިކުފާނަށް މި އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުސަތެއް ނެތެވެ. ނަމަވެސް، އެމްޑީޕީން ގެންދަނީ ނަޝީދަށް ތާއީދު ހޯއްދެވުމަށް ކެމްޕެއިން ކުރަމުންނެވެ.
ޖުމްހޫރީ ޕާޓީން އަދި ކެންޑިޑޭޓެއް ކަނޑައެއް ނާޅަ އެވެ. ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން އެއް ކެންޑިޑޭޓަކު ނެރުމުގެ މަސައްކަތް ކުރިއަށް ދާ ގޮތަކުން އެ ޕާޓީން ވެސް ވަކިން ކެންޑިޑޭޓެއް ނެރުމުގެ ވިސްނުން ގެންގުޅޭކަން ވަނީ ހާމަކޮށްފަ އެވެ.
އަމިއްލަ ގޮތުން އިންތިޚާބުގައި ވާދަކުރައްވާނެ ކަމަށް އިއުލާން ކުރައްވާފައި ވަނީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ލޯކަލް ގަވަރްމެންޓް އޮތޯރިޓީގެ ކުރީގެ ނައިބު ރައީސް ހުސައިން ޝުޖާއު އެވެ.
އެމްޑީޕީ ފިޔަވައި އެހެން ޕާޓީތަކަށް ޕީޕީއެމްގެ ދައުވަތު
"ތަފާތު ހިޔާލާއެކު ވެސް ޖުޑިޝަރީ އިސްލާހު ކުރެވޭނެ"
ބަންދުން ވީއްލިގެން ރާއްޖެ ވަޑައިގަންނަވާ: ގާސިމް
އިންތިގާލީ ތޮފިތަކެއް ބޮލަށް ހެޔޮވަރެއް ނޫން: ރައީސް
އޮޅުންބޮޅުން: މި ކުރާ ކަމެއްގެ ބޭނުމަކީ ކޮބާ؟
ރަނިން މޭޓު ނުދެއްކި ލަސްވަނީ!
އެއް ކެންޑިޑޭޓު ނެރެވޭނެ ކަމުގެ ޔަގީންކަން ކުޑަވެއްޖެ!
ކޯލިޝަން ކެންޑިޑޭޓެއް ނުދެއްކިއްޖެނަމަ ޖޭޕީން ނުކުންނަނީ
އެއް ކެންޑިޑޭޓަކު ނެރުމަށް އިދިކޮޅުން މަޝްވަރާކޮށްފި
އިދިކޮޅުގެ ސާފު ކެންޑިޑޭޓަކަށް ވާނީ ކޮން ބޭފުޅެއް؟