10 ޖޫން 2018
ސީރިޔާގެ ދާޚިލީ ހަނގުރާމައިގައި ސީރިޔާ ސަރުކާރަށް ވާގިވެރިވުމަށް އެ ގައުމަށް ގޮސް ތިބި އީރާންގެ ހަނގުރާމަވެރިން، ސީރިޔާ ސިފައިންގެ ޔުނީފޯމްގައި ހަނގުރާމަ އަށް ނުކުންނަ ގޮތަށް ސީރިޔާގެ އަސްކަރިއްޔާ އިން ނިންމައިފި އެވެ.
ސީރިޔާގެ ދާޚިލީ ހަނގުރާމައިގައި ސީރިޔާ ސަރުކާރަށް ވާގިވެރިވުމަށް އެ ގައުމަށް ގޮސް ތިބި އީރާންގެ ހަނގުރާމަވެރިން، ސީރިޔާ ސިފައިންގެ ޔުނީފޯމްގައި ހަނގުރާމަ އަށް ނުކުންނަ ގޮތަށް ސީރިޔާގެ އަސްކަރިއްޔާ އިން ނިންމައިފި އެވެ.
ސީރިޔާގެ އަސްކަރިއްޔާ އިން މި ގޮތަށް ނިންމީ، އެ ގައުމުގައި އުޅޭ އީރާންގެ ހަނގުރާމަވެރިންނަށް އިޒްރޭލު ސިފައިން ހަމަލާދޭތީ، އީރާން ސިފައިންނަށް ލިބޭ ގެއްލުން ކުޑަކުރުމަށެވެ. ސީރިޔާ އާއި އިޒްރޭލު ގުޅޭ ސަރަހައްދީ ރޮނގު ކައިރިން ސީރިޔާގެ ތެރޭގައި އުޅޭ އީރާންގެ ހަނގުރާމަވެރިންނަށް އިޒްރޭލުގެ އަސްކަރީ މަތިންދާބޯޓުތަކުން ދޭތެރެ ދޭތެރެ އިން ހަމަލާދެ އެވެ.
ސީރިޔާ އާއި އިޒްރޭލު ގުޅޭ ސަރަހައްދީ އިމުގައި އޮންނަ ގޯލާންގެ އުސް ބިންތަކުގައި، އީރާންގެ ހަނގުރާމަވެރިން އުޅޭ ނަމަ، އިތުރު އިންޒާާރަކާ ނުލައި ހަމަލާ ދޭނެ ކަމަށް އިޒްރޭލުން ވަނީ އިންޒާރު ކޮށްފަ އެވެ. އަދި އެ ސަރަހައްދު ވަރަށް ރަނގަޅަށް ބަލަހައްޓަމުން ދާނެ ކަމަށް ވެސް އިޒްރޭލުން ބުނެ އެވެ.
އެމެރިކާގެ ބައެއް ނޫސްތައް ބުނާ ގޮތުގައި ސީރިޔާ އަށް ގޮސް ތިބި، ލުބްނާންގެ ހިޒްބުﷲ ޖަމާއަތުގެ ހަނގުރާމަވެރިންނާއި އީރާންގެ ހަނގުރާމަވެރިން ވެސް މިހާރު އުޅެނީ، ސީރިޔާ ސިފައިންގެ ޔުނީފޯމްގަ އެވެ. އަދި އެމީހުން ދަތުރުކުރާ އުޅަނދުތަކުގައި ހުންނަނީ ސީރިޔާގެ ދިދަ ނަގައިފަ އެވެ.
ގޯލާންގެ އުސް ބިންތަކުގެ ތެރޭގައި އީރާންގެ ހަނގުރާމަވެރިންތަކެއް ސީރިޔާ ސިފައިންގެ ޔުނީފޯމްގައި އުޅެނިކޮށް ފެނިފައިވާ ކަމަށް ސީރިޔާގެ އިދިކޮޅު ފަރާތްތަކުން ވެސް ބުނެ އެވެ.
ސީރިޔާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިގައި ސީރިޔާ ސަރުކާރަށް ވާގިވެރިވުމަށް، އީރާންގެ ހަނގުރާމަވެރިންނާއި ހިޒްބުﷲގެ ހަނގުރާމަވެރިންގެ އިތުރުން، އިރާގާއި އަފްޣާނިސްތާނުގެ ހަނގުރާމަވެރި ޖަމާއަތްތައް ވެސް ބައިވެރިވަމުންދެ އެވެ.
ސީރިޔާގެ ދާޚިލީ ހަނގުރާމައިގައި ދުނިޔޭގެ ބޮޑު ދެ ބާރު ކަމަށްވާ އެމެރިކާ އާއި ރަޝިޔާ ވެސް ބައިވެރިވެ އެވެ. ރައީސް ބައްޝާރުލް އަސަދުގެ ވެރިކަން ވައްޓާލުމަށް ހަނގުރާމަކުރާ އިދިކޮޅު ޖަމާއަތްތަކަށް އެމެރިކާ އާއި ވިލާތުގެ ގައުމުތަކުން ވާގިވެރިވަމުންދާ އިރު، ރަޝިޔާ އާއި އީރާނުން ވާގިވެރިވަމުން ދަނީ ބައްޝާރުލް އަސަދުގެ ސަރުކާރަށެވެ.
މި ހަނގުރާމައިގައި އެތައް ހާސް ބަޔަކު މަރުވެފައިވާ އިރު، އެތައް ލައްކަ ބަޔަކު ވަނީ ޒަޚަމްވެފަ އެވެ. އަދި ސީރިޔާގެ ބޮޑެތި ހުރިހާ ސަހަރުތައް އެކުގައި ހެން ސުންނާފަތި ވެފައިވާ އިރު، އެތައް މިލިއަން ބަޔަކު ވަނީ އެ ގައުމު ދޫކޮށް ރެފިއުޖީންގެ ގޮތުގައި އަވައްޓެރި ގައުމުތަކަށް ހިޖުރަ ކޮށްފަ އެވެ.
ހަމަ ހިލާ ގޯލާން ދޫކޮށެއް ނުލާނަން: ނަފްތާލީ
ބައްޝާރު ވެއްޓުނީ އިޒްރޭލުގެ ސަބަބުން: ނަތަންޔާހޫ
ކޮންސިއުލޭޓް ހަމަލާގެ ވާހަކަ އިޒްރޭލުން ދައްކައިފި
އިޒްރޭލު އެމްބަސީތަކަށް އީރާންގެ އިންޒާރެއް
ސީރިއާގެ އީރާން ކޮންސިއުލޭޓަށް ބޮން އަޅައިފި
ނޯވޭގެ ޓޭންކަރަކަށް ހޫތީންގެ މިސައިލް ހަމަލާއެއް
އިޒްރޭލަށް ދާ ކޮންމެ ބޯޓަކީ އަހަރެމެންގެ އަމާޒެއް
ގާޒާ ހަނގުރާމަ ފުޅާވެދާނެ، އީރާން ތައްޔާރު
އެމެރިކާގެ އެންމެ ބޮޑު ނިއުކްލިއާ ސަބްމެރިން އިޒްރޭލަށް
އަހަރެމެން މިތިބީ ހަނގުރާމައިގެ ތެރޭގައި: ހިޒްބުﷲ