Roadha Mihaaru
"ރޯދައިގެ އެކުވެރިޔާ"ގެ ނަމުގައި ދިރާގުން އެޕެއް

ރޯދަ މަހަށް ޚާއްސަ ކޮށްގެން ދިރާގުން "ރޯދައިގެ އެކުވެރިޔާ"ގެ ނަމުގައި އެޕެއް ތައާރަފް ކޮށްފި

31 މެއި 2018

"ރޯދައިގެ އެކުވެރިޔާ"ގެ ނަމުގައި ދިރާގުން ޚާއްސަ އެޕްލިކޭޝަނެއް ތައާރަފް ކޮށްފި އެވެ.

"ރޯދައިގެ އެކުވެރިޔާ"ގެ ނަމުގައި ދިރާގުން ޚާއްސަ އެޕްލިކޭޝަނެއް ތައާރަފް ކޮށްފި އެވެ.

ރޯދަ މަހަށް ބޭނުންވާ ގިނަ މައުލޫމާތުތަކެއް ހިމެނޭ ގޮތަށް ތައާރަފު ކުރި އެޕް "ރަމަޒާންއެމްވީ"ގެ ނަމުގައި އެޕަލް ސްޓޯރު އަދި ގޫގުލް ޕްލޭ ސްޓޯރުން މިހާރު ޑައުންލޯޑް ކުރެވޭނެ އެވެ.

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ޑިޖިޓަލް ޚިދުމަތް ދޭ އަދި އެންމެ ދުވަސްވީ ޓެލެކޮމް ކުންފުނިން ބުނީ، ރޯދަ މަހަށް ޚާއްސަ އެޕެއް ނެރުނީ ޑިޖިޓަލް ޕްލެޓްފޯމަކުން ރޯދަ މަހަށް ބޭނުންވާ ގިނަ މައުލޫމާތުތަކެއް ފޯރުކޮށްދިނުމަށް ކަމަށެވެ. އެގޮތުން "ރޯދައިގެ އެކުވެރިޔާ" އެޕް މެދުވެރިކޮށް ދީނީ މައުލޫމާތާއި ނަމާދު ގަޑިތަކުގެ ނޮޓިފިކޭޝަނާއި ރެސިޕީ އާއި އިފްތާރު މެނިއު އާއި މާރުކޭޓުގެ އަގުތަކުގެ އިތުރުން ދިރާގުން ހިންގާ ސްޕެޝަލް ޕްރޮމޯޝަންތަކުގެ މައުލޫމާތު ލިބޭނެ އެވެ.

އެޕުން ކުރެވޭ ކަންތައްތައް:

- ނަމާދު ވަގުތުތައް އަންގައިދިނުން: މާލޭގެ އިތުރުން ހުރިހާ ރަށްރަށެއްގެ ނަމާދުގަޑިތައް ވެސް ފެންނާނެ.

- ޑިޖިޓަލް ޝެއިހް: ތަފާތު ދީނީ މައުލޫމާތުތައް، ކޮންމެ ދުވަހަކު ވެސް ލިބޭނެ.

- ފިތުރު ޒަކާތް: ދިރާގު ޕޭ މެދުވެރިކޮށް ފިތުރު ޒަކާތް ދެއްކޭ ގޮތް ހެދުމުން މިހާރު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ވެސް ޒަކާތް ދެއްކޭނެ.

- ދިވެހިންގެ ރޯދަ ވީޑިއޯސް: ދިރާގުން ތައްޔާރު ކޮށްފައި ހުންނަ، ދިވެހި ކެއްކުންތަކުގެ ވީޑިއޯ މި އެޕް މެދުވެރިކޮށް ބެލޭނެ.

- ރެސިޕީ: މި ސެކްޝަނުން ފެންނާނީ މަޝްހޫރު ރެސްޓޯރެންޓުތަކާއި ޝެފުންގެ ރެސިޕީތައް.

- އިފްތާރު މެނިއު އަދި ރެސްޓޯރެެންޓްސް: ރެސްޓޯރެންޓްތަކާއި ކެފޭތަކަށް އެ ތަންތަނުން ރޯދަ ވީއްލަން ޚާއްސަ މެނިއު ތައް އެޕަށް އަޕްލޯޑު ކުރެވޭނެ.

- މާރުކޭޓުގެ އަގުތައް: އާންމުކޮށް ބޭނުންކުރާ ސާމާނާއި، ކާނާގެ ބާވަތްތަކުގެ އިތުރުން ތަރުކާރީ އާއި މޭވާގެ އަގުތައް އެޕުން ބަލާލެވޭނެ.

- ދިރާގުގެ ޚަބަރުތައް: ދިރާގުން ހިންގާ ޕްރޮމޯޝަން ތަކާއި އެންމެ ފަހުގެ ޚިދުމަތްތަކާ ގުޅޭ މައުލޫމާތުތައް.

އެޕް ބޭނުން ކުރަން، އިންޓަނެޓް ކަނެކްޝަން ބޭނުންވާ ކަމަށާއި ނަމަވެސް އިންޓަނެޓް ކަނެކްޝަން ނެތް ނަމަވެސް ނަމާދު ގަޑިތަކުގައި ނޮޓިފިކޭޝަން ލިބޭނެ ކަމަށް ވެސް ދިރާގުން ބުނެ އެވެ.

"ރޯދައިގެ އެކުވެރިޔާ" އެޕް މެދުވެރިކޮށް، "ދިރާގު ޕޭ" ގެ ކަސްޓަމަރުންނަށް ފަސޭހަކަމާ އެކު ފިތުރު ޒަކާތް ދެއްކޭނެ ގޮތް ވެސް ވަނީ ހަމަޖައްސައިފަ އެވެ. އެހެންކަމުން، ދިރާގު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ވެސް މިހާރު ދިރާގު މެދުވެރިކޮށް ފިތުރު ޒަކާތް ދެއްކޭނެ އެވެ.