14 ޖޫން 2018
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށް ލީ އިންސާފުވެރިކަމާ އެކު ބޭއްވި ޝަރީއަތަކުން ނޫން ކަމަށާއި އެ ޝަރީއަތް ދިޔަ ގޮތުން މިނިވަން ރިޔާސީ އިންތިހާބަކާ މެދު ސުވާލު އުފެދޭ ކަމަށް އިންޑިއާ އިން މިއަދު ބުނެފި އެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށް ލީ އިންސާފުވެރިކަމާ އެކު ބޭއްވި ޝަރީއަތަކުން ނޫން ކަމަށާއި އެ ޝަރީއަތް ދިޔަ ގޮތުން މިނިވަން ރިޔާސީ އިންތިހާބަކާ މެދު ސުވާލު އުފެދޭ ކަމަށް އިންޑިއާ އިން މިއަދު ބުނެފި އެވެ.
މައުމޫނާއި އުއްތަމަ ފަނޑިޔާރުގެ އިތުރުން، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ދޮޅު އަހަރު ދުވަހުގެ ޖަލު ހުކުމެއް އައީ މިދިޔަ ފެބްރުއަރީ 5 ވަނަ ދުވަހުގެ ރޭ އެ ތިން ބޭފުޅުން ހައްޔަރުކޮށް، އެ ބޭފުޅުންގެ ފޯނު ދިނުމަށް ފުލުހުން އެންގުމުން އެކަމަށް އިންކާރު ކުރެއްވި މައްސަލާގައި އުފުލި އަދުލު އިންސާފު ގާއިމްކުރަން ހުރަސް އެޅުމުގެ ދައުވާ ސާބިތުވުމުންނެވެ.
އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދު. --ފޮޓޯ/މިހާރު
އިންޑިއާ އިން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގައި ސިޔާސީ މަސްރަހު ހަލަބޮލިވެފައި އޮތް ދަނޑިވަޅުގައި މިނިވަން މުއައްސަސާތަކާއި ސުޕްރީމް ކޯޓާއި ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް މިނިވަންކަމާ އެކު ކުރެވޭނެ މަގު ފަހިކޮށް ދިނުމަށް ދިވެހި ސަރުކާރަށް ތަކުރާރުކޮށް ގޮވާލާފައިވާނެ ކަމަށެވެ. މިއީ ބައިނަލްއަގުވާމީ ފަރާތްތަކުން ވެސް ގޮވާލި ކަމެއް ކަމަށް އެ ބަޔާނުގައި ފާހަގަކުރި އެވެ.
އިންޑިއާ އިން ބުނި ގޮތުގައި މައުމޫނާއި އުއްތަމަ ފަނޑިޔާރު ދިގު މުއްދަތަކަށް ޖަލަށް ލީ އިންސާފުވެރިކަމާ އެކު ބޭއްވި ޝަރީއަތަކުން ނޫނެވެ. ދެ ބޭފުޅުންނާ ދެކޮޅަށް ޝަރީއަތް ކުރި ގޮތުން ސަރުކާރުން ގާނޫނު ނަގަހައްޓާ ކަމާ މެދު ސުވާލު އުފެދިފައިވާ ކަމަށް ވެސް އިންޑިއާ އިން ބުންޏެވެ.
އިންޑިއާ އިން ބުނި ގޮތުގައި އެ ގައުމުން ބޭނުންވަނީ ރާއްޖެއަކީ ޑިކޮރަޓިކް ހަމަތަކުގެ މަތިން ހިނގާ، އަމާންކަމާއި ސުލްހަމަސްލަސްކަން ގާއިމުވެފައި އޮތް ގައުމެއްގެ ގޮތުގައި އޮތުމެވެ.
އިންޑިއާ އިން ވަނީ ޖަލުގައި ތިއްބެވި މައުމޫން ހިމެނިވަޑައިގަންނަވާ ގޮތަށް ސިޔާސީ ލީޑަރުންން މިނިވަންކޮށް، ރިޔާސީ އިންތިހާބު ބޭއްވޭނެ މާހައުލެއް ގާއިމުކޮށްދޭން ސަރުކާރަށް ގޮވާލައިފަ އެވެ.
މައުމޫނާއި އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދުގެ ޝަރީއަތް ކުރިއަށްދާ ގޮތާ މެދު ހިތްހަމަނުޖެހިގެން އެ މައްސަލާގެ ހުރިހާ ދިފާއީ ވަކީލުން ވަނީ މައްސަލަ ދޫކޮށްލައިފަ އެވެ.
މައުމޫނާއި ފަނޑިޔާރުން އެންމެ ބޮޑަށް ކަންބޮޑުވުން ފާޅުކުރެއްވި އެއް ކަމަކީ ދައުލަތުގެ ވަކީލުންނަށް ހެކި ހުށަހެޅުމުގެ ފުރުސަތު ދީފައި، ތިން ބޭފުޅުންގެ ދިފާއުގައި ހެކި ހުށަހެޅުމުގެ ފުރުސަތު ނުދިނުމެވެ. ދައުވާ އިން ދިފާއު ވުމަށް އެކަށީގެންވާ ވަގުތު ދީފައި ނުވާ ކަމަށް ވެސް އެ ތިން ބޭފުޅުން ވިދާޅުވެ އެވެ.
މި ތިން ބޭފުޅުންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ވެސް ވަނީ އުފުލައިފަ އެވެ.
މައުމޫނަށް ހުކުމްކުރީ ގާނޫނުތަކާ އެއްގޮތަށް: ސަރުކާރު
"ލޭ އޮހޮރުވުމަށް އިންޑިއާ ސިފައިން ތިބީ ތައްޔާރަށް"
ސިއްރު ހެކިބަސް ނަގަނީ ގާނޫނާ އެއްގޮތަށް: ފުލުހުން
ކޯޓުތަކުން އުސޫލުން ބޭރުން ކަންކުރާކަމުގެ ޝަކުވާ ބޮޑު
އިތުބާރު ކުރަންޖެހޭ ޖުޑިޝަރީގެ ހާލަތު!
ބަންދުގައި ތިބި މީހުން ގެއަށް ނުފޮނުވަނީ ހެކިނުދޭތީ
ފަނޑިޔާރުން ގަތް މުދަލުގެ މައުލޫމާތު ދޭންޖެހޭ: ޝިއާން
"އަލީ ހަމީދުގެ ދަބަހަކުން 3.4 މިލިއަން ފެނިފައިވޭ"
ރިޝްވަތަށް ދެފަނޑިޔާރުން އެތައް މިލިއަނެއް ނެގި:ޕޮލިސް
"އިންޑިއާ ސިފައިން ތިބިކަން ނުވަތަ ނެތްކަމެއް ނޭނގޭ"