Roadha Mihaaru
ކޯޓުތަކުން އުސޫލުން ބޭރުން ކަންކުރާކަމުގެ ޝަކުވާ ބޮޑު

ކޯޓުތަކުން އުސޫލުން ބޭރުން ކަންކުރާކަމުގެ ޝަކުވާ ބޮޑު: ޑޯރިސް

08 މެއި 2018

ރާއްޖޭގެ ސީނިއަ ފަނޑިޔާރުންނާއި ސިޔާސީ ލީޑަރުންނާ ދެކޮޅަށް ހިންގާ ޝަރީއަތްތަކުގައި ގާނޫނުތަކާއި ކޯޓު އުސޫލުތަކާ ހިލާފަށް ކަންކަން ކުރާކަމުގެ ޝަކުވާ ވަރަށް ބޮޑަށް އިވިވަޑައިގެންނެވި ކަމަށް، އިނގިރޭސި ސަފީރު ޖޭމްސް ޑޯރިސް ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރާއްޖޭގެ ސީނިއަ ފަނޑިޔާރުންނާއި ސިޔާސީ ލީޑަރުންނާ ދެކޮޅަށް ހިންގާ ޝަރީއަތްތަކުގައި ގާނޫނުތަކާއި ކޯޓު އުސޫލުތަކާ ހިލާފަށް ކަންކަން ކުރާކަމުގެ ޝަކުވާ ވަރަށް ބޮޑަށް އިވިވަޑައިގެންނެވި ކަމަށް، އިނގިރޭސި ސަފީރު ޖޭމްސް ޑޯރިސް ވިދާޅުވެއްޖެ އެވެ.

ރާއްޖެ އަށް ކުރެއްވި ދަތުރަށް ފަހު ފުރާވަޑައިގަންނަވަމުން ކުރެއްވި ޓްވީޓެއްގައި ޑޯރިސް ވިދާޅުވީ އުސޫލުން ބޭރުން ކޯޓުތަކުން އަމަލްކުރަމުން އަންނަ ކަމުގެ ކަންބޮޑުވުން ވަރަށް ގިނަ ބަޔަކު ފާޅުކުރި ކަމަށެވެ.

ޑޯރިސް، (ވ) ފޮރިން ސެކްރެޓަރީ ސަރީރުއާ ސަލާމް ކުރައްވަނީ. - ފޮޓޯ: ފޮރިން މިނިސްޓްރީ

ޑޯރިސް، (ވ) ފޮރިން ސެކްރެޓަރީ ސަރީރުއާ ސަލާމް ކުރައްވަނީ. - ފޮޓޯ: ފޮރިން މިނިސްޓްރީ

ޑޯރިސް ރޭ ކުރެއްވި ޓުވީޓު.

އޭނާ ވިދާޅުވި ގޮތުގައި ކޮންމެ ގައުމެއްގެ ރައްޔިތަކަށް ވެސް ބޭނުންވަނީ މިނިވަން އަދި ވަކި ފަރާތަކަށް ނުޖެހި މަސައްކަތްކުރާ ޝަރުއީ ނިޒާމެކެވެ.

ޑޯރިސްގެ ދަތުރުގައި އޭނާ ވަނީ ގުޅިފައިވާ އިދިކޮޅު ޕާޓީތަކުގެ އިސް ބައެއް ބޭފުޅުންނާއި ފޮރިން ސެކްރެޓަރީ އަހުމަދު ސަރީރުއާ ބައްދަލު ކުރައްވައި ރާއްޖޭގެ ހާލަތާ މެދު މަޝްވަރާ ކުރައްވައިފަ އެވެ.

ފޮރިން މިނިސްޓްރީން ބުނީ ޑޯރިސްއާ އެކު ބޭއްވި ބައްދަލުވުމުގައި ދެ ގައުމުގެ ގުޅުމާއި ކައުންޓަ ޓެރަރިޒަމާއި މޫސުމަށް އަންނަ ބަދަލުތަކާއި ހިއުމަން ޓްރެފިކިންގެ މައްސަލަތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރި ކަމަށެވެ. އޭގެ އިތުރު ތަފްސީލެއް ފޮރިން މިނިސްޓްރީން ހާމައެއް ނުކުރެ އެވެ.

ޑޯރިސް، އިދިކޮޅު ޕާޓީތަކުގެ އިސް ބޭފުޅުންނާ ބައްދަލު ކުރައްވަނީ.

ޑޯރިސް، އިދިކޮޅު ޕާޓީތަކުގެ އިސް ބޭފުޅުންނާ ބައްދަލު ކުރައްވަނީ.

ރާއްޖޭގެ ކޯޓުތަކުގައި ހުރި މައްސަލަތަކުގެ ތެރެއަށް ސިޔާސީ ބޭފުޅުން ވަދެ، ކޯޓުތަކުގެ ނިންމުންތަކާ ނުބެހުމަށް ޑޯރިސް މީގެ ކުރިން ވަނީ ގޮވާލައްވައިފަ އެވެ. އޭރު އޭނާ ވިދާޅުވެފައި ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި ސިޔާސީ ލީޑަރުންނާއި އެހެނިހެން ބޭފުޅުން ހައްޔަރުކޮށް، ސީރިއަސް ތުހުމަތުތަކެއް ކުރަމުން ދާ ކަމަށެވެ. އަދި އެބޭފުޅުންގެ ހައްގުތައް ހިމާޔަތް ކުރެވެން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.