Roadha Mihaaru
"ވޯޓުން އެނގުނީ ކަންކަން އިސްލާހު ކުރަންޖެހޭ ކަން"

އދ ގައި ނެގި ވޯޓުގެ ނަތީޖާއިން އެނގުނީ ރާއްޖޭގެ ކަންކަން އިސްލާހު ކުރަން ޖެހިފައިވާ ކަން: ދުންޔާ

09 ޖޫން 2018

އދ. ގެ ސަލާމަތީ މަޖިލީހަށް މެމްބަރުން ހޮވުމަށް އިއްޔެ ނެގި ވޯޓުގެ ނަތީޖާއިން އެނގެނީ ރާއްޖޭގެ ކަންކަން އިސްލާހު ކުރަން ޖެހިފައިވާ ކަން ކަމަށް ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އދ. ގެ ސަލާމަތީ މަޖިލީހަށް މެމްބަރުން ހޮވުމަށް އިއްޔެ ނެގި ވޯޓުގެ ނަތީޖާއިން އެނގެނީ ރާއްޖޭގެ ކަންކަން އިސްލާހު ކުރަން ޖެހިފައިވާ ކަން ކަމަށް ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެ އެވެ.

އދ. ގެ ސަލާމަތީ މަޖިލީހަށް ދެ އަހަރަށް އިންތިޚާބުކުރާ މެމްބަރުކަމުގެ ގޮނޑި ރާއްޖެއާ ވާދަކޮށް އިންޑިނީޝިއާ އިން ކާމިޔާބުކުރީ ބޮޑު ތަފާތަކުންނެވެ. އދ. ގެ އާންމު މަޖިލީހުގައި ނެގި ސިއްރު ވޯޓުގައި އިންޑޮނީޝިއާ އަށް 144 ވޯޓު ލިބުނުއިރު، ރާއްޖެއަށް ލިބުނީ އެންމެ 46 ވޯޓެވެ.

މި ސަރުކާރުގެ ފުރަތަމަ ފޮރިން މިނިސްޓަރު ދުންޔާ ރޭ ކުރެއްވި ޓްވީޓެއްގައިވަނީ އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލަށް ދެވަނަ ދައުރަކަށް ރާއްޖެ ހޮވުނު ކަމަށާއި އެކަމަކު ސަލާމަތީ މަޖިލީހުގެ އިންތިޚާބުގެ ނަތީޖާއިން އެނގެނީ ރާއްޖޭގެ ކަންކަން އިސްލާހު ގިނަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަން ކަމަށެވެ. އެގޮތުން މިނިވަން ޝަރުއީ ނިޒާމެއް ހޯދުމުގެ އިތުރުން ބައިނަލްއަގްވާމީ މުޖްތަމައުގެ އިހްތިރާމް އަލުން ހޯދަން ޖެހިފައިވާ ކަމަށް ވެސް ދުންޔާގެ ޓްވީޓްގައިވެ އެވެ.

ދުންޔާގެ ޓްވީޓް

އދ. އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލަކީ އދ. ގެ ސަލާމަތީ މަޖިލިސް ފިޔަވައި ގައުމުތަކުގެ މެދުގައި އެންމެ ވާދަވެރިކަން އޮންނަ ކައުންސިލެވެ. އެ ކައުންސިލްގެ މެމްބަރު ކަމަށް ރާއްޖެ ފުރަތަމަ ހޮވުނީ 2009 ވަނަ އަހަރު 185 ގައުމުގެ ވޯޓާ އެކު އެވެ. އަދި 2013 ގައި އެ ކައުންސިލްގެ ދެވަނަ ދައުރަކަށް ރާއްޖެ ހޮވުނީ 160 އަށް ވުރެ ގިނަ ގައުމުގެ ވޯޓު ލިބިގެންނެވެ. އެ ކައުންސިލްގެ ތިން ވަނަ ދައުރަކަށް ރާއްޖެއިން ކުރިމަތިލުމަށް ފަހު މިދިޔަ އަހަރު ވަނީ ނަން އަނބުރާ އަނބުރާ ގެންގޮސްފަ އެވެ.

އދ. ގެ އެންމެ ބާރު ގަދަ ގުނަވަން ކަމަށްވާ ސަލާމަތީ މަޖިލީހުގެ މި ދައުރުގެ މެމްބަރު ކަން ހޯދުމަކީ މީގެ 10 ވަރަކަށް އަހަރު ކުރިން ފެށިގެން ރާއްޖެއިން ކުރަމުން އައި މަސައްކަތެކެވެ. އިއްޔެ ނެގި ވޯޓުގެ ނަތީޖާއާ އެކު އެކު އިދިކޮޅު ފަރާތްތަކުގެ ފާޑު ކިިޔުން ސަރުކާރަށް އަމާޒުވިޔަސް، ސަރުކާރުން ބުނަމުން ދަނީ ވޯޓު ނާކާމިޔާބު ވިޔަސް މުހިންމު ކަންކަމުގައި ރާއްޖެއިން އަބަދުވެސް ވަކާލާތު ކުރާނެ ކަމަށެވެ.