ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް މިދިޔަ މަހުގެ 24 ވަނަ ދުވަހު އިދިކޮޅު މެމްބަރުން ވަން މައްސަލައިގަައި ދައުވާކުރަން ފޮނުވި އިރު އެކި ފުލުހުން ދީފައިވާ ބަޔާންތައް ތަފާތު ކަމަށާއި އެހެންވެ އެ ބަޔާންތައް އެއްގޮތްކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހުން މަސައްކަތްކުރަމުން އަންނަ ކަމަށް ގުޅިފައިވާ ޕާޓީތަކުން މިއަދު ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް މިދިޔަ މަހުގެ 24 ވަނަ ދުވަހު އިދިކޮޅު މެމްބަރުން ވަން މައްސަލައިގަައި ދައުވާކުރަން ފޮނުވި އިރު އެކި ފުލުހުން ދީފައިވާ ބަޔާންތައް ތަފާތު ކަމަށާއި އެހެންވެ އެ ބަޔާންތައް އެއްގޮތްކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހުން މަސައްކަތްކުރަމުން އަންނަ ކަމަށް ގުޅިފައިވާ ޕާޓީތަކުން މިއަދު ބުނެފި އެވެ.
އެމްޑީޕީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ގުޅިފައިވާ ޕާޓީތަކުގެ ތަރުޖަމާނު ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މަހުލޫފް ވިދާޅުވީ މެމްބަރުންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕީޖީގެ އޮފީހުން ފޮނުވި ބަޔާންތަކުގައި އެކި ފުލުހުންގެ ވާހަކަތައް ތަފާތު ކަމަށެވެ. އަދި އެ ބަޔާންތައް އެއްގޮތްކުރަން ފުލުހުން ޕީޖީ އޮފީހަށް ހާޒިރުކޮށް އަލުން ބަޔާން ނަގަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ޕީޖީ ބިޝާމްގެ އެދިލެއްވުމަށް، އެ އޮފީހަށް، ބަޔާން ދިން ހުރިހާ ފުލުހުން ގެންދިޔަ. އެ މީހުން ގެންގޮސް ބޮލަށް ޗިޕް ޖަހަނީ ކޯޓުގައި ބަޔާން ދޭންވީ ގޮތާއި މެމްބަރުންގެ ފަރާތުން ކޮށްފާނެ ސުވާލުތަކަށް ޖަވާބުދިނުމުގައި އެއްގޮތްކުރަން،" މަހުލޫފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފުލުހުން ދިން ބަޔާންތައް އެއްގޮތްކުރުމަށާއި ކޯޓުގައި ވާހަކަދައްކަންވީ ގޮތް ޕީޖީ އޮފީހުން ކިޔައިދިނުމަކީ އެއްގޮތަކަށް ވެސް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެއީ ހެއްކަށް ނުފޫޒު ފޯރުވުން ކަމަށް މަހުލޫފް ވިދާޅުވި އެވެ.
"ހެއްކަށް ނުފޫޒު ފޯރުވައިގެން އަޅުގަނޑުމެން ގެންގޮސް ބަންދުގެ މުއްދަތު މި ޖަހަނީ. ހެއްކަށް ނުފޫޒު ފޯރުވާތީ ހައްޔަރުކުރަންވީ ޕްރޮސެކިއުޖާ ޖެނެރަލް އޮފީހަށް ގެންގޮސް ފުލުހުންނަށް ބަޔާންދޭންވީ ގޮތް ކިޔައިދިން މީހުން،" އޭނާ ވިދާޅުވި އެވެ.
މަޖިލީހުގެ އިދިކޮޅު 13 މެމްބަރަކަށް ދައުލަތުން ކުރާ ދައުވާތަކުގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ފަށަން ވަނީ ދައުވާގެ ލިޔުންތައް ހަވާލުކޮށްފަ އެވެ. މިއީ ފަހުގެ ތާރީޚުގައި ވެސް މަޖިލީހުގެ މިހާ ގިނަ އަދަދެއްގެ މެމްބަރުންގެ މައްޗަށް އެއްފަހަރާ ދައުވާ އުފުލާފައިވާ ފުރަތަމަ ފަހަރެވެ.
މަޖިލިހުގެ އިދާރާ އަށް ވަން މައްސަލާގައި އިދިކޮޅު މެމްބަރުންގެ މައްޗަށް ދައުލަތުން ކުރަނީ ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސް އެޅުމުގެ ކުށުގެ ދައުވާ އެވެ. އެ ދައުވާ ސާބިތުވެއްޖެ ނަމަ ހަތަރު މަހާއި 24 ދުވަހުގެ ހުކުމެއް އަންނާނެ އެވެ.
ގާސިމްގެ އިސްތިއުނާފް ބަލައެއްނުގަތް: ވަކީލުން
ޑްރަގާއެކު ހައްޔަރުކުރާ މީހުން ދޫވާ މައްސަލަ މަޖިލީހަށް
ޝިކާރަވެރިންގެ ބޮޑު ޕަސެންޓެއް ތިބީ ދޫވެފައި: ރިޕޯޓް
މޭޑޭގެ ގައިދީއަކު 7 އަހަރުގެ ހުކުމުން ސަލާމަތްވެއްޖެ
ފައިސަލް ނަސީމްގެ ޕާސްޕޯޓު ވެސް ދޫކޮށްލައިފި
އަމީތާއި އިންތިގެ ޕާސްޕޯޓް ދޫކޮށްލައިފި
މަހްލޫފަށް ކުރާ ދައުވާއެއްގެ އަޑުއެހުން ކެންސަލް
މަހުލޫފްގެ މައްޗަށްކުރާ ޓެރަރިޒަމްގެ ދައުވާ ބުދަ ދުވަހު
މަހުލޫފްގެ ބަންދަށް ފަސް ދުވަސް
ލަންކާގައި ހުއްޓައި މަހްލޫފްގެ ޕާސްޕޯޓު ހިފަހައްޓައިފި