19 ޖޫން 2018
އީކޯ ޓޫރިޒަމަށް ހާއްސަ ކޮށްގެން އައްޑު އާއި ފުވައްމުލަކުގައި ތަރައްގީ ކުރާ ނޭޗާ ޕާކްގެ މަސައްކަތްތައް ނިންމައި އަންނަ މަހުގެ ތެރޭގައި ހުޅުވަން ތައްޔާރު ވެއްޖެ އެވެ.
އީކޯ ޓޫރިޒަމަށް ހާއްސަ ކޮށްގެން އައްޑު އާއި ފުވައްމުލަކުގައި ތަރައްގީ ކުރާ ނޭޗާ ޕާކްގެ މަސައްކަތްތައް ނިންމައި އަންނަ މަހުގެ ތެރޭގައި ހުޅުވަން ތައްޔާރު ވެއްޖެ އެވެ.
އައްޑޫ ހިތަދޫގައި އޮންނަ އީދިގަލި ކުޅި އާއި ކޯއްޓޭ ސަރަހައްދު ހިމެނޭ ގޮތަށް އައްޑޫގެ ޕާކު ތަރައްގީ ކުރާއިރު ފުވައްމުލަކު ޕާކު ހާއްސަ ކޮށްފައިވަނީ އެ ރަށު ފުނާޑު ކުޅި އާއި ދަޑިމަގު ކުޅި އަށެވެ. މިއީ ވެސް ހިމާޔަތްކޮށްފައިވާ ތަންތަނެވެ.
ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ދީފައިވާ 61 މިލިޔަން ރުފިޔާގެ ހިލޭ އެހީގެ ދަށުން މީގެ ތިން އަހަރު ކުރިން ފެށި މި ޕްރޮޖެކްޓުގެ މަސައްކަތް މިހާރު ގާތްގަނޑަކަށް ވަނީ ނިމިފަ އެވެ. އަންނަ މަހުގެ ތެރޭގައި ޕާކުތައް ހުޅުވަން މިހާރު ތައްޔާރު ވެފައިވާއިރު އެ ތަން އާދަޔާ ހިލާފަށް ރީއްޗެވެ.
ފުވައްމުލަކު ކުޅި ހިމެނޭ ގޮތަށް ހަދާ ނޭޗާ ޕާކު-- ފޭސްބުކް ފޮޓޯ: ސިއްޕެ
ހިމާޔަތް ކޮށްފައިވާ އެ ކުޅީގެ ވަށައިގެން ކަނޑުލާއި ރަނޑޫ ހެދިފައިވާއިރު މުޅި ކުޅިތެރެ އޮތީ، ފެނުގައި ހެދޭ ގަހެއް ކަމަށްވާ ހައި ގަސްތަކުން (ލޮންސި ގަސް) އެވެ. ކުޅީގެ އެކި ހިސާބުތަކުގައި ލޮޓަސް މާތައް ހުރީ ފޮޅިފަ އެވެ. އަދި ހިނގާލާފައި ކުޅި ތެރެ ބަލައިލުމަށް، ރީތި ދިގު ފާލަންތަކެއް ވެސް ވަނީ އަޅައިފަ އެވެ. ޕާކު ހުޅުވުމުން، ކުޅި ތެރޭގައި ޑިންގީ އާއި ކެނޯ ފަދަ ތަކެތި ދުއްވުމުގެ ފުރުސަތު ވެސް ލިބޭނެ އެވެ. އަދި ބައިސްކަލުގައި ޕާކު ތެރޭގައި ދުއްވާލައި، ތަނުގެ ރީތިކަން ބަލައިލެވޭނެ އެވެ.
"މިއަދާ ހަމައަށް އެ ތަންތަން އޮތީ މާ ބޮޑު ބޭނުމެއް ނުހިފޭ ގޮތަށް. އަޅުގަނޑުމެން އެ ތަނުގެ ގުދުރަތީ ރީތި ކަމަކަށް ބަދަލެއް ނުގެންނަން. އެކަމަކު އެތަނުގެ ރީތިކަން ގިނަ ބަޔަކަށް ފެންނާނެ ގޮތަކަށް މި ބަދަލުކޮށްލީ،" މި މަޝްރޫއުގެ ކޮމިއުނިކޭޝަން އޮފިސަރު އަލީ ޝާމިން ވިދާޅުވި އެވެ.
ފުވައްމުލަކު ކުޅި ހިމެނޭ ގޮތަށް ހަދާ ނޭޗާ ޕާކު-- ފޭސްބުކް ފޮޓޯ: ސިއްޕެ
ޝާމިން ވިދާޅުވީ ޕާކު ތެރޭގައި ކުރަން ޖެހޭ އިމާރާތް ކުރުމުގެ މަސައްކަތްތައް މި މަހުގެ ނިޔަލަށް ނިމޭނެ ކަމަށެވެ. އައްޑޫ އީދިގަލި ކުރިމަތީގައި ވިޒިޓާސް ސެންޓަރެއް ގާއިމުކޮށްފައިވާ އިރު، ޕާކަށް ވަންނަ ޓިކެޓާއި ކެނޯ އާއި ބައިސްކަލް ފަދަ ތަކެތި ދޫކުރާނީ އެ ތަނުންނެވެ. އަދި ކެންޓީނެއް ހަދާފައިވާއިރު ކުޅި އަށް އެރުމަށް ފަހު، ފެންވެރުމުގެ ވަސީލަތްތައް ވެސް އެ ތަނުގައި ވަނީ ގާއިމުކޮށްފަ އެވެ.
ކުޅިވަރު ކުޅުމާއި މުނިފޫހިފިލުވުމުގެ ވަސީލަތްތަކާއެކު ހަމަ މި ފަދަ ތަނެއް، ދަޑިމަގު ކުޅި ކައިރީގައި ވެސް ވަނީ ގާއިމުކޮށްފަ އެވެ.
އައްޑު އާއި ފުވައްމުލަކުގެ އާއްމުންނާއި އެ ތަން ބަލައިލަން ދާ މީހުންނަށް މިހާރު ވެސް ޕާކަށް ވަދެވެ އެވެ. އެކަމަކު ވަސީލަތްތަކާއެކު އެތައް ރަސްމީކޮށް ހުޅުވުމަށް ހަމަޖައްސާފައިވަނީ އަންނަ މަހުގެ ތެރޭގަ އެވެ.
އައްޑޫ އީދިގަލި ކުޅީގައި ހެދިފައިވާ ލޮޓަސް ގަސްތަކެއް ކައިރިން ބަޔަކު ކެނޯއެއް ދުއްވަނީ
"ވަރަށް އާދަޔާ ހިލާފު ރީތި ތަނަކަށް މިިތަން ވާނީ. ގިނަ ޓޫރިސްޓުން މި ތަނަށް އަންނާނެ. ކަނޑައަޅާފައިވާ މުވައްޒަފުން މި ތަނުގައި ތިބޭ އިރު، އަންނަ އާއްމުންނަށް ވެސް ތަނުގެ ބޭނުން ވަރަށް ރަނގަޅަށް ހިފޭނެ،" ޝާމިން ވިދާޅުވި އެވެ.
"ކައިވެނި ޕާޓީތައް ވެސް މިތަނުގައި ބޭއްވޭނެ،"
އެންވާރަމަންޓް މިނިސްޓްރީ އާއި ކްލައިމެޓް ޗޭންޖް އެޑެޕްޓޭޝަން ޕްރޮޖެކްޓް (ސީސީއޭޕީ)ގެ ދަށުން ތަރައްގީ ކުރާ މި ޕާކުތައް ހިންގާނެ ގޮތުގެ ގަވައިދު އެކުލަވާލައި ގެޒެޓް ކުރަން މިހާރު ވަނީ ފޮނުވާފަ އެވެ.
ދެކުނުގެ ދެ ނޭޗާ ޕާކް ޖޫންގައި ހުޅުވަނީ
މާލެއާ ދުރު ރިސޯޓުތަކުގެ ކުލި ކުޑަކުރަނީ
އައްޑޫ ނޭޗާ ޕާކަށް އަޅައި ނުލެވި، ވީރާނާވަނީ؟!
ދެކުނުގެ ދެ ސިޓީ އަށް އަލީ ވަހީދު ވަޑައިގަންނަވަނީ
ހިޔާމަތްކޮށްފައިވާ ސަރަހައްދުގައި ފޮޓޯ ނަގަން ފީއެއް
އަންނަ އަހަރު އައްޑޫގައި ޓޫރިޒަމް ސިމްޕޯޒިއަމެއް
އައްޑު އާއި ފުވައްމުލަކުގެ ނޭޗާ ޕާކް މަރާމާތުކުރަނީ
ޝަންގްރިއްލާ ރިސޯޓު ހުޅުވޭނެ ތާރީހެއް ކަނޑައަޅަނީ
އައްޑޫ 6،000 ބެޑް މަޝްރޫއު ފަށަން ތައްޔާރު ވެއްޖެ
އައްޑޫގައި 6،000 އެނދު ތަރައްގީ ކުރަން ޕްލޭނެއް