16 މެއި 2018
ބޮޑެތި އިނާމުތަކާއި ގިނަ ހިދުމަތްތަކެއް ހިލޭ ލިބޭގޮތަށް ދިރާގުން ރޯދަ މަހަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.
ބޮޑެތި އިނާމުތަކާއި ގިނަ ހިދުމަތްތަކެއް ހިލޭ ލިބޭގޮތަށް ދިރާގުން ރޯދަ މަހަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.
ރާއްޖޭގެ އެންމެ ދުވަސްވީ މުވާސަލާތީ ހިދުމަތްދޭ ކުންފުނިން ބުނީ އެ ކުންފުނީގެ ކަސްޓަމަރުންނަށް ގިނަ ހަދިޔާތަކެއް މި ރޯދަ މަހު ދޭން ހަމަޖެހިފައިވާ ކަމަށެވެ.
އެގޮތުން ރޯދަ މަހުގެ ކޮންމެ ހަފްތާއަކު ދިރާގުގެ އެކްޓިވް ހުރިހާ ކަސްޓަމަރުންގެ ތެރެއިން ނަސީބުވެރި ކަސްޓަމަރަކަށް ހުރިހާ ހަރަދަކާއެކު ދެ މީހަކަށް އުމްރާ ދަތުރެއް ދޭން ވަނީ ހަމަޖައްސައިފަ އެވެ. އަދި އެސްއެމްއެސް މެދުވެރިކޮށް ނަމާދު ވަގުތު ހަނދާންކޮށްދިނުމުގެ ހިދުމަތް ވެސް މުޅިން ހިލޭ ދޭނެ އެވެ. ކޮންމެ ނަމާދު ވަގުތެއްގެ 15 މިނިޓު ކުރިން އެސްއެމްއެސްއަކުން ނަމާދު ގަޑި އަންގައިދޭ ހިދުމަތް #8*123* އަށް ގުޅުމުން ލިބޭނެ އެވެ.
ޕްރިޕެއިޑް ކަސްޓަމަރުންނަށް އެސްއެމްއެސް މެދުވެރިކޮށް ޒަކާތް ދެއްކޭ ގޮތަށް ވެސް ދިރާގުން ވަނީ ހަމަޖައްސާފަ އެވެ. ޒަކާތް ދެއްކޭނީ ޕްރީޕެއިޑް ކަސްޓަމަރުން، #8*123* އަށް ގުޅައިގެންނެވެ. ދިރާގުން ބުނީ އެ ހިދުމަތަށް އެއްވެސް އަގެއް ނުނަގާނެ ކަމަށެވެ.
ރޯދަ މަހަކީ ޑޭޓާ ބޭނުންކުރުން އިތުރުވާ މަހަކަށްވާތީ އިތުރަށް ޑޭޓާ ބޭނުންކުރާ ފަރާތްތަކަށް ހާއްސަ ދެ ޑޭޓާ ޕެކެއް ވެސް ދިރާގުން ވަނީ ތައާރަފް ކޮށްފަ އެވެ. އެއީ، 120ރ. އަށް 1.5 ޖީބީ އަދި 250ރ. އަށް 4 ޖީބީ ލިބޭ ޑޭޓާ ޕެކެވެ. އަދި ޑޭޓާ ޕެކްތައް ގަތުމުން ސޯޝަލް މީޑިއާ ބޭނުންކުރަން އެއް ޖީބީގެ ޑޭޓާ ޕެކެއް މުޅިން ހިލޭ ލިބޭނެ އެވެ. އަލަށް ތައާރަފް ކުރި ޑޭޓާ ޕެކް އެކްޓިވޭޓް ކުރެވޭނީ #8*123* އަށް ގުޅައިގެންނެވެ.
ކަސްޓަމަރުން ޑޭޓާ ޕެކްތައް ގަންނަން ކުރާ ހަރަދުގެ 10 ޕަސެންޓް، ޓައިނީ ހާޓްސް އަށް ހަދިޔާ ކުރާނެ ކަމަށް ދިރާގުން ބުންޏެވެ. ޓައިނީ ހާޓްސް އަކީ ހިތުގެ ބަލިތައް ހުންނަ ކުޑަކުދިންނަށް އެހީވުމަށް މަސައްކަތްކޮށްދޭ ޖަމިއްޔާ އެކެވެ.
އިންސްޓަގްރާމް ބޭނުންކުރާ މީހުންނަށް ހާއްސަ ކޮށްގެން ވެސް ދިރާގުން ވަނީ ޕްރޮމޯޝަނެއް ފަށައިފަ އެވެ. މި ޕްރޮމޯޝަނުގައި ބައިވެރި ވެވޭނީ، އިންސްޓަގްރާމް އެކައުންޓް "ޕަބްލިކް" ކުރުމަށް ފަހު، RoadhaMoments ހޭޝްޓެގް ޖެހުމަށް ފަހު، ރޯދަ މަހުގެ ތަފާތު މަންޒަރުތައް ހިއްސާކުރުމުންނެވެ. އަދި ކޮންމެ ހަފްތާއަކު ގުރުއަތުލުން ބާއްވައި ގުރުއަތުން ހޮވޭ މީހަކަށް ގޯޕްރޯ ހީރޯ 6 ކެމެރާ އެއް ވެސް ލިބޭނެ އެވެ.
ދިރާގުން ވަނީ ޓްވިޓާ ބޭނުންކުރާ މީހުންނަށް ވެސް ވަރަށް ޚާއްސަ މުބާރާތެއް ފަށާފަ އެވެ. މި މުބާރާތް ކުރިއަށް ދާނީ ކޮންމެ ރެޔަކު 10:00 ގައި ދިރާގުން ޓްވިޓާ އަށް މެކްރޯ ފޮޓޮއެއް ޕޯސްޓް ކުރާ ހިސާބުންނެވެ. އެ ފޮޓޯ ޕޯސްޓް ކުރުމާ އެކު Meekoacheh ހޭޝްޓެގް ބޭނުންކޮށްގެން އެ ފޮޓޯ އިން ފެންނަ އެއްޗެއް ދިމާ ކުރުމުގެ ފުރުސަތު 12:00 ޖަހަންދެން ހުޅުވާލެވޭނެ އެވެ. އަދި ކޮންމެ ހަފްތާ އަކު ވެސް އެންމެ ގިނަ ޖަވާބު ދިމާކުރާ މީހަކަށް ފަސް މީހެއްގެ ރޯދަ ވީއްލުމެއް ސީހައުސް ރެސްޓޯރަންޓުން ލިބޭނެ އެވެ.
މިދިޔަ އަހަރު ސޯޝަލް މީޑިއާގައި މަޝްހޫރުވި، ތަފާތު ދިވެހި ކެއުންތައް ތައްޔާރު ކުރާނެ ގޮތުގެ ރެސިޕީ ވީޑިއޯތައް ފަދަ ތަފާތު ވީޑިއޯތައް މި އަހަރު ވެސް ދިރާގުން ސޯޝަލް މީޑިއާގައި ހިއްސާ ކުރަން ވަނީ ހަމަޖެހިފަ އެވެ. "ދިވެހިންގެ ރަހަ"ގެ ނަމުގައި ގެނެސްދޭ އެ ވީޑިއޯތައް ދިރާގުގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ކޮންމެ ހޯމަ އަދި ބުރާސްފަތި ދުވަހެއްގައި ގެނެސްދޭނެ އެވެ.
ރޯދަ މަހާ ދިމާކޮށް އެތައް ދިވެހިންނެއް އުމްރާ އަށް، ސައުދީ އަރަބިއްޔާ އަށް ދާއިރު އެ ފަރާތްތަކަށް ގުޅުމަށް ވަރަށް ހާއްސަ ރޭޓުތަކެއް ވެސް ވަނީ ކަނޑައަޅާފަ އެވެ. އެގޮތުން ދިރާގު ނަންބަރުތަކުން ސައުދީ އަށް ގުޅާއިރު (019) ޖެހުމަށް ފަހު، ގުޅަން ބޭނުންވާ ނަންބަރު ޖެހުމުން މިނެޓަކަށް ޗާޖު ކުރާނީ 1.88ރ. އެވެ. މިއަދުން ފެށިގެން ޖޫން 17 ވަނަ ދުވަހުގެ ނިޔަލަށް މި ޕްރޮމޯޝަން ކުރިއަށް ދާނެ އެވެ.
"ރޯދައިގެ އެކުވެރިޔާ"ގެ ނަމުގައި ދިރާގުން އެޕެއް
ދިރާގުން ދޭ ޓެސްލާ ހޯދުމުގެ ފަހު ފުރުސަތު
ދިރާގު ޕްރޮމޯޝަނުގައި ދޭ ޓެސްލާ ކާރު ގެނެސްފި
އާ އަހަރަށް ދިރާގުގެ އާ އޮފާތަކެއް
ބްރޯޑްބޭންޑް ކަނެކްޝަނާ އެކު ހިލޭ މައިފައި ޑިވައިސް
ގދ. އަތޮޅު ތައުލީމީ މަރުކަޒަށް ދިރާގުގެ އެހީ
ރާއްޖޭގައި "އަވާ އޮފް ކޯޑް" ބާއްވަނީ
ރޯޑް ރޭހުން ޖަމިއްޔާތަކަށް ހަ ލައްކައަށް ވުރެ ގިނަ ރުފިޔާ
ޓެނިސް ޗެމްޕިއަންޝިޕްގެ ޓައިޓަލް ސްޕޮންސަރަކީ ދިރާގު
ދިރާގު ހޯމް ފައިބާ ބްރޯޑްބޭންޑުގެ ޕްރޮމޯޝަނެއް