އިނގިިރޭސި ވިލާތަކީ އެހެން ގައުމުތަކުން ކަންކަން ކުރާ ގޮތް ބަލައިގެން ދަސްކުރާ ބައެއް ކަމަށާއި ރާއްޖެއިން ނަގައިދިން ފިލާވަޅުތައް ވެސް އެ ގައުމުން މިހާރު ބޭނުން ކުރަމުންދާ ކަމަށް ވިދާޅުވެ، އިނގިރޭސިންނަށް ރައީސް އަބްދުﷲ ޔާމީން މިއަދު ފާޑު ވިދާޅުވެއްޖެ އެވެ.
01 ނޮވެމްބަރ 2017
އިނގިިރޭސި ވިލާތަކީ އެހެން ގައުމުތަކުން ކަންކަން ކުރާ ގޮތް ބަލައިގެން ދަސްކުރާ ބައެއް ކަމަށާއި ރާއްޖެއިން ނަގައިދިން ފިލާވަޅުތައް ވެސް އެ ގައުމުން މިހާރު ބޭނުން ކުރަމުންދާ ކަމަށް ވިދާޅުވެ، އިނގިރޭސިންނަށް ރައީސް އަބްދުﷲ ޔާމީން މިއަދު ފާޑު ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީން މިހާރު އަތޮޅުތެރެ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ފ. ނިލަންދު އަށް ހަވީރު ވަޑައިގެން އެ ރަށުގައި ބޭއްވި ޖަލްސާގައި ވިދާޅުވީ އިނގިރޭސިންނަކީ އަބަދުވެސް ވަރަށް ގިނަ ކަންކަން އީޖާދު ކުރާ ބައެއް ކަމަށާއި އެކަމަކު އެ މީހުންނަށް ވުރެ ކުދި ގައުމުތަކުން އެ މީހުންނަށް ވުރެ މޮޅަށް އެ ކަންކަން ކުރާ ކަމަށެވެ.
"އެ އޮތް ބޮޑު ދައުލަތަށް، އެ އޮތް ބޯޑު އެމްޕަރާ އަށް އިރުއޮއްސިއްޖެ." އިނގިރޭސިން ދުނިޔޭގެ ބޮޑު ބާރެއްގެ ގޮތުގައި އޮތްއިރު، އެ ގައުމުގެ ދިދަ އަށް އިރުއޮއްސުމެއް ނެތް ކަމަށް އެ މީހުން ބުނެ އުޅުނު އުޅުމަށް އިޝާރާތް ކުރައްވައި، ރައީސް ޔާމީން ވިދާޅުވި އެވެ.
މާ ގިނަ ފިލާވަޅުތަކެއް އިނގިރޭސިން އަތުން ރާއްޖެ ހޯދަން ނުޖެހޭކަން ފާހަގަކުރައްވަމުން، ރައީސް ޔާމީން ވިދާޅުވީ ރާއްޖެ އިން ދަސްކޮށްދިން ފިލާވަޅުތައް އިނގިރޭސިން މިހާރު ނަގަމުން އަންނަ ކަމަށެވެ. އޭގެ މިސާލެއްގެ ގޮތުން އެމަނިކުފާނު ނެންގެވީ ރާއްޖެ ކޮމަންވެލްތުން ވަކިވެފައި ވަނިކޮށް އިނގިރޭސި ވިލާތުން ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ވަކިވުމެވެ. އަދި އދ. ގެ ވޯކިން ގްރޫޕްގެ ނިންމުން ރާއްޖެ އިން ބަލައިނުގެންފައި ވަނިކޮށް، އިނގިރޭސި ވިލާތާ ގުޅުން ހުރި މައްސަލައެއް އެ ގްރޫޕުން ނިންމުމުން އެ ނިންމުން ބަލައިގަތުމަށް އެ ގައުމުން ވެސް ދެކޮޅު ހެދި ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ
"އެހެންވީމަ އިނގިރޭސިންނަކީ ހަގީގަތުގައި މިކަހަލަ ވަރަށް ގިނަ ކަންތައް ދުނިޔޭގެ އެހެން ގައުމުތަކުން ދަސްކުރަން އުޅޭ ބައެއް. އަޅުގަނޑުމެންނަކީ ކުޑަ ގައުމެއް. އެހެން ނަމަވެސް އަޅުގަނޑުމެންނަކީ ހޭލުންތެރިކަމާ އެކީ ދުނިޔޭގެ ސަފުތަކުގައި ފައި ހަމަ ކުރަން މަސައްކަތް ކުރާ ބައެއް." ރައީސް ޔާމީން ވިދާޅުވި އެވެ.
ރާއްޖެެ އިން ފަށައިގެން އުޅެނީ ޑިމޮކްރަސީ ހަރުދަނާ ކުރުމަށް ދިގު ދަތުރެއް ކަމަށާއި ތިން ބާރު ވަކިކޮށް، މުއައްސަސާތަކެއް އުފައްދާ ބާރުތަކެއް ދީފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އެހެން ނަމަވެސް ޑިމޮކްރަސީގެ ބައެއް އުސޫލުތައް ގަބޫލުކުރަން ބައެއް ލީޑަރުން ދެކޮޅު ހަދަމުންދާ ކަމަށް ވިދާޅުވި އެވެ. ޖިނާއީ އަދުލުގެ ނިޒާމުގައި ހަމަހަމަ ކަން އޮންނަން އިދިކޮޅު ލީޑަރުން ބޭނުންނުވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"ޑިމޮކްރަސީގެ އޮންނަ އުސޫލާ އެއްގޮތަށް ކަންކަން ކުރާ ނަމަ އެންމެ ފުރަތަމަ ވެސް މި އޮންނަނީ އިސްލާމްދީނުގައި މިއޮންނަ މަތިވެރި މާތް އުސޫލު. ޖިނާއީ އަދުލުގެ ނިޒާމުގެ ކުރިމަތީގައި އެންމެންނަކީ ހަމަހަމަ ބައެކޭ. ކުށެއް ކޮށްފި ކަމަށް ވަންޏާ އެ ކުށުގެ ހައްގު އަދަބު ކޮންމެ މީހަކަށް ވެސް ލިބެންޖެހޭ،" ރައީސް ވިދާޅުވި އެވެ.
އީޔޫގެ ވަފުދާ ބައްދަލުކުރަން ސަރުކާރުން ބޭނުމެއް ނުވި
ޕީޕީއެމްގެ ކަންބޮޑުވުންތައް އިނގިރޭސި ސަފީރާ ހިއްސާކޮށްފި
ޗައިނާއާ ބެހޭ ނަމަ ދިވެހިންނަށް ހިތިވާނެ: ޝިޔާމް
ކޮމަންވެލްތާ ގުޅެން ލިއުންތައް ހުށަހަޅައިފި
ރައްޔިތުންގެ ނިންމުން ތަންފީޒުވާނެކަމަށް އުއްމީދު ކުރަން
އީޔޫގެ ނިންމުމަށް ޔޫކޭ އިން އަމަލުކުރަން ފަށައިފި
އީޔޫގެ ވަރުގަދަ އިންޒާރު: މިއީ ކުޑަ ކަމެއް ނޫން!
ޕީޕީއެމްގެ ހަރަކާތްތަކުން ޚަލީލް "ގެއްލިއްޖެ"!
އަދާލަތު ހިއްސާވާ ސަރުކާރެއްގައި ގަތަރުގެގުޅުން އޮންނާނެ
ރާއްޖޭގެ ކަންކަމަށް އިނގިރޭސިވިލާތުން ހައްލެއް ނުލިބޭނެ