ރަޝިޔާގައި ވަޓްސްއެޕާއި ޓެލެގްރާމުން ފޯން ކޯލް ނުކުރެވޭ ގޮތް ހަދައިފި އެވެ.
ރަޝިޔާގައި ވަޓްސްއެޕާއި ޓެލެގްރާމުން ފޯން ކޯލް ނުކުރެވޭ ގޮތް ހަދައިފި އެވެ.
ރަޝިޔާގެ ދައުލަތުގެ މީޑިއާ އިން އިއްޔެ ބުނީ މިއީ ކުށުގެ އަމަލުތަކާ ދެކޮޅަށް ކުރާ މަސައްކަތުގައި ކޮންމެހެން އަޅަން ޖެހުނު ފިޔަވަޅެއް ކަމަށެވެ.
"ބޭރުގެ މި މެސެޖިން އެޕްތަކުން ކޯލް ކުރުން ހުއްޓުވުމަށް ބައެއް ފިޔަވަޅުތައް އެޅީ ކުށްވެރިންނާ ދެކޮޅަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން،" ކޮމިއުނިކޭޝަން ރެގިއުލޭޓަރީ ބޮޑީ ރޮސްކޮމްނާޑްޒޯރް އާ ހަވާލާދީ ނިއުސް އެޖެންސީތަކުން ބުންޏެވެ.
މި މެސެންޖާ އެޕްލިކޭޝަންތަކަކީ މަކަރާއި ހީލަތް ހެދުމާއި މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ އިތުރުން ރަޝިއާގެ ރައްޔިތުން ހަރުކަށި އަދި ޓެރަރިޒަމްގެ އަމަލުތަކުގައި ބައިވެރިކުރުމަށް ބޭނުންކުރާ މުއާސަލާތީ މައިގަނޑު ވަސީލަތްތަކަށް ވެފައިވާ ކަމަށް ވެސް ރޮސްކޮމްނާޑްޒޯރްގެ ބަޔާނުގައިވެ އެވެ.
ޓެލެގްރާމް ބޭނުންކޮށްގެން މީހުން ރެކްރޫޓް ކުރުމާއި ރަޝިއާގެ ތެރޭގައި ހަރުކަށި އަމަލުތައް ހިންގާ ކަމަށް ރަޝިއާގެ ސަލާމަތީ ހިދުމަތްތަކުން ޔޫކްރެއިންނަށް އަބަދުވެސް ތުހުމަތުކުރެ އެވެ.
ރަޝިޔާއިން ޓެރަރިޒަމްގެ އަމަލުތަކުގެ ގޮތުގައި ބަލާ ކަންކަން ތަހުގީގުކުރުމަށް ބޭނުންވާ ޑޭޓާ މި މެސެޖިން އެޕްތަކުން ރަޝިޔާއަށް ފޯރުކޮށްދިނުމަކީ އެ ގައުމުގެ ސަރުކާރުގެ ޑިމާންޑެކެވެ.
"ރަޝިޔާގެ ގާނޫނުތަކާ އެއްގޮތަށް އަމަލުކުރުމަށް، ބޭރުގެ މި އެޕްތަކުން އެއްބަސްވުމާ އެކު އެ އެޕްލިކޭޝަންތަކުން ކޯލް ކުރުމުގެ ހިދުމަތް އަލުން ދޭނަން،" ރަޝިޔާގެ ޑިޖިޓަލް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުންޏެވެ.
ޓެލެގްރާމުން އޭއެފްޕީއަށް ފޮނުވި ބަޔާނެއްގައި ބުނީ އެ ކުންފުނީގެ ޕްލެޓްފޯމްގެ ނާޖާއިޒު ފައިދާ ނަހަމަ ގޮތުގައި ބޭނުންކުރުމާ ދެކޮޅަށް އަބަދުވެސް މަސައްކަތްކުރާ ކަމަށާއި ހަރުކަށި ފިކުރާއި ހަމަނުޖެހުން ހިންގުމަށް ގޮވާލުމާއި މަކަރާއި ހީލަތް ހެދުން ފަދަ ކަންކަމާ ގުޅޭ އެތައް މިލިއަން ކޮންޓެންޓެއް ޓެލެގްރާމުން ނަގާ ކަމަށެވެ.
"ވަޓްސްއެޕަކީ މުއާސަލާތީ ރައްކާތެރިކަން ކަށަވަރު ކުރުމަށް، ވަކިވަކި ފަރުދުންގެ ހައްގުތަކަށް އުނިކަން އަންނަ ގޮތަށް ސަރުކާރުން ކުރާ މަސައްކަތްތަކާ ދެކޮޅު ހަދައި، މުއާސަލާތީ ރައްކާތެރިކަން ހިމާޔަތްކުރުމަށް އެންޑް ޓު އެންޑް އެންކްރިޕްޝަން ބޭނުންކުރާ ޕްރައިވެޓް ޕްލެޓްފޯމެއް. ރަޝިއާއިން އެގައުމުގެ 100 މިލިއަނަށް ވުރެ ގިނަ މީހުންނަށް މި އެޕްލިކޭޝަން ބްލޮކް ކުރަން މަސައްކަތްކުރަނީ މި ސަބަބާ ހެދި،" މެޓަ ކުންފުނީގެ ވަޓްސްއެޕްގެ ތަރުޖަމާނަކު އޭއެފްޕީ އަށް ވިދާޅުވި އެވެ.
ތަރުޖަމާނު ވިދާޅުވީ ރަޝިއާގެ 100 މިލިއަނަށްވުރެ ގިނަ މީހުން މެސެޖްކުރުމާއި ކޯލް ކުރުމަށް ވަޓްސްއެޕް ބޭނުންކުރާ ކަމަށާއި، މި ޕްލެޓްފޯމްތައް ސަރުކާރަށް މޮނިޓަކުރެވޭ ގޮތަށް ހަދަން މަސައްކަތްކުރާތީ ކަންބޮޑުވާ ކަމަށެވެ. -- އޭއެފްޕީ
މައުލޫމާތު ފޯރުކޮށްދޭން ރައީސްގެ ވަޓްސްއެޕް ޗެނަލެއް
ވަޓްސްއެޕް ޗެޓް ހިސްޓްރީ ޓެލެގްރާމަށް ގެންދެވޭނެ
ވަޓްސްއެޕާ ނުރުހި ޓެލެގްރާމްގެ މަގުބޫލުކަން ބޮޑުވަނީ
އެންކްރިޕްޓެޑް އެޕްތަކަށް އެކްސެސް ހޯދަން އެއްބަސްވުމެއް
ޓެލެގްރާމަށް ރަޝިއާ އިން އަލުން ހުއްދަ ދީފި
ޓެލެގްރާމަށް އަމިއްލަ ގައުމު ބޮޑު ބިރަކަށް
ޓެލެގްރާމް މަނާކުރަން ރަޝިޔާ އިން އަމުރުކޮށްފި
އިންޑިއާއަށް ރަޝިޔާގެ ތެޔޮ ގަންނާތީ އީޔޫގެ އިންޒާރު
ރަޝިޔާގެ ކެންސަރު ވެކްސިން ކާމިޔާބު ކަމަށް ބުނެފި
އިންޑިއާއަށް އަދަބު ދޭން ޓްރަމްޕް ޖެއްސެވި ހިސާބު ގޯސް