އެޕަލް އެޕް ސްޓޯރުން ޓެލެގްރާމް ބޭރުކުރުމަށް ރަޝިޔާއިން ވަނީ އެދިފަ އެވެ. އެކަމަކު އެޕަލް އިން އަދި އެކަމެއް ނުކުރެ އެވެ. އެކަމާ ގުޅޭ ގޮތުން ރަސްމީ ޖަވާބެއް ވެސް ނުދެ އެވެ. އެހެނެއް ކަމަކު، ޓެލްގްރާމް އުފައްދާ ކުންފުނިން އެ އެޕްލިކޭޝަނަށް ފޮނުވާ އަޕްޑޭޓްތައް އެޕަލް އިން ގަސްދުގައި ލަސްކުރި އެވެ.
03 ޖޫން 2018
އެޕަލް އެޕް ސްޓޯރުން ޓެލެގްރާމް ބޭރުކުރުމަށް ރަޝިޔާއިން ވަނީ އެދިފަ އެވެ. އެކަމަކު އެޕަލް އިން އަދި އެކަމެއް ނުކުރެ އެވެ. އެކަމާ ގުޅޭ ގޮތުން ރަސްމީ ޖަވާބެއް ވެސް ނުދެ އެވެ. އެހެނެއް ކަމަކު، ޓެލްގްރާމް އުފައްދާ ކުންފުނިން އެ އެޕްލިކޭޝަނަށް ފޮނުވާ އަޕްޑޭޓްތައް އެޕަލް އިން ގަސްދުގައި ލަސްކުރި އެވެ.
ޓެލެގްރާމަކީ ރަޝިޔާގައި ބޭނުންކުރުން މަނާ އެޕްލިކޭޝަނެކެވެ. ރަޝިޔާގެ ސަލާމަތީ ބާރުތަކުން އެދުނު އެދުމަށް، ޓެލެގްރާމް އުފައްދާ ކުންފުނިން ދެކޮޅުހެދުމުން ލިބުނު އަދަބަކީ އެއީ އެވެ. ނަމަވެސް، ވީޕީއެން ސޮފްޓްވެއާތައް މެދުވެރިކޮށް ޓެލެގްރާމް ބޭނުންކުރުމަށް ހުރަހެއް ނެތެވެ.
ރަޝިޔާއިން އެދުނީ ޓެލެގްރާމް ބޭނުންކުރާ ބައެއް މީހުން އަދި ޗެނަލްތަކުން ކުރާ މުއާމަލާތްތައް އެނގޭނެ ނިޒާމެއް ފޯރުކޮށްދިނުމަށެވެ. ޓެލެގްރާމުން އެކަމެއް ނުކުރި އެވެ. ފަރުދީ މައުލޫމާތު ހާމަކުރުމަކީ ޓެލެގްރާމުން ކުރާނެ ކަމެއް ނޫން ކަމަށް ބުންޏެވެ. ޓެލެގްރާމަށް މިހާރު އަމިއްލަ ގައުމު، ރަޝިޔާގައި އޮތީ ދަތި ދުވަސްތަކެކެވެ.
ރަޝިޔާގައި ޓެލެގްރާމް ބްލޮކްކުރުމަށްޓަކައި އެޕަލް އަދި ގޫގުލް އަށް އެ ގައުމުން ސިޓީ ފޮނުވި އެވެ. އެޕް ސްޓޯރުތަކުން ޓެލެގްރާމް ނެގުމަށް އެންގި އެވެ. ރަޝިޔާ އެދުނު ގޮތަށް އެޕަލް އިން އަމަލުނުކުރުމުން މިހާރު ވަނީ އެއް މަހުގެ މުހުލަތެއް ދީފަ އެވެ. އެ މުއްދަތުގެ ތެރޭގައި އެޕް ސްޓޯރުން ޓެލެގްރާމް ނުނަގައިފި ނަމަ، މުޅި ރަޝިޔާގައި އެޕް ސްޓޯރު ބަންދުކުރާނެ ކަމަށް ބުނެ ވަނީ އިންޒާރުދީފަ އެވެ.
އެޕަލްގެ އަމަލުތަކަށް ފަހަކަށް އައިސް ބޮޑެތި ބަދަލުތައް ވަނީ ގެނެސްފަ އެވެ. ޗައިނާ އެޕް ސްޓޯރުން ވީޕީއެން އެޕްތައް ނެގުމަށް އެންގުމުން ވަނީ ތަބާވެފަ އެވެ. އަދި އެޕަލްގެ ކޯލްކިޓް ފްރޭމްވޯކް ބޭނުންހިފައި އުފައްދާ އެޕްލިކޭޝަންތައް މަނާކުރުމަށް ޗައިނާ އިން އެދުމުން އެކަން ވެސް ވަނީ ކޮށްފަ އެވެ.
ރަޝިޔާ އެޕް ސްޓޯރުން ޓެލެގްރާމް ނެގުމަށް އެ ގައުމުން އެދުނު އެދުމަށް އެޕަލް އަދި އެއްޗެއް ނުބުނެ އެވެ. އެކަމަކު ޓެލެގްރާމް އަށް ފޮނުވާ ހުރިހާ އަޕްޑޭޓެއް، ރަޝީގައި ޓެލެގްރާމް ބޭނުންކުރާ މީހުންނަށް މިހާރު ލިބޭ ކަމަށް ވެ އެވެ.
ގޫގުލް އަށް ވުރެ ވެސް ޓިކްޓޮކް މާ މަގުބޫލު
ޗައިނާ މީހުން އައިފޯން ދޫކޮށްލަފާނެ
އެޕަލް ގަޑިއެއް ނޫން، މިއީ އޮޕޯގެ ސްމާޓް ގަޑި
ވާވޭ އިން ގޫގުލް މެޕްސްއާ ވާދަކުރަނީ
ހޮންކޮންގު މުޒާހަރާ އެޕް ގޫގުލް ސްޓޯރުން ނަގައިފި
ވާވޭގެ އޮޕަރޭޓިން ސިސްޓަމަކީ "ހާމަނީއޯސް"
އިންޑިއާގައި އެޕަލް ގަދަކޮށްފި
އިންޑިއާއަށް އަދަބު ދޭން ޓްރަމްޕް ޖެއްސެވި ހިސާބު ގޯސް
ރަޝިޔާގައި ވަޓްސްއެޕާއި ޓެލެގްރާމް ކޯލް މަނާކޮށްފި
އިޒްރޭލް ކުށްވެރިކޮށް ޝީ އާއި ޕުޓިންގެ އިންޒާރެއް!