26 ޖުލައި 2016
ރައީސް ޔާމީންގެ ސަރުކާރާ ދެކޮޅަށް އުފައްދާފައިވާ އިދިކޮޅު އިއްތިހާދަށް ނުސީދާ ގޮތެއްގައި އެމަނިކުފާނު ރޭ ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީންގެ ސަރުކާރާ ދެކޮޅަށް އުފައްދާފައިވާ އިދިކޮޅު އިއްތިހާދަށް ނުސީދާ ގޮތެއްގައި އެމަނިކުފާނު ރޭ ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ 51 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ދިވެހި ގައުމާ މުހާތަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މިނިވަން އިސްލާމީ ގައުމެއްގެ ގޮތުގައި ރާއްޖެ އޮތުމުން އެކަމާ ހަސަދަވެރިވާ ބަޔަކު އެބަތިބި ކަމަށެވެ.
އެގޮތުން ކޮންމެ ދުވަހަކީ އިސްލާމް ދީން ނޫން އެހެން ދީންތަކަށް ޖާގަ ދޭން ސަރުކާރަށް ޕްރެޝަރު ކުރަމުން އަންނަ ދުވަހެއް ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
"ކޮންމެ ދުވަހަކީ އިސްލާމީ ޝަރީއަތް މި ގައުމުގައި ހިންގާތީ އާއި މަދަރުސާތަކުގައި ދީން ކިޔަވައިދޭތީ، ދިވެހީންނަށް ދަތި ކުރާނެކަމުގެ އިންޒާރުތައް އޮހެމުން އަންނަ ދުވަހެއް. ސުލްހަވެރިކަމާއި ރާއްޖޭގެ ރީތިކަމާއި، ކުރިއެރުން ނަގައިލުމަށް ގައުމުގެ މައްޗަށް ފާވެ، ހަސަދަވެރި ވެފައި ތިބި ހިޔާނާތްތެރީން އެބަތިބި." ރައީސް ވިދާޅުވި އެވެ.
ނޮވެމްބަރު 3، 1988 ގައި ރާއްޖެ އަށް ދިން އުދުވާނީ ހަމަލަ އިން މިސާލު ނަންގަވަމުން ރައީސް ވިދާޅުވީ "އަމިއްލަ އަށް އަރުވައިލެވިގެން ފަރަންޖީ ދައުލަތްތަކުގެ ހިމާޔަތް ހޯދައިގެން ދިވެހިންގެ ބަޔަކު" ރެޔާއި ދުވާލު ކުރަމުން ދަނީ ހަމަ އެ މަސައްކަތް ކަމަށެވެ.
ރައީސްގެ ވާހަކަފުޅުގައި އެ އިޝާރާތް ކުރެއްވީ އެމަނިކުފާނުގެ ވެރިކަން ނިމުމަކަށް ގެނެސް އިންތިގާލީ ސަރުކާރެއް ގާއިމު ކުރަން މަސައްކަތް ކުރަމުން އަންނަ އިދިކޮޅު އިއްތިހާދަށް ކަމަށް ބެލެވެ އެވެ. އިދިކޮޅު އިއްތިހާދުގެ އިސް ބައެއް ބޭފުޅުން ދިރިއުޅުއްވަމުން ގެންދަވަނީ އިނގިރޭސި ވިލާތުގަ އެވެ.
ރައީސް ވިދާޅުވި ގޮތުގައި ދިވެހިންގެ ބަޔަކު މަސައްކަތް ކުރަނީ ރާއްޖޭގެ ޓޫރިޒަމް ހުއްޓުވައި، ރާއްޖެ އަށް ލިބޭ އިންވެސްޓްމަންޓްތަކާއި މާލީ އެހީތެރިކަމަށް ހުރަސް އެޅުމަށެވެ.
ހަމައެއާއެކު ރައްޔިތުންގެ މައްޗަށް ދަތި ކުރުމުގެ ފިޔަވަޅު އަޅައި މިނިވަންކަމާ އަމިއްލަވަންތަކަމުގެ ތެރެ އަށް ބޭރުގެ ނުފޫޒުތައް ވެއްދުމަކީ އެ މީހުންގެ އަމާޒު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އެ މީހުން ބޭނުންވަނީ އިސްލާމީ އުސޫލުތަކަށް އަމަލު ކުރުން ހުއްޓުވަން ކަމަށް ވެސް އެ މަނިކުފާނު ތުހުމަތު ކުރެއްވި އެވެ.
އިދިކޮޅު އިއްތިހާދުގެ އިސްވެރިންތަކެއް އިނގިރޭސި ވިލާތުގައި. އެ ގައުމުގައި ތިއްބެވި ބޭފުޅުންގެ ތެރޭގައި ރައީސް ނަޝީދާއި އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދާއި ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް ހިމެނިވަޑައިގަންނަވާ.
އިދިކޮޅު އިއްތިހާދުގެ ލީޑަރެއްގެ ގޮތުގައި ހުންނެވީ ރައީސް ޔާމީންގެ ސަރުކާރުގެ ފުރަތަމަ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލެވެ. އޭގެ އިތުރުން އެ އިއްތިހާދުގައި އިސްކޮށް ތިއްބަވަނީ 13 އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދާއި، 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން އަބްދުﷲ އާއި 12 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމެވެ. އަދި އެ އިއްތިހާދުގެ ސްޕޯކްސްޕާސަންގެ ގޮތުގައި ހުންނެވީ ދާދި ފަހުން، 10 މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ އަހްމަދު މަހްލޫފެވެ.
ޕީޕީއެމްގެ ކަންބޮޑުވުންތައް އިނގިރޭސި ސަފީރާ ހިއްސާކޮށްފި
ރައްޔިތުންގެ ނިންމުން ތަންފީޒުވާނެކަމަށް އުއްމީދު ކުރަން
އީޔޫގެ ވަފުދާ ބައްދަލުކުރަން ސަރުކާރުން ބޭނުމެއް ނުވި
ރައީސް ޔާމީންގެ ފާޑުވިދާޅުވުން އިނގިރޭސި ވިލާތަށް
ރާއްޖެ ބަދުނާމު ކުރުން ހުއްޓާލަން ޖެހޭ: ރައީސް ޔާމީން
މަޖިލިހުގެ އަޣުލަބިއްޔަތު ސަރުކާރަށް ގެއްލޭނެ: ނަޝީދު
ރައީސް ޔާމީނާ ވާދަކުރައްވާ އިދިކޮޅު ކެންޑިޑޭޓު ކޮބާ؟
"މައުމޫނާ އެކު މަސައްކަތް ކުރުން މިވަގުތު މުހިއްމު"
މަޝްވަރާތަކާ މެދު އުއްމީދު އާވެއްޖެ: އިނގިރޭސި ސަފީރު
ރައީސް ޔާމީން ދަނީ އެކަނިވެރިވަމުން: ޑރ. ޖަމީލް