20 ޖޫން 2018
މިދިޔަ މަހު ޗައިނާ އިން ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު 27 ޕަސެންޓް ދަށްވެ، މިދިޔަ މަހު ވެސް ރާއްޖޭގެ ޓޫރިޒަމް ދަށަށް ހިނގައްޖެ އެވެ.
މިދިޔަ މަހު ޗައިނާ އިން ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު 27 ޕަސެންޓް ދަށްވެ، މިދިޔަ މަހު ވެސް ރާއްޖޭގެ ޓޫރިޒަމް ދަށަށް ހިނގައްޖެ އެވެ.
ޓޫރިޒަމް މިނިސްޓްރީން އިއްޔެ އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ޗައިނާ އިން އައީ 16،927 ޓޫރިސްޓުންނެވެ. މިދިޔަ މަހު ޓޫރިސްޓުން އައި ގައުމުތަކަށް ބަލާއިރު އެންމެ ގިނަ ޓޫރިސްޓުން އައީ ވެސް އެ ގައުމުންނެވެ.
މިދިޔަ މަހު ރާއްޖެ އަށް ޖުމްލަ 92،913 ޓޫރިސްޓުން އައި އިރު އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅައި ބަލާއިރު 0.6 ޕަސެންޓްގެ ދަށް ވުމެކެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުން އޭޝިއާ އަދި ޕެސިފިކް ސަރަހައްދުން އައި ޓޫރިސްޓުންގެ އަދަދު ވަނީ 8.8 ޕަސެންޓް ދަށްވެފަ އެވެ. އެ ސަރައްދުން އައީ ޖުމްލަ 45،291 ޓޫރިސްޓުންނެވެ. އެކަމަކު ޔޫރަޕުން އައި ޓޫރިސްޓުންގެ އަދަދު 12 ޕަސެންޓް އިތުރުވި އެވެ. އެ ސަރަހައްދުން 40،056 ޓޫރިސްޓުން އަ އެވެ.
ޓޫރިޒަމްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހުގެ ނިޔަލަށް ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައި ހުރި ޓޫރިސްޓް އެނދުގެ ޖުމްލަ އަދަދަކީ 42،680 އެވެ. އޭގެ ތެރޭގައި ހިމެނެނީ 128 ރިސޯޓާއި 12 ހޮޓެލް، 483 ގެސްޓްހައުސް އަދި 146 ސަފާރީގައި ރަޖިސްޓްރީކޮށްފައި ހުރި އެނދެވެ.
1.5 މިލިއަން ޓޫރިސްޓުން، އަމާޒަށް ބާކީ ފަސް ލައްކަ
ޓޫރިސްޓުންގެ ތަފާސްހިސާބު: ދެ ވަނަ ޗައިނާ އަށް
ޓޫރިސްޓު އެރައިވަލްގެ ތިން ވަނައަށް ޗައިނާ އަރައިފި
"ޕީކް ސީޒަން"ގެ މަންޒަރު ބަދަލުވެފައި
ޓޫރިސްޓުން އައި އަދަދު ދެ ޕަސެންޓް އިތުރުވެއްޖެ
ބުކިންސްތައް ކެންސަލްވެ މިލިއަން ޑޮލަރުގެ ގެއްލުން!
ކުރިޔަށް އޮތް ދެ އަހަރު އިތުރު 23 ރިސޯޓު ހުޅުވަނީ
ޗައިނާއިން އައި ޓޫރިސްޓުން ވަރަށް ބޮޑަށް ދަށްވެއްޖެ
އެންމެ ބޮޑު ޓޫރިޒަމް ޕްރޮމޯޝަން އޮންނާނީ އަންނަ އަހަރު
ރިސޯޓްތައް ރީޑިވަލޮޕް ކުރަން ދޭ މުއްދަތަށް ބަދަލުތަކެއް