Roadha Mihaaru
މަޖިލީހަށް ކުރިމަތިލުމުގެ ފީ ވެސް ބޮޑުކުރަނީ

މަޖިލިސް މެމްބަރު ކަމަށް ކުރިމަތިލުމުގެ ފީ ވެސް ބޮޑުކުރަން ގާނޫނަށް އިސްލާހު ހުށަހަޅައިފި

27 ޖޫން 2018

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލުމަށް ދައްކަން ޖެހޭ ފީ 15،000ރ. އަށް ބޮޑުކުރަން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ގާނޫނަށް ސަރުކާރުން އިސްލާހު ހުށަހަޅައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލުމަށް ދައްކަން ޖެހޭ ފީ 15،000ރ. އަށް ބޮޑުކުރަން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ގާނޫނަށް ސަރުކާރުން އިސްލާހު ހުށަހަޅައިފި އެވެ.

މަޖިލީހުގެ އިންތިޚާބުގެ ގާނޫނުގައި މިހާރު ބުނާ ގޮތުން މެމްބަރު ކަމަށް ކުރިމަތިލުމަށް ދައްކަން ޖެހެނީ 5،000ރ. ގެ ފީ އެކެވެ. އެ އަދަދު 15،000ރ. ބޮޑުކުރުމަށް ގާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހެޅުއްވީ ފަރެސް މާތޮޑާ ދާއިރާގެ ޕީޕީއެމްގެ މެމްބަރު ހުސައިން މުހައްމަދު ލަތީފެވެ.

އެ ބިލް ހުށަހެޅުއްވި ސަބަބެއްގެ ގޮތުގައި ވަނީ އިންތިޚާބުތަކާ ބެހޭ ކަންކަން ހިންގުން ހަރުދަނާ ކުރުމާއި އިންތިޚާބުތަކަކީ މިނިވަން އަދި އިތުބާރު ކުރެވޭ ގޮތެއްގެ މަތިން ބޭއްވޭ އިންތިޚާބުތަކަކަށް ހެދުމަށް ކަމަށެވެ. އެ ބިލްގެ ފުރަތަމަ ކިޔުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އިއްވައިފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފީ ބޮޑުކުރަން ސަރުކާރުން ހުށަހެޅިއިރު، ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ ފީ ވެސް ބޮޑުކުރަން ރިޔާސީ އިންތިޚާބުގެ ގާނޫނަށް ސަރުކާރުން ވަނީ އިސްލާހު ހުށަހަޅައިފަ އެވެ.

ރިޔާސީ އިންތިޚާބަށް ކުރިމަތިލުމަށް މިހާރު ދައްކަން ޖެހެނީ 40،000ރ. ކަމަށް ވިޔަސް، އެ ގާނޫނަށް އިސްލާހު ހުށަހަޅާފައިވަނީ އެ އަދަދު 100،000ރ. އަށް ބޮޑު ކުރުމަށެވެ. ރިޔާސީ އިންތިޚާބުގެ ގާނޫނަށް ހުށަހެޅި އިސްލާހު މިހާރު އޮތީ ކޮމެޓީ މަރުހަލާގަ އެވެ.