05 ޖޫން 2018
ރޯދައާ ގުޅިފައިވާ ގިނަ ކަންކަމުގެ މައްޗަށް ޑރ. މުހައްމަދު ޒާހިރު ހުސެއިން ލިއުއްވި "ރޯދައިގެ ހިޔަލު"ގައި ބުކްޝޮޕްތަކަށް މިދިއަ ހަފުތާގައި ނެރެފި އެވެ.
ރޯދައާ ގުޅިފައިވާ ގިނަ ކަންކަމުގެ މައްޗަށް ޑރ. މުހައްމަދު ޒާހިރު ހުސެއިން ލިއުއްވި "ރޯދައިގެ ހިޔަލު"ގައި ބުކްޝޮޕްތަކަށް މިދިއަ ހަފުތާގައި ނެރެފި އެވެ.
"ރޯދައިގެ ހިޔަލު"ގައި ހިމެނެނީ ކުރީގެ ދުވަހު ނޫސް "ހަވީރު"ގެ ޗެއާމަން އެ ނޫހުގައި އެކި ފަހަރު މަތިން ލިއުއްވި ރޯދައާ ބެހޭ ތަފާތު މައުލޫއުތަކެވެ. ރޯދައަށް ހަނދު ބެލުމުން ފެށިގެން ރޯދައާ ގުޅިފައިވާ އެކި ކަންކަމުގެ މައްޗަށް ޒާހިރު ވަނީ ލިއުއްވައިފަ އެވެ.
ޒާހިރުގެ މި ފޮތާ ބެހޭ ގޮތުން، "ހަވީރު"ގެ އެޑިޓަރުކަން ކުރި މޫސާ ލަތީފު ބުނީ "އެއީ ކުރިންސުރެ ޒާހިރު ބޭނުންފުޅުވި ކަމެއް" ކަމަށެވެ.
"އޭރު ޒާހިރު ކޮންމެ ރޯދަމަހެއްގައި ކަހަލަ ގޮތަކަށް ކުދިކުދި ލިއުއްތަން ލިއުއްވާނެ. ދެން ފަހުން ވިދާޅުވާނެ ފޮތެއްގެ ގޮތުގައި ނެރެން ބޭނުމޭ. އެކަމަކު އެކަން އޭރު ނުވެ އޮތީ."
މޫސަ ބުނި ގޮތުގައި ޒާހިރުގެ ލިއުންތަކުގެ ހާއްސަ ކަމަކީ ކުރުކޮށް ބުނެދެއްވާފައި އޮތުމެވެ. ކިއުންތެރިންގެ ޝައުގުވެރިކަން ގެއްލިދާނެތީ މައުލޫއުތަކުގައި އެހާ ދިގުކޮށް ލިއުއްވަން ޒާހިރު ބޭނުންފުޅުނުވާނެ ކަމަށް މޫސަ ބުންޏެވެ.
"ވަރަށް ކުރުކޮށް، ވަރަށް ފަސޭހައިން ކިޔާލެވޭ ގޮތަށް އެއްޗެހި ހުންނާނީ ލިއުއްވާފައި،" މިސްރުގެ އަޒްހަރު ޔުނިވަސިޓީން ކިޔަވާ ވިދާޅުވި ޒާހިރުގެ ލިއުއްވުންތަކާ މެދު މޫސަ ބުންޏެވެ.
"ރޯދައިގެ ހިޔަލުގައި" ބަހާލައިފައި ވަނީ އަށް ބަޔަކަށެވެ. އެ އަށް ބައިގެ ތެރޭގައި ޖުމްލަ 32 މައުލޫއުއަށް ޒާހިރު ވަނީ ލިއުއްވާފަ އެވެ.
ފޮތް ނެރުއްވުމުގެ މަގުސަދެއް ކަމަށް، ފޮތުގައި ޒާހިރު ވިދާޅުވެފައި ވަނީ، "މީހުންގެ މައުލޫމާތު ތަނަވަސްކުރުމެ"ވެ.
"މި ލިއުންތައް ލުއިފޮތަކަށް އެއްކޮށްލުމުގެ ބޭނުމަކީ އެ މައުލޫއުތަކުގެ އަލީގައި އިސްލާމީ ނިޒާމް އެކުލެވިގެންވާ ގޮތުގެ އާންމު މައުލޫމާތު ގެނެސްދެވޭތޯ ބެލުމެވެ،" ފޮތުގެ ތައާރަފުގައި ޒާހިރު ލިއުއްވި އެވެ.
"އާންމުއޭ މި ދެންނެވީ އެކިއެކި ދިރާސާކުރާ ބަޔަކަށް ވުރެ އާންމުކޮށް މީހުންގެ މައުލޫމާތު ތަނަވަސްކުރުމުގެ ބޭނުމުގައި ނޫހުގެ ކިއުންތެރިންނަށް އަމާޒުކޮށް، ބަހުސެއް ނެތި ލިއެފައިވާ ލިއުންތަކަކަށް ވާތީ އެވެ."
ކުރީގެ އެޑިޔުކޭޝަން އަދި ޔޫތު މިނިސްޓަރުކަން ކުރެއްވި ޒާހިރުގެ މި ފޮތް ވިއްކައިގެން ލިބޭ ފައިސާ، ކެންސަ ސޮސައިޓީއަށް ހަދިޔާކުރައްވަން ވަނީ ނިންމަވާފަ އެވެ. ފޮތް ލިބެން ހުންނާނީ ރައުންޑް ވަން އާއި ނޮލެޖް ބުކްޝޮޕްގެ ފިހާރަތަކުންނެވެ.
ތިމަންރަސްކަލާނގެ ޤުރްއާން ރައްކާތެރި ކުރައްވާހުށީމެވެ.
އައްރަހްމާން ސޫރަތުގައިވާ ތަކުރާރުތަކުގެ ހިކުމަތް
ސޫރަތުލް ފާތިޙާގެ މާތްކަމާއި ފައިދާތައް
ލައިލަތުލްޤަދްރި ސިއްރު ކުރެއްވުމުގެ ހިކުމަތްތައް
އެތުގެ އެކުވެރިންގެ ވާހަކަ އާއި އިބުރަތްތައް 2
އެތުގެ އެކުވެރިންގެ ވާހަކަ އާއި އިބުރަތްތައް 1
ފަންސާސް ނަމާދުގެ ސަވާބު، އެކަމަކު ފަސް ނަމާދު!
ސޫރަތްތައް ފަށާފައިވާ އަކުރުތަކުގެ މާނައަކީ ކޮބާ؟
ބައެއް ސޫރަތްތައް ފެށުން އަކުރުތަކަކުން، ކީއްވެ؟
ދީނީ ކަންކަމަށް ސްކޫލް ހޯލްތައް ނުދޭތީ ކަންބޮޑުވެއްޖެ