Roadha Mihaaru
ލޮޅުންތައް އަރަނީ އުމްރާނީ މަސައްކަތްތަކުން: މެޓް

ރަށްރަށަށް ގިނަ ފަހަރަށް ލޮޅުން އަރަނީ އުމްރާނީ މަސައްކަތްތަކުގެ ސަބަބުން: މެޓް

14 ޖޫން 2018

ރާއްޖޭގެ ދެ ސަރަހައްދަކަށް މި ފަހަރުން އެރި ލޮޅުމަކީ ބިންހެލުމެއް ނޫން ކަމަށާއި ގިނަ ފަހަރު އެކަން ދިމާވަނީ އުމްރާނީ މަސައްކަތްތަކުގެ ސަބަބުން ކަމަށް، މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން މިއަދު ބުނެފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ރާއްޖޭގެ ދެ ސަރަހައްދަކަށް މި ފަހަރުން އެރި ލޮޅުމަކީ ބިންހެލުމެއް ނޫން ކަމަށާއި ގިނަ ފަހަރު އެކަން ދިމާވަނީ އުމްރާނީ މަސައްކަތްތަކުގެ ސަބަބުން ކަމަށް، މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން މިއަދު ބުނެފި އެވެ.

އިއްޔެ ހެނދުނު 11:33 ހާއިރު، ލ. ގަމާއި ފޮނަދު އާއި ދަނބިދު އާއި ކައްދޫގެ އިތުރުން މާންދުއަށް ވެސް ލޮޅުމެއް އަރާފައިވެ އެވެ. އަދި މިދިޔަ މަހުގެ ތެރޭގައި، ޅ. އަތޮޅުގެ ބައެއް ރަށްރަށަށް ވެސް ވަނީ ހަމަ މި ފަދަ ލޮޅުމެއް އަރައިފަ އެވެ. ހެނދުނު 6:40 ހާއިރު، ހަތަރު ވަރަކަށް ސިކުންތަށް ރަށްތަކުގެ ބިންގަނޑު ވަރަށް ބޮޑަށް ގުޑި ކަމަށް، ބައެއް ރަށްރަށުގެ މީހުން ބުނެ އެވެ.

L. Atholhuge baeh rah rashah lolhumeh araifi

L. Atholhuge baeh rah rashah lolhumeh araifi

The most trusted news source in the Maldives

Mihaaru

ލ. އަތޮޅުގެ ބައެއް ރަށްތަކަށް ލޮޅުމެއް އެރުން--

ޅ. އަތޮޅުގެ ރަށްރަށަށް އައި ލޮޅުމުގެ ރިޕޯޓް މެޓް އޮފީހުގެ ސިސްޓަމްތަކުން ނުދެއްކި ނަމަވެސް އިއްޔެ ލ. އަތޮޅަށް އައި ލޮޅުން، ގދ. ކާޑެއްދޫގައި ހުރި ބިންހެލުން ދެނެގަންނަ ސިސްޓަމުން ދައްކަ އެވެ.

މެޓް އޮފީހުގެ ޑެޕިއުޓީ ޑިރެކްޓަ ޖެނެރަލް އަލީ ޝަރީފް ވިދާޅުވީ އިއްޔެ އައި ލޮޅުމުގެ ބާރު ދަށްކަމުން އެއީ ބިންހެލުމެއް ނޫން ކަމަށެވެ.

އޭނާ ވިދާޅުވީ އެ ދެ ލޮޅުން އައީ ކީއްވެކަން އަދި ދެނެނުގަނެވޭ ކަމަށެވެ. ނަމަވެސް އެއީ ނުރައްކާތެރި ކަމެއް ކަމަށް ގަބޫލުނުކުރެއްވޭ ކަމަށް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވި ގޮތުގައި ރާއްޖޭގައި ގިނަ ފަހަރަށް އެކަން ދިމާވެފައި ހުންނަނީ ފަޅު ކޮނުމާއި ފަޅު ގޮށްވުން ފަދަ މަސައްކަތްތަކާ ހެދި އެވެ.

"ކުރީގައި ވެސް ދޭތެރެއަކުން ރިޕޯޓް އާދޭ. އެ ފަހަރުތަކުގައި އެކަން ގުޅިފައި ހުންނަނީ ފަޅު ކޮނުން ފަދަ ކަންކަމާ،" ޝަރީފް ވިދާޅުވި އެވެ.

"މިފަހަރު މި ދެ ލޮޅުމާ ގުޅޭ އެފަދަ ރިޕޯޓެއް ނުލިބޭ."

އޭނާ ވިދާޅުވި ގޮތުގައި އަތޮޅެއްގެ ވަކި ހިސާބަކަށް އަރާ ލޮޅުން ބިންހެލުމަކަށް ނުވަނީ އޭގެ އަސަރު ކުޑަކަމުންނެވެ.

ދެ އަތޮޅަށް މި ފަހުން މި ކުރިމަތިވި ލޮޅުންތަކަކީ ރާއްޖޭގެ ތިމާވެއްޓަށް އޮތް ނުރައްކާތެރި އިންޒާރެއް ކަމަށް ގަބޫލުނުކުރެއްވޭ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.

"ދުނިޔޭގެ ގައުމުތަކާ ގުޅިގެން އަޅުގަނޑުމެން މިދަނީ ކަންކަން ބަލަމުން. އެފަދަ ނުރައްކަލެއް އޮތް ނަމަ އަޅުގަނޑުމެންނަށް އެނގޭނެ. ނުރައްކަލެއް އޮތްހެނެއް ހިއެއް ނުވޭ،" އޭނާ ވިދާޅުވި އެވެ.

ބިންހެލުމެއްގެ ސަބަބުން ރާއްޖެއަށް އެންމެ ބޮޑު ގެއްލުމެއް ލިބުނީ ޑިސެމްބަރު 26، 2004 ގެ ސުނާމީގަ އެވެ. އެ ސުނާމީ އުފެދުނީ އިންޑޮނީޝިއާގެ ސުމަތުރާއަށް އައި ވަރުގަދަ ބިންހެލުމެއްގަ އެވެ. އެ ބިންހެލުމުގެ އަސަރު މުޅި ރާއްޖެއަށް ވެސް ކުރި އެވެ.