Roadha Mihaaru
ޕާޓީތައް ވަކިން ތަޅުމުގައި ތިބެން ކޮމެޓީން ނިންމައިފި

ޕާޓީތައް ވަކިން މަޖިލީހުގެ ތަޅުމުގައި ތިބޭ ގޮތަށް ކޮމެޓީން ފާސްކޮށްފި

06 އޮކްޓޯބަރ 2020

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި މެމްބަރުން ތިއްބަވާ ތަރުތީބު ބަދަލުކޮށް، ޕާޓީތައް ވަކިން ތިބޭ ގޮތަށް ބަދަލު ގެންނަން މަޖިލީހުގެ އާންމު ކޮމެޓީން ފާސްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި މެމްބަރުން ތިއްބަވާ ތަރުތީބު ބަދަލުކޮށް، ޕާޓީތައް ވަކިން ތިބޭ ގޮތަށް ބަދަލު ގެންނަން މަޖިލީހުގެ އާންމު ކޮމެޓީން ފާސްކޮށްފި އެވެ.

މެމްބަރުން މިހާރު މަޖިލީހުގައި ތިއްބަވަނީ މާލޭގެ މެމްބަރުން ކުރީ ގޮނޑިބަރިތަކުގައި ތިއްބެވުމަށް ފަހު ހއ. އަތޮޅުން ފެށިގެން ސ. އަތޮޅާ ހަމައަށް ހުރި ދާއިރާތަކުގެ މެމްބަރުން ތަރުތީބުން ތިއްބަވާ ގޮތަށެވެ. އެ ތަރުތީބަށް ބަދަލު ގެންނަން މަޖިލީހުގެ އިދާރާއިން ހެދި ދިރާސާއެއް އާންމު ކޮމެޓީއަށް ހުށަހެޅުމުން އެކަމާ މެދު އެ ކޮމެޓީން ކުރިން މަޝްވަރާކުރި އެވެ.

އާންމު ކޮމެޓީގެ މެމްބަރުންގެ އަޣުލަބިއްޔަތުން މިހާރު ނިންމާފައިވަނީ މަޖިލީހުގައި ހިމެނޭ ޕާޓީތައް ވަކިން ތަޅުމުގައި ތިބޭ ގޮތަށް މެމްބަރުންގެ ތަރުތީބު ބަދަލު ކުރުމަށެވެ. އެކަމަކު ކޮމެޓީގެ އެ ނިންމުމުން މަޖިލީހުގެ ތަޅުމުން ފާސްކުރަން ޖެހެ އެވެ.

ޕާޓީތައް ވަކިން ތިބުމަކީ ވަރަށް ގިނަ ގައުމުތަކުގައި މިހާރު ވެސް އޮންނަ ގޮތެކެވެ. އެމެރިކާގައި ކޮންގްރެސްގެ ތަޅުމުގެ ކަނާތް ފަރާތް ޑިމޮކްރަޓުންނަށް އަދި ވާތް ފަރާތް ރިޕަބްލިކަން މެމްބަރުންނަށް އޮންނަނީ ހަމަޖައްސައިފަ އެވެ.