ސައުދީ އަރަބިއްޔާ ފީފާ ވޯލްޑް ކަޕަށް އެންމެ ފުރަތަމަ ކޮލިފައިވީ 1994 ވަނަ އަހަރެވެ. އެ އަހަރު އެމެރިކާގައި އޮތް ވޯލްޑް ކަޕްގެ ގަދަ 16ގެ ބުރަށް ސައޫދީ ކޮލިފައިވި އެވެ. މިއީ ވޯލްޑް ކަޕްގައި ސައޫދީ އަރަބިއްޔާ އަށް ލިބުނު އެންމެ ބޮޑު ކާމިޔާބެވެ. އޭގެ ފަހުން 1998، 2002 އަދި 2006ގެ ވޯލްޑް ކަޕްގައި ސައޫދީ އަރަބިއްޔާ ވާދަކުރި ނަމަވެސް، ގުރޫޕް ސްޓޭޖް ފަހަނައަޅައި ދެވޭ ގޮތެއްނުވި އެވެ.
ސައުދީ އަރަބިއްޔާ ފީފާ ވޯލްޑް ކަޕަށް އެންމެ ފުރަތަމަ ކޮލިފައިވީ 1994 ވަނަ އަހަރެވެ. އެ އަހަރު އެމެރިކާގައި އޮތް ވޯލްޑް ކަޕްގެ ގަދަ 16ގެ ބުރަށް ސައޫދީ ކޮލިފައިވި އެވެ. މިއީ ވޯލްޑް ކަޕްގައި ސައޫދީ އަރަބިއްޔާ އަށް ލިބުނު އެންމެ ބޮޑު ކާމިޔާބެވެ. އޭގެ ފަހުން 1998، 2002 އަދި 2006ގެ ވޯލްޑް ކަޕްގައި ސައޫދީ އަރަބިއްޔާ ވާދަކުރި ނަމަވެސް، ގުރޫޕް ސްޓޭޖް ފަހަނައަޅައި ދެވޭ ގޮތެއްނުވި އެވެ.
އޭޝިއާ ބައްރުގެ ވޯލްޑް ކަޕް ކޮލިފައިންގެ ވާދަވެރިކަން ބޮޑުވެ، ވޯލްޑް ކަޕް ކޮލިފައިންގައި ސައޫދީ އަރަބިއްޔާ އަށް 2010 އިން 2014 ގައި ކާމިޔާބެއް ނުލިބުނެވެ. ދެކުނު އެފްރިކާގައި 2010 ގައި އޮތް ވޯލްޑް ކަޕާއި 2014 ގައި ބްރެޒިލްގައި އޮތް ވޯލްްޑް ކަޕަށް ކޮލިފައިނުވުމަކީ، ސައުދީ އަރަބިއްޔާ އަށް ކުރިމަތިިވި ބޮޑު ނާކާމިޔާބީއެކެވެ. އެކަމަކު މި އަހަރުގެ ވޯލްޑް ކަޕްގެ ކޮލިފައިންގައި ސައުދީ އަރަބިއްޔާ އިން ވަނީ ރަނގަޅު ނަތީޖާތަކެއް ނެރެފަ އެވެ.
ސައުދީ އަރަބިއްޔާ ވޯލްޑް ކަޕަށް ކޮލިފައިވީ ތިން ވަނަ ބުރުގެ ގުރޫޕް ބީގެ ދެވަނަ ޓީމުގެ ގޮތުގަ އެވެ. މި ގުރޫޕްގެ އެއްވަނަ ޖަޕާން ހޯދީ ސައުދީ އަރަބިއްޔާގެ މައްޗަށް އެއް ޕޮއިންޓްގެ ލީޑަކާ އެކު އެވެ. ސައުދީ އަރަބިއްޔާ ކޮލިފައިންގައި ކުޅުނު 10 މެޗުގެ ތެރެއިން ހަ މެޗުން މޮޅުވިއިރު، ތިން މެޗުން ވަނީ ބަލިވެފަ އެވެ. ތިން ވަނައިގައި އޮތް އޮސްޓްރޭލިއާ އާއި ސައުދީ އަރަބިއްޔާއާ ޕޮއިންޓްގެ ގޮތުން އެއްވަރުވި ނަމަވެސް، ސައުދީ އަށް ދެވަނަ ލިބުނީ ފައިދާ ގޯލުގެ ތަފާތުންނެވެ.
އާޖެންޓީނާ އަށް އުފަން ކޯޗު ޕިޒީ ސައުދީ އަރަބިއްޔާގެ ގައުމީ ޓީމާ ހަވާލުވީ 2017 ގަ އެވެ. އޭގެ ކުރިން ޕިޒީ މަސައްކަތްކުރީ ޗިލީގެ ގައުމީ ޓީމުގެ ކޯޗަކަށެވެ. ޗިލީއާ އެކު ޕިޒީ ވަނީ 2016ގެ ކޮޕާ އެމެރިކާ ސެންޓަނީރޯ ކާމިޔާބުކޮށްފަ އެވެ. އެކަމަކު 2018ގެ ވޯލްޑް ކަޕަށް ޗިލީ ކޮލިފައިކޮށްދޭން އޭނާ ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފަ އެވެ. ސްޕެއިންގެ މަޝްހޫރު ކްލަބުތައް ކަމަށްވާ ވެލެންސިއާ އާއި ބާސެލޯނާ އަދި އާޖެންޓީނާގެ ރިވަ ޕްލޭޓަށް ކުޅުނު ފޯވަޑް ޕިޒީ ކޯޗިން ކެރިއަރު ފެށީ 2005 ގަ އެވެ. ޕިޒީ ވަނީ ސްޕެއިންގެ ވެލެންސިއާ އާއި ދެކުނު އެމެރިކާގެ ބައެއް ކްލަބުތަކަށް ކޯޗުކޮށްދީފަ އެވެ.
މުހައްމަދު އަލް ސަހްލާވީ: މުހައްމަދު އަލް ސަހްލާވީ އަކީ ސައުދީ އަރަބިއްޔާގެ ޓީމުގައި މި ވަގުތު ހުރި ހުނަރުވެރި އެއް ކުޅުންތެރިޔާ އެވެ. ސައޫދީ އަރަބިއްޔާގެ އަލް ނަސްރަށް ކުޅެމުން އަންނަ އަލް ސަހްވާލީ،31، ގައުމީ ޓީމަށް ކުޅެން ފެށީ 2010 ވަނަ އަހަރެވެ. މި ފަހަރުގެ ވޯލްޑް ކަޕް ކޮލިފައިންގައި އަލް ސަހްވަލީ ވަރަށް ބޮޑަށް ވިދާލި އެވެ. ކޮލިފައިންގައި އޭނާ ޖެހި ލަނޑުގެ އަދަދު 18 އަށް އަރަ އެވެ. ސައުދީ ޓީމަށް އޭނާ ކުޅުނު 35 މެޗުގައި 28 ލަނޑު ޖަހާފައިވެ އެވެ. އަލް ސަހްވާލީ އަކީ ސައުދީ އަރަބިއްޔާގައި ވަރަށް މަޤްބޫލު ކުޅުންތެރިޔެކެވެ. އަލް ނަސްރަށް 2009 ގައި އޭނާ ބަދަލުވީ ސައުދީ އަރަބިއްޔާގެ އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ގޮތުގަ އެވެ.
ސައުދީ އަރަބިއާގެ މުހައްމަދު ކާނޯ (ކ) އާއި އެ ޓީމުގެ އަބްދުﷲ އޮތައިފް އުފާފާޅުކުރަނީ. --ފޮޓޯ: އޭއެފްޕީ
ނާސިރު އަލް ޝަމްރާނީ: ތަޖުރިބާކާރު ފޯވަޑް ނާސިރު އަލް ޝަމްރާނީ ސައުދީ އަރަބިއްޔާގެ ޓީމުގައި މި ވަގުތު ހުރި އެންމެ ތަޖުރިބާކާރު އެއް ކުޅުންތެރިޔާ އެވެ. ގައުމީ ޓީމަށް 77 މެޗު ކުޅެ، 19 ލަނޑު ޖަހާފައިވާ ޝަމްރާނީގެ ޑިސިޕްލިނަރީ މައްސަލަތަކާ ގުޅިގެން މީގެ ކުރިން ގައުމީ ޓީމުގެ ކެރިއަރަށް ހުރަސް އެޅުނު ނަމަވެސް، އޭނާ އަކީ އަދިވެސް އެ ގައުމުގައި މަގުބޫލުކަން ބޮޑު ކުޅުންތެރިޔެކެވެ.
އަލް ޝަމްރާނީ ވަނީ ސައޫދީ އަރަބިއްޔާގެ ގިނަ ކްލަބުތަކަކަށް ކުޅެފަ އެވެ. އެކަމަކު މިހާރު އޭނާ ކުޅެނީ ޔޫއޭއީގެ އަލް ޝަބާބަށެވެ. މިއީ ގައުމުން ބޭރުގެ ކްލަބެއްގައި އަލް ޝަމްރާނީ ކުރާ ފުރަތަމަ ތަޖުރިބާ އެވެ.
ގުރޫޕް އޭގައި ސައުދީ އަރަބިއްޔާއާ އެކު ދެން އޮތީ މިސްރާއި ރަޝިއާ އަދި އުރުގުއޭ އެވެ. މި ގުރޫޕުން ސައުދީ އަރަބިއްޔާ އަށް ދެވަނަ ބުރުން ޖާގައެއް ލިބޭނެ ކަމަށް ތަޖުރިބާކާރުން ލަފައެއް ނުކުރެ އެވެ. އޭގެ އެންމެ ބޮޑު ސަބަބަކީ ސައުދީ ކުޅުންތެރިންގެ ތަޖުރިބާ ކުޑަވުމެވެ. އަދި ރަނގަޅު ފެންވަރުގެ ލީގުތަކުގައި ސައުދީ ކުޅުންތެރިން ނުކުޅުމެވެ. ތަޖުރިބާ ހޯދުމުގެ ގޮތުން ވޯލްޑް ކަޕްގެ ކުރިން ސައުދީގެ ބައެއް ކުޅުންތެރިން ޔޫރަޕްގެ ބޮޑެތި ލީގުތަކުގެ ކްލަބުތަކާ އެކު ތަމްރީނު ހަދަން ސައުދީން ފޮނުވި އެވެ.
އޭޝިއާގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ދައުސާރީ އަށް
މަންޗިނީ ސައުދީ ޓީމަށް، މުސާރަ އަހަރަކު 27 މިލިއަން
ސައުދީ އަންހެން ފުޓްބޯޅަ ޓީމު ފީފާ ރޭންކިން އަށް
މިއީ ސައުދީ ފުޓްބޯޅައިގެ ތާރީހު އާކުރަން ޖެހޭ ވަގުތު
ސައުދީ ޑިފެންޑަރު ރިޔާދުގައި އޮޕަރޭޝަންކޮށްފި
މިއީ ވޯލްޑް ކަޕުގައި އާ ސަފުހާއެއް ލިޔަންވީ ވަގުތު
އާޖެންޓީނާ ބަލިކުރުމުގެ އުފަލުގައި ސައޫދީއަށް ޗުއްޓީއެއް
އުރުގުއޭ އަށް އެއް ވަނަ، ސައުދީ އަށް މޮޅެއް
އުރުގުއޭ އާއި ރަޝިއާ ދެ ވަނަ ބުރަށް
ރަޝިއާގެ އަޑު ކަނޑުވާލަން ސައުދީ ނުކުންނަނީ