ޓޫރިސްޓު ވިސާގައި ރާއްޖެ އައިސް އުޅޭ ބޭރުގެ ދެ ނޫސްވެރިއަކު، އިދިކޮޅު އިއްތިހާދުގެ އެއްވުމެއް ކަވަރުކުރަން ތިއްބާ މިރޭ ފުލުސް އޮފީހަށް ހާޒިރުކޮށްފި އެވެ.
28 ޖުލައި 2016
ޓޫރިސްޓު ވިސާގައި ރާއްޖެ އައިސް އުޅޭ ބޭރުގެ ދެ ނޫސްވެރިއަކު، އިދިކޮޅު އިއްތިހާދުގެ އެއްވުމެއް ކަވަރުކުރަން ތިއްބާ މިރޭ ފުލުސް އޮފީހަށް ހާޒިރުކޮށްފި އެވެ.
ފުލުހުންގެ ތަރުޖަމާނަކު ވިދާޅުވި ގޮތުގައި އާޓިފިޝަލް ބީޗު ސަރަހައްދުގައި ހަރަކާތްތެރިވި ދެ ބިދޭސީއަކު ވަނީ މައުލޫމާތު ސާފު ކުރުމަށް ފުލުހުންގެ މައި މަރުކަޒަށް ހާޒިރުކޮށްފަ އެވެ. އެކަމަކު، އެ ދެ މީހުން ތިބީ ފުލުހުންގެ ބަންދުގައި ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
މިކަމާ ގުޅޭ ގޮތުން ފުލުހުން އިތުރު ތަފްސީލެއް ނުދެ އެވެ.
މަންޒަރު ދުށް ބައެއް މީހުން ކިޔައިދިން ގޮތުގައި އެ ދެ ނޫސްވެރިން ތިބީ އިދިކޮޅު އިއްތިހާދުން އެމްޑީޕީ ހަރުގެ ކުރިމަތީގައި ބޭއްވި ޖަލްސާ ކަވަރުކުރުމަށް، ހަރުގެއާ ދިމާލުން އާޓިފިޝަލް ބީޗުގެ ޕޭވްމަންޓު ކައިރީގަ އެވެ. ފުލުހުންގެ 15 ވަރަކަށް މީހުން އައިސް އެ ދެ މީހުން ގޮވައިގެން ދިޔައީ ކަމަށް ވެސް އެ ތަނުގައި އެ ވަގުތު ތިބި ބައެއް މީހުން ބުންޏެވެ.
"އަނެއް ގޮތަށް ހަމަނުޖެހުމެއް ނުހިނގާ. ސަރުކާރާއި ފުލުހުންނާ ދެކޮޅަށް ހަޅޭލެވި،" އެ ތަނުގައި ހުރި މީހަކު ކިޔައިދިނެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި އެ ދެ ނޫސްވެރިންނަކީ ޕޯލަންޑުގެ އަންހެނަކާއި އިޓަލީގެ ފިރިހެނެކެވެ. އެ މީހުންގެ އަތުގައި ޖަރުމަނުގައި ރަޖިސްޓްރީކޮށްފައިވާ ޖީއެންއެސް ޕްރެސް އެސޯސިއަޝުން ދޫކުރާ ބައިނަލްއަގުވާމީ ފާހެއް ކަމަށް ވާ، ޔޫރަޕިއަން ޖާނަލިސްޓްް ލެޖިޓިމޭޝަން އޮތް ކަމަށް ވެ އެވެ.
ފެބްރުއަރީ 7، 2012 ގައި ވެރިކަން ބަދަލުވުމަށް ފަހު ހިނގި ހަމަނުޖެހުންތައް ކަވަރުކުރަން ރާއްޖެ އައިސް އުޅެނިކޮށް ވެސް މި ދެ ނޫސްވެރިން ރާއްޖޭން ފޮނުވާލި ކަމަށް ވެ އެވެ. އެކަމަކު، ޓޫރިސްޓު ވިސާގައި އައިސް އުޅެނިކޮށް އެ ފަހަރު ފޮނުވާލީ ރާއްޖެ ނާދެވޭ ގޮތަކަށް ނޫނެވެ.
މިރޭ ހައްޔަރު ކުރި ދެ ނޫސްވެރިން މީގެ ކުރިން ރާއްޖެ އައި ފަހަރަކު، ކުރީގެ ރައީސް ނަޝީދާ އެކު ނަގާފައިވާ ފޮޓޯއެއް.-- ފޮޓޯ: ދެ ފިޔަވަޅު ފަހަތަށް ފޭސްބުކް
އާ ގާނޫނުލް އުގޫބާތުގެ 613 ވަނަ މާއްދާގައި ބުނާ ގޮތުން ދައުލަތުގެ ކަމާ ބެހޭ އިދާރާއަކުން ހޯދަން ޖެހޭ ހުއްދައެއް ހޯދައިގެން ނޫނީ ކުރުން ހުއްދަ ނޫން ކަމެއް އެ ފަރާތުގެ ހުއްދައަކާ ނުލާ ކުރުމަކީ ކުށެކެވެ. މީގެ އިތުުރުން، އިމިގެރޭޝަން ގާނޫނުގައިވާ ގޮތުން ވެސް ޓޫރިސްޓު ވިސާގައި ރާއްޖެ އަންނަ މީހުންނަށް ވަޒީފާ އަދާކުރުމާއި އާމްދަނީ ލިބޭނެ މަސައްކަތެއް ނުކުރެވޭނެ އެވެ.
ވިސާމާއި އާމިރުގެ ބަންދަށް 10 ދުވަސް ޖަހައިފި
"ތިން ނޫސްވެރިންނަށް ކުރަނީ އަސްލެއް ނެތް ދައުވާއެއް"
ނޫސްވެރިއަކު ނެގި ފޮޓޯއެއް ޑިލީޓް ކުރުވި މައްސަލައެއް
ނޫސްވެރިންނަށް އަނިޔާ ދިނުމަކީ ނިޔަތެއް ނޫން: ފުލުހުން
ނޫސްވެރިން "ހޭއަރުވާލާނަމޭ" ބުނި މައްސަލަ ބަލަންޖެހޭ
މީޑިއާގެ ފޭކު ފާސްތަކެއް ބޭނުންކުރާ މައްސަލައެއް!
ފުލުހުންގެ ޑްރަގް އޮޕަރޭޝަން މެދުކަނޑާލައިފި
ފުލުހުންނާއި ނޫސްވެރިން ޑްރަގްގެ ހާލިތަކަށް!
ނޫސްވެރިންގެ މަސައްކަތަށް ހުރަސް ނާޅަން އެދިއްޖެ
ހިނގީ ރޭޕެއް ނޫން ކަމަށް ބުނެ "މެންދުރު"ން މައާފަށް