Roadha Mihaaru
ސާވިސް ޗާޖު ލިސްޓުގެ ކުރީގައި ނޯޓިލަސް މޯލްޑިވްސް

މިދިޔަ މަހު ސާވިސް ޗާޖު ލިސްޓުގެ ކުރީގައި ނޯޓިލަސް މޯލްޑިވްސް

05 ސެޕްޓެމްބަރ 2021

ރާއްޖޭގެ ރިސޯޓުތަކުގެ ތެރެއިން އެންމެ ބޮޑު ސާވިސް ޗާޖެއް ދިން ރިސޯޓަކަށް ނޯޓިލަސް މޯލްޑިވްސް ވެއްޖެ އެވެ.

ހަފީޒާ އަހުމަދު ހަފީޒާ އަހުމަދު

ރާއްޖޭގެ ރިސޯޓުތަކުގެ ތެރެއިން އެންމެ ބޮޑު ސާވިސް ޗާޖެއް ދިން ރިސޯޓަކަށް ނޯޓިލަސް މޯލްޑިވްސް ވެއްޖެ އެވެ.

"ރިސޯޓު ވޯކާސް މޯލްޑިވްސް" ފޭސްބުކް ޕޭޖުގައި ހާމަކޮށްފައިވާ ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަހު ނޯޓިލަސް މޯލްޑިވްސް އިން ވަނީ ސާވިސް ޗާޖުގެ ގޮތުގައި މީހަކަށް 1،623 ޑޮލަރު (25،026ރ.) ދީފަ އެވެ.

އެ ޕޭޖުން އާންމުކުރި ލިސްޓުން ދެ ވަނަ އަށް އެންމެ ބޮޑު ސާވިސް ޗާޖެއް ދީފައި ވަނީ ދަ ރިޒް ކާޓަން މޯލްޑިވްސް އިން ނެވެ. އެ ރިސޯޓުން ވަނީ ސާވިސް ޗާޖު ގޮތުގައި މީހަކަށް 1،352 ޑޮލަރު (20،847.84ރ.) ދީފަ އެވެ.

ސާވިސް ޗާޖު ލިސްޓުގައި އާންމުކޮށް އެންމެ ކުރި ހޯދަމުން އަންނަ ވެލާ ރިސޯޓު މިފަހަރު ލިސްޓަކު ނެތެވެ. ލިސްޓުގައި ނަން ހިމަނަނީ "ރިސޯޓު ވޯކާސް މޯލްޑިވްސް" ޕޭޖަށް މައުލޫމާތު ފޮނުވުމުންނެވެ.

ރާއްޖޭގެ ހުރިހާ ޓޫރިސްޓު ފެސިލިޓީއަކުން ސާވިސް ޗާޖުގެ ގޮތުގައި 10 ޕަސެންޓު ނެގުން މިހާރު ވަނީ ގާނޫނީ ގޮތުން މަޖުބޫރުކޮށްފަ އެވެ. ސާވިސް ޗާޖު ނުދީފި ނަމަ ވަޒީފާ ދޭ ފަރާތް ބައި ލައްކަ ރުފިޔާއަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރު، ލޭބާ ރިލޭޝަންސް އޮތޯރިޓީ (އެލްއާރުއޭ) އަށް އޮވެ އެވެ.