12 ޖޫން 2018
އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީ މިހާރު އޮތް ހާލަތަށް ބަލާއިރު، ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިޚާބަށް އެ ޕާޓީގެ ކެންޑިޑޭޓަކު ނެރުމަކީ ނާދިރު ކަމެއް ކަމަށް ހޯމް މިނިސްޓަރު އަހްމަދު އަޒްލީން ރޭ ވިދާޅުވެއްޖެ އެވެ.
އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީ މިހާރު އޮތް ހާލަތަށް ބަލާއިރު، ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިޚާބަށް އެ ޕާޓީގެ ކެންޑިޑޭޓަކު ނެރުމަކީ ނާދިރު ކަމެއް ކަމަށް ހޯމް މިނިސްޓަރު އަހްމަދު އަޒްލީން ރޭ ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ސިޔާސީ މަސްރަހާ ގުޅޭ ގޮތުން، ދައުލަތުގެ މީޑިއާ، ޕީއެސްއެމްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ އިންތިޚާބަށް އެކުގައި އޮތް ކަމަށް ބުނާ އިދިކޮޅު ކޯލިޝަނުން އެއް ބަޔަކު އަނެއް ބަޔަކަށް ކޯޅި، އަމިއްލަ މަސްލަހަތުތައް ކުރިއަށް ނެރޭ ތަން ފެންނަ ކަމަށެވެ. އިދިކޮޅު އެއް ކެންޑިޑޭޓަކު ކަނޑަނޭޅި ޚިޔާލު ތަފާތުވުންތައް އުފެދިފައިވާ ކަން ފާހަގަކުރައްވައި، މިނިސްޓަރު ވިދާޅުވި ގޮތުގައި، ކޯލިޝަން މިހާރު ފެންނަނީ ވަކިވެފައިވާ ބައެއްގެ ގޮތުގަ އެވެ.
އެކަން އެގޮތަށް މެދުވެރިވާން ދިމާވި އެއް ސަބަބަކީ އެމްޑީޕީން އަމަލުކުރި ގޮތް ކަމަށާއި ރިޔާސީ ކެންޑިޑޭޓަކު ނެރުމުގެ މަސައްކަތް އެމްޑީޕީން ފެށީ ގޯސްކޮށް ކަމަށް ވިދާޅުވި އެވެ. ކޯލިޝަންގެ އެހެން ބައިވެރިންނަށް އެންގުމަކާ ނުލައި އެމްޑީޕީން އަމަލު ކުރަމުން އައީ، ދެން ތިބި ޕާޓީތަކަށް ގަބޫލުކުރެވޭ އުސޫލަކުން ނޫން ކަމަށް އަޒްލީން ވިދާޅުވި އެވެ.
"ޚާއްސަ ގޮތެއްގައި އެއް ކެންޑިޑޭޓަކު އެކަހެރި ކޮށްލާފައި، މި ފަހަރު ރިޔާސީ އިންތިހާބަށް އެމްޑީޕީގެ ކެންޑިޑޭޓަކު ނެރުމަކީ ވަރަށް ނާދިރު ކަމެއްގެ ގޮތުގައި އަޅުގަނޑަށް ފެންނަނީ. އެއީ، އެއަށް ވުރެ ސިޔާސީ ގޮތުން އެ ބޭފުޅުންގެ މުށް ބާރު،" ހޯމް މިނިސްޓަރު ވިދާޅުވި އެވެ.
އަޒްލީން ވިދާޅުވީ ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރި މައްސަލައިގައި އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމާ ހެދި އިންތިހާބުގައި ވާދަކުރެއްވުމުގެ ގާނޫނީ ފުރުސަތު ގެއްލިފައިވާ ކަން ނަޝީދާއި އެ ޕާޓީގައި ދެން ތިއްބެވި ބޭފުޅުން ވެސް އެނގިވަޑައިގަންނަވާ ކަމަށެވެ.
"ވަރަށް ބޮޑު ގާނޫނީ އަރަތަކަށް ވާނެ ދެއްތޯ، ގާނޫނީ ގޮތުން ތަންފީޒުކުރަންޖެހޭ ބޮޑު މާސިންގާ ހުކުމެއް އޮތް ބޭފުޅަކު ރިޔާސީ އިންތިހާބަށް ނުކުތުމަކީ. އެއީ ބުއްދި ގަބޫލުކުރާ ކަމެއް ނޫން ކަން ދިވެހިރައްޔިތުންނަށް ގަބޫލުކުރޭ. ހަމަ އެމްޑީޕީގެ ތެރެއިން ވެސް ހެޔޮ ވިސްނޭ ބޭފުޅުންނަށް ގަބޫލުކުރެވޭނެ، ރައީސް ނަޝީދަށް ނުނިކުމެވޭނެ ކަން،" އަޒްލީން ވިދާޅުވި އެވެ.
ހޯމް މިނިސްޓަރު އަޒްލީން: އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަކީ ބޮޑު ޖަރީމާއެއް ކަމަށް ވިދާޅުވި. -- މިހާރު ފޮޓޯ
އޭނާ ވިދާޅުވި ގޮތުގައި ރައީސް ނަޝީދު ނޫން ބޭފުޅަކު ރިޔާސީ ކެންޑިޑޭޓަކަށް އެމްޑީޕީން ނެރޭ ދުވަހަކީ ނަޝީދަށް އެ ޕާޓީގައި އޮތް ސިޔާސީ ހައިސިއްޔަތު ގެއްލިގެން ދާނެ ދުވަހެކެވެ. އުމުރުފުޅުން 50ގެ އަހަރުތައް ހޭދަކުރައްވާ ނަޝީދުގެ ސިޔާސީ ހަޔާތްޕުޅު ނެތިވެދާނެ ފަދަ ކަމެއް ކުރައްވަން، އެ މަނިކުފާނު ދޫދެއްވަން ތައްޔާރު ނޫން ކަމަށް ވެސް އަޒްލީން ވިދާޅުވި އެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އަށް އިޝާރާތް ކުރައްވައި ވިދާޅުވީ، ފުޅިތަކާއި ފޮށި އާއި ގުޅި އާއި ކޮންކްރީޓް މެޝިން ފަދަ ތަކެއްޗަށް ވޯޓުލައިގެން ބޭއްވީ ކޮން ކަހަލަ އިންތިޚާބެއްތޯ ސުވާލު އުފެދޭ ކަމަށެވެ. މިނިވަންކަމާ އެކު ބާއްވާ އިންތިހާބުތަކުގެ އުސޫލްތަކަކީ އެއީތޯ މިނިސްޓަރު ސުވާލު ކުރެއްވި އެވެ.
"އެއީ، ޑިމޮކްރަސީ އަށް ކުރި ބޮޑު މަލާމާތެއް، ބޮޑު ފުރައްސާރައެއް. އެއީ، އެ ބޭފުޅުން ޕްރައިމަރީއެއް ބާއްވަން ވެސް ކުރެއްވި ކަމެއް ނޫން،" އަޒްލީން ވިދާޅުވި އެވެ.
މިނިސްޓަރު އެހެން ވިދާޅުވި އިރު، އެމްޑީޕީގެ ޕްރައިމަރީގައި އެ ގޮތަށް އަމަލުކުރީ، ކޯޓު އަމުރެއް ނެރެ ފުލުހުން ފޮނުވައިގެން އެމްޑީޕީގެ ވޯޓު ފޮށިތައް އަތުލަން ފެށުމުންނެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ރާއްޖޭގައި މިހާތަނަށް ޑިމޮކްރެޓިކް ޕްރައިމަރީއެއް ބާއްވާފައި ވަނީ ވެރިކަން ކުރާ ޕީޕީއެމުން (2013 ވަނަ އަހަރު) އެވެ. ދެ ޕާޓީގެ ޕްރައިމަރީގެ ތަފާތު ދައްކަވަމުން ވިދާޅުވީ، އެމްޑީޕީގެ ޕްރައިމަރީގައި ނަޝީދާ ވާދަ ކުރައްވަން އެ ޕާޓީގެ އެހެން އެއްވެސް ބޭފުޅަކަށް ކެރިވަޑައެއް ނުގެންނެވި ކަމަށެވެ.
އެހެންކަމުން އެމްޑީޕީން ބޭއްވީ، މިނިސްޓަރު ވިދާޅުވި ގޮތުގައި، ފެންނަ، ނުފެންނަ ވޯޓެކެވެ. އެ ޕްރައިމަރީ ބޭއްވީ ގާނޫނާ ޚިލާފަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ގާނޫނާ ޚިލާފު ބޮޑު މާސިންގާ ޖަރީމާއެއް. ކީއްކުރައްވަން ކުރެއްވި ކަމެއްތޯ އެއީ. ކުރިމަތިލެއްވޭ ބޭފުޅަކަށް ފުރުސަތު ދިނުން، ޑިމޮކްރަސީއަކީ އެއީ ދެއްތޯ؟،" އަޒްލީން ވިދާޅުވި އެވެ.
އަޒްލީން ވިދާޅުވީ ނަޝީދަށް ކުރިމަތި ނުލެއްވޭތީވެ، އިންތިގާލީ ސަރުކާރެއްގެ ވާހަކަ އެމްޑީޕީން ދައްކަމުން އަންނަ ކަމަށާއި އެކަން އެއީ ރާއްޖޭގެ ދުސްތޫރީ ހަމަތަކުގެ މަތިން ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އިރުއިރުކޮޅާ އިންތިހާބު ބޭއްވުމަކީ ރާއްޖޭގެ ބަޖެޓު ވެސް ތަންދޭ ކަމެއް ނޫން ކަމަށާއި އެ ފަދަ ވިސްނުންތަކަށް ވެސް ޖާގައެއް ނެތް ކަމަށް ވިދާޅުވި އެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބު ކުރިއަށް ގެންދަނީ އޮމާންކަމާއި އަމާންކަމާ އެކު ކަމަށާއި ހަމަނުޖެހުން ނަގާލައި ޖަރީމާ ހިންގަން ފުރުސަތު ނުދޭނެ ކަމަށް ވިދާޅުވި އެވެ. އިންތިހާބުގެ ތެރޭގައި ގާނޫނާ ޚިލާފު އަމަލު ހިންގާ ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމަށް ވެސް އަޒްލީން ވިދާޅުވި އެވެ.
ހަރުކަށި ފިކުރާ ދެކޮޅަށް ނަޝީދުގެ ވަރުގަދަ މެސެޖެއް!
ހަސަންގެ ވިސްނުމަށް ނަޝީދު ވެސް ތާއީދު!
ކެތްތެރިކަން އިސްކުރަންޖެހޭ: އިމްރާން
ވެރިކަން ކުރުމުގެ ގާބިލް ކަމެއް އިބޫގެ ނެތް: އަޒްލީން
ޓެރަރިޒަމްގެ ގާނޫނު އުވާލާ ނިޔަތާ މެދު ސުވާލު އުފެދޭ
"ވަކި ދައުލަތެއްގެ މަޝްވަރާއަކީ ބަޣާވާތުގެ ރޭވުމެއް"
އެމްޑީޕީން ރައީސްގެ ވާހަކަފުޅުގެ މާނަ އޮޅުވައިލީ
މި މޮޅަކީ ރައީސްގެ ވަރުގަދަ ފެށުމެއް!
ވޯޓު ފޮށި ފަޅާލައިގެން ހައްޔަރުކުރީ ޕީޕީއެމް މީހެއް!
އިންޑިއާގެ ދިފާއުގައި "ބާކީ ނުވޭ" ކެމްޕެއިނެއް!