Roadha Mihaaru
ފޯސީޒަން ކުޑަހުރާގައި އިތުރު ސުއިޓްތަކެއް ހަދައިފި

ފޯސީޒަން ކުޑަހުރާގައި އިތުރު ސުއިޓްތަކެއް ހަދައިފި

29 މެއި 2018

މާލެ އަތޮޅުގައި އޮންނަ ފޯސީޒަން ކުޑަހުރާގައި އިތުރު މޫދު ސުއިޓްތަކެއް ހަދައިފި އެވެ.

މާލެ އަތޮޅުގައި އޮންނަ ފޯސީޒަން ކުޑަހުރާގައި އިތުރު މޫދު ސުއިޓްތަކެއް ހަދައިފި އެވެ.

ފޯސީޒަން ކުޑަހުރާގައި، ޖާގަ ތަނަވަސް 800 އަކަމީޓަރުގެ ތިން ކޮޓަރި އާއި އިންފިނިޓީ ސުވިމިން ޕޫލެއް ހިމެނޭ ސުއިޓަކާއި ދެ ކޮޓަރި އާއި ސުވިމިން ޕޫލް ހިމެނޭ ސުއިޓެއްގެ އިތުރުން އާއިލާތަކަށް ހާއްސަ ދެ ކޮޓީގެ ސުއިޓެއް ވެސް ވަނީ އަލަށް ހަދައިފަ އެވެ. އާއިލާތަކަށް ހާއްސަކޮށްގެން ހެދި މޫދު ސުއިޓަކީ ދުވަސްވީ މީހުންގެ އާއިލާތަކަށާއި ރަހުމަތްތެރިން ހިމެނޭ ދެ ގްރޫޕަކަށް ބޭނުންކުރެވޭ ގޮތަށް ހަދާފައިވާ ސުއިޓެކެވެ.

ފޯސީޒަން ކުޑަހުރާގައި އަލަށް ހެދި ސުއިޓެއް: މިތަނުގައި އަލަށް ހެދީ ތިން ކޮޓަރި އާއި ދެ ކޮޓަރީގެ ސުއިޓްތަކެއް. ފޮޓޯ: ފޯސީޒަން ކުޑަހުރާ

ފޯސީޒަން ކުޑަހުރާގައި އަލަށް ހެދި ސުއިޓެއް: މިތަނުގައި އަލަށް ހެދީ ތިން ކޮޓަރި އާއި ދެ ކޮޓަރީގެ ސުއިޓްތަކެއް. ފޮޓޯ: ފޯސީޒަން ކުޑަހުރާ

އެ ރިސޯޓުން ބުނި ގޮތުގައި އަލަށް ހެދި ތިން ކޮޓަރި ހިމެނޭ ސުއިޓުގައި ޖުމްލަ ހަ މީހުންގެ ޖާގަ ހުންނާނެ އެވެ. އަދި އޭގެ އިތުރުން ކުޑަ ދެ ކުދިންގެ ގެންގުޅެވޭނެ ޖާގަ ވެސް ހުންނާނެ ކަމަށް ފޯ ސީޒަނުން ބުންޏެވެ.

އެންމެ މަތީ ފެންވަރުގެ ހިދުމަތްދޭ ރިސޯޓުގައި އަލަށް ހެދި ކޮންމެ ސުއިޓަކީ ވެސް ޓޫރިސްޓުންނަށް ވަރަށް މޫދުގެ ހިތްގައިމުކަމާއި އަރާމް ލިބޭ ގޮތަށް ޑިޒައިންކޮށްގެން ހަދާފައިވާ ވިލާތަކެކެވެ.

އެ ރިސޯޓުގައި މިހާރު ވެސް 38 ވޯޓާ ބަންގަލޯ ހުރެ އެވެ. އޭގެ ތެރޭގައި ހިމެނެނީ އެއް ކޮޓަރީގެ 32 ބަންގަލޯ އާއި ހަ ސުއިޓެކެވެ.