29 ޖެނުއަރީ 2018
ރާއްޖޭގައި ހިންގާ އެންމެ މަތީ ފެންވަރުގެ ރިސޯޓްތަކުގެ ތެރޭގައި ހިމެނޭ ވެލާ ޕްރައިވެޓް އައިލެންޑް މި މަހުގެ ސާވިސް ޗާޖުގެ ގޮތުގައި ކޮންމެ މުވައްޒަފަކަށް ގާތްގަނޑަކަށް 3،000 ޑޮލަރު (46،260ރ) ދޭން ނިންމައިފި އެވެ.
ރާއްޖޭގައި ހިންގާ އެންމެ މަތީ ފެންވަރުގެ ރިސޯޓްތަކުގެ ތެރޭގައި ހިމެނޭ ވެލާ ޕްރައިވެޓް އައިލެންޑް މި މަހުގެ ސާވިސް ޗާޖުގެ ގޮތުގައި ކޮންމެ މުވައްޒަފަކަށް ގާތްގަނޑަކަށް 3،000 ޑޮލަރު (46،260ރ) ދޭން ނިންމައިފި އެވެ.
އެންމެ އަގު ބޮޑު ރިސޯޓުތަކުގެ ތެރޭގައި ހިމެނޭ 47 ކޮޓަރީގެ ރިސޯޓުގައި ގާތްގަނޑަކަށް 350 މުވައްޒަފުން މަސައްކަތްކުރެ އެވެ. އެހެންކަމުން ސާވިސް ޗާޖުގެ ގޮތުގައި އެ ރިސޯޓަށް މި މަހު ގާތްގަނޑަކަށް މިލިއަން ޑޮލަރު އެވަނީ ލިބިފަ އެވެ.
މިދިޔަ ޑިސެމްބަރު މަހުގެ ސާވިސް ޗާޖުގެ ގޮތުގައި ވެސް ވެލާގެ ކޮންމެ މުވައްޒަފަކަށް 1،300 ޑޮލަރު ލިބުނެވެ.
އެ ރިސޯޓުގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ ރާއްޖޭގެ ރިސޯޓުތަކުގެ ތެރެއިން އެންމެ ބޮޑު ސާވިސް ޗާޖު ލިބޭ ރިސޯޓުތަކުގެ ތެރޭގައި އެތަން އަބަދުވެސް ހިމެނޭ ކަމަށެވެ. މިފަހަރު ސާވިސް ޗާޖުގެ ގޮތުގައި ދޭނެ މިންވަރު މުޅިން ފައިނަލް ނުވި ނަމަވެސް މިހާރު ވެސް 2،940 ޑޮލަރަށް އަރާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މި މަހުގެ ސާވިސް ޗާޖުގެ ގޮތުގައި ދޭނެ މިންވަރު މިއަދު މުޅިން ފައިނަލްވާއިރު 3،000 ޑޮލަރަށް ވުރެ ބޮޑުވާނެ. ރާއްޖޭގެ ރިސޯޓުތަކުގެ ތެރެއިން ރެކޯޑް މިންވަރެއް މިފަހަރު ވެސް ބަހާނެ،" އެ އޮފިޝަލް ވިދާޅުވި އެވެ.
އެ ރިސޯޓުގެ މަހެއްގެ އެވްރެޖް ސާވިސް ޗާޖު އުޅެނީ 1،000 ޑޮލަރަށް ވުރެ މަތީގަ އެވެ.
"މިހާރު"އަށް އެނގިފައިވާ ގޮތުގައި ވެލާގެ އިތުރުން ދެވަނައަށް އެންމެ ބޮޑު އަދަދެއް ސާވިސް ޗާޖުގެ ގޮތުގައި ބަހަނީ ދުނިޔޭގެ މަޝްހޫރު ކުންފުނި، ފޯ ސީޒަން ރިސޯޓްސް އިން ރާއްޖޭގައި ހިންގާ ރިސޯޓުތަކުންނެވެ. އެ ކުންފުނިން ރާއްޖޭގައި ހިންގަނީ ފޯ ސީޒަން ކުޑަ ހުރާ އާއި ފޯސީޒަން ލަނޑާގިރާވަރު އަދި ވޯވަށް ޕްރައިވެޓް އައިލެންޑެވެ.
އެ ރިސޯޓުގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ ގާތްގަނޑަކަށް 550 މުވައްޒަފުންނަށް މިފަހަރު ސާވިސްޗާޖުގެ ގޮތުގައި ކޮންމެ މީހަކަށް 2،351 ޑޮލަރު (36،252ރ.) ދޭން ނިންމާފައިވާ ކަމަށެވެ. އެ ކުންފުނިން އެވްރެޖްކޮށް ކޮންމެ މަހަކު 900 ޑޮލަރު ސާވިސްޗާޖުގެ ގޮތުގައި ދެ އެވެ.
"ރާއްޖޭގެ ބޮޑެތި ރިސޯޓުތަކުގެ ތެރެއިން މިފަހަރު އެންމެ ބޮޑު އަދަދެއް ނިސްބަތުން ބަހަނީ މި ކުންފުނިން. މިއީ މީގެ ކުރިން ސާވިސްޗާޖުގެ ގޮތުގައި ބެހި މިންވަރަށް ވުރެ އެތައް ގުނައެއް ބޮޑު އަދަދެއް،" އޭނާ ވިދާޅުވި އެވެ.
މިމަހު ހަތަރުވަނައަށް އެންމެ ބޮޑު އަދަދެއް ސާވިސްޗާޖުގެ ގޮތުގައި ބަހަނީ ވަން އެންޑް އޮންލީ ރީތި ރަށް ރިސޯޓުންނެވެ. އެ ރިސޯޓުން ކޮންމެ މުވައްޒަފަކަށް 2،351 ޑޮލަރު (36،252ރ) ބަހަން ނިންމާފައިވެ އެވެ.
ދެހާސް ޑޮލަރަށްވުރެ މަތިން ސާވިސްޗާޖު ބަހާ ރިސޯޓުތަކުގެ ތެރެއިން ދެން އެންމެ ބޮޑު އަދަދެއް ސާވިސްޗާޖުގެ ގޮތުގައި ބަހަނީ ދުނިޔޭގެ އެންމެ ބޮޑު ހޮޓެލް ޗެއިން، އެމެރިކާގެ މެރިއޮޓް އިންޓަނޭޝަނަލް އިން ދ. ވޮއްމުލީގައި ހިންގާ ސެއިންޓް ރެޖިސް އިންނެވެ. އެ ރިސޯޓުން ވެސް މިފަހަރު ސާވިސްޗާޖުގެ ގޮތުގަައި ކޮންމެ މުވައްޒަފަކަށް 2،257 ޑޮލަރު (34،802ރ) ދޭން ނިންމާފައިވެ އެވެ.
އެ ފަސް ރިސޯޓުގެ އިތުރުން އެހެން އެހެން ރިސޯޓަކުން ސާވިސްޗާޖުގެ ގޮތުގައި ބަހާ އަދަދު އުޅެނީ 2،000 ޑޮލަރުން ދަށުގަ އެވެ. އެގޮތުން 2،000 ޑޮލަރާއި 1،000 ޑޮލަރާ ދެމެދުގެ އަދަދެއް ހަ ރިސޯޓަކުން މިފަހަރު ބަހަ އެވެ.
ވެލާގެ ސާވިސް ޗާޖު: މުވައްޒަފަކަށް 72،000ރ.
ސާވިސް ޗާޖަށް ހަތަރު ރިސޯޓަކުން 30،000ރ.
ސާވިސް ޗާޖު ބޮޑުކޮށް ދޭ ރިސޯޓުތަކުގެ ލިސްޓަށް ބަދަލެއް
ތިން ރިސޯޓަކުން ސާވިސްޗާޖަށް ބައިލައްކަ ރުފިޔާ
ކްލަބް ފިނޮޅުގެ ކޮންމެ މުވައްޒަފަކަށް 20،000ރ.
ސާވިސް ޗާޖު ލިސްޓުގެ ކުރީގައި ނޯޓިލަސް މޯލްޑިވްސް
ސާވިސް ޗާޖު ލިސްޓުގެ ކުރިއަށް އަނެއްކާވެސް ވެލާ
ސާވިސް ޗާޖު ލިސްޓުގެ ކުރީގައި މި މަހު އިތާފުށި
ސާވިސް ޗާޖު ދިނުމުގައި ޗުއްޓީ ދުވަސްތައް ގުނަންޖެހޭނެ
އެއާޕޯޓް ރެޕުންނަށް ސާވިސް ޗާޖުގެ މައްސަލަ ދިމާވެއްޖެ