Roadha Mihaaru
އަމީތާއި އިންތިގެ ޕާސްޕޯޓް ދޫކޮށްލައިފި

ދައުވާ ނުކުރަން ނިންމުމުން އަމީތާއި އިންތިގެ ޕާސްޕޯޓް ދޫކޮށްލައިފި

18 ޖޫން 2018

ސަރުކާރާ ދެކޮޅަށް މުޒާހަރާކުރަން ގޮވައިލި މައްސަލައިގައިި މީގެ ތިން މަސް ކުރިން ޕާސްޕޯޓް ހިފެހެއްޓި، ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތާއި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީގެ ޕާސްޕޯޓް ކްރިމިނަލް ކޯޓުން މިއަދު ދޫކޮށްލައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ސަރުކާރާ ދެކޮޅަށް މުޒާހަރާކުރަން ގޮވައިލި މައްސަލައިގައިި މީގެ ތިން މަސް ކުރިން ޕާސްޕޯޓް ހިފެހެއްޓި، ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތާއި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީގެ ޕާސްޕޯޓް ކްރިމިނަލް ކޯޓުން މިއަދު ދޫކޮށްލައިފި އެވެ.

މާޗް މަހުގެ ތެރޭގައި އަމީތުގެ ޕާސްޕޯޓް ހިފެހެއްޓީ ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން، ރައީސް އަބްދުﷲ ޔާމީން އިއުލާން ކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތުގައި މަގުތަކަށް މީހުން ނިކުމެ އިހްތިޖާޖު ކުރުމަށް ގޮވާލި މައްސަލާގަ އެވެ. ގާޒީ ހަސަން ނަޖީބް ސޮއިކުރައްވައި ކްރިމިނަލް ކޯޓުން މި ދެ ބޭފުޅުންނަށް ފޮނުވި އަމުރުގައި ބުނެފައި ވަނީ ޕާސްޕޯޓް ދޫކޮށްލަން ނިންމީ ޕާސްޕޯޓް ހިފެހެއްޓި ސަބަބު ފިލައިދިއުމުން ކަމަށެވެ.

ތަހުގީގު ނިންމައި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުމުން އެތަނުން ވަނީ މި މައްސަލާގައި އެ ދެ ބޭފުޅުންގެ މައްޗަށް ދައުވާ ނުކުރުމަށެވެ.

މިމަހު ކުރީކޮޅު އަމީތުގެ ކާފަ ސްރީ ލަންކާގައި ނިއާވުމުން ޖަނާޒާގައި ބައިވެރިވުމަށް އެ ގައުމަށް ވަޑައިގަތުމަށް ޕާސްޕޯޓް ދޫކޮށްދިނުމަށް އަމީތު އެދިވަޑައިގެން ނަމަވެސް އޭރު ކޯޓުން ވަނީ ޕާސްޕޯޓް ދޫކޮށްދެވެން ނެތް ކަމަށް އަންގައިފަ އެވެ.