26 މެއި 2018
އެސްޓީއޯ މާލޭ ލީގުގެ ގަދަ ހަޔެއްގެ ތެރޭގައި ހިމެނި ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވުމުގެ ކިތަންމެ ކުޑަ ފުރުސަތެއް އޮތް ނަމަވެސް ވެލެންސިއާ އިން ދުލެއް ނުދޭނެ ކަމަށް އެ ޓީމުގެ އެސިސްޓަންޓް ކޯޗު އާދަމް އަބްދުލް ލަތީފް (ލައްޗޭ) ބުނެފި އެވެ.
އެސްޓީއޯ މާލޭ ލީގުގެ ގަދަ ހަޔެއްގެ ތެރޭގައި ހިމެނި ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވުމުގެ ކިތަންމެ ކުޑަ ފުރުސަތެއް އޮތް ނަމަވެސް ވެލެންސިއާ އިން ދުލެއް ނުދޭނެ ކަމަށް އެ ޓީމުގެ އެސިސްޓަންޓް ކޯޗު އާދަމް އަބްދުލް ލަތީފް (ލައްޗޭ) ބުނެފި އެވެ.
ލީގުގައި މިހާތަނަށް އެއްވެސް މެޗަކުން މޮޅެއް ނުލިބި އެންމެ ފުލުގައި ވެލެންސިއާ އޮތީ އެންމެ ޕޮއިންޓަކާ އެކު އެވެ. ހަ ވަނައިގައި އޮތް ގްރީން ސްޓްރީޓްސްއާ ވެލެންސިއާއާ ދެމެދު ނުވަ ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ. ވެލެންސިއާ އަށް ދެން ގަދަ ހަޔެއްގެ ތެރެއަށް ވަދެވޭނީ ގްރީން ސްޓްރީޓްސް އާއި ޔުނައިޓެޑް ވިކްޓަރީ ކުރިއަށް ހުރި ގިނަ މެޗުތަކުން ބަލިވެ، ވެލެންސިއާ ހުރިހާ މެޗަކުން މޮޅުވެގެންނެވެ.
މާލޭ ލީގުގައި އެންމެ ފަހުން ޓީސީ އަތުން ވެލެންސިއާ ބަލިވި މެޗަށް ފަހު ޕްރިމިއާ ލީގަށް އެ ޓީމު ކޮލިފައިވުމުގެ އުއްމީދެއް އެބައޮތްތޯ ނޫސްވެރިން ސުވާލުކުރުމުން ލައްޗޭ ބުނީ ފުރަތަަމަ ވިސްނަނީ މޮޅެއް ހޯދުމަށް ކަމަށެވެ.
"ކޮލިފައިވުމަށް ވުރެ ބޮޑަށް ވިސްނަންވީ ބޯޅަ ކުޅެމުންދަންޏާ މޮޅުވާން އެބަޖެހޭ. މޮޅުވެގެން މީތި ރަނގަޅު ގޮތުގައި ދާނީ. ކޮލިފައިވުމަކީ ވެސް ވަރަށް މުހިއްމު ކަމެއް. އެކަމަކު އެ ހިސާބަށް ދެވޭނީ މެޗުތަކުން މޮޅުވެ ކޮންފިޑެންސާ އެއްޗެހި ރަނގަޅުކޮށްގެން،" ލައްޗޭ ބުންޏެވެ. "ޕްރިމިއާ ލީގަށް ކޮލިފައިވުމުގެ ފުރުސަތު މި އޮތީ ވަރަށް ކުޑަވެފައި. އެކަމަކު އަޅުގަނޑުމެން ބަލާނީ އެންމެ ހަނިގޮތުން ވެސް އަހަރުމެންނަށް ވެލެންސިއާ ކޮލިފައިވެވޭތޯ."
ގަދަ ހަޔެއްގައި ނުހިމެނިއްޖެނަމަ ވެލެންސިއާ ދެން ކުޅެން ޖެހޭނީ މާލޭ ލީގު ކޮލިފިކޭޝަންގަ އެވެ. ކޮލިފިކޭޝަންގައި ބައްދަލުކުރާނީ މާލޭ ލީގުގެ ގަދަ ހަޔަކުން ފުރުސަތު ނުލިބުނު ދެ ޓީމާއި ދެ ވަނަ ޑިވިޝަންގެ ރަނަރަޕަށް ދިޔަ ޖޭޖޭ ސްޕޯޓްސް ކްލަބެވެ. އޭގެ ތެރެއިން ފުރަތަމަ ޑިވިޝަންގެ ފުރުސަތު ލިބޭނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަކަށެވެ.
ލައްޗޭ ވަނީ ވެލެންސިއާ ފުރަތަމަ ޑިިވިޝަންގައި ބޭއްވުމަށް ކުރެވޭނެ ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް ބުނެފަ އެވެ.
"ކޮލިފައިވެގެން ބޯޅަ ކުޅެގެން ވެލެންސިއާ ޓީމު އަންނަ ސީޒަނުގައި ފުރަތަމަ ޑިވިޝަންގައި ބޭއްވޭތޯ އަޅުގަނޑު މެން ހުރިހާ މަސައްކަތެއް މި ކުރަނީ،" ލައްޗޭ ބުންޏެވެ.
ލީގުގައި މިރޭ ވެލެންސިއާ ނުކުންނާނީ ވިކްޓަރީއާ ދެކޮޅަށެވެ. ކުރިން ވެލެންސިއާ އަށް ގިނަ ކާމިޔާބީތަކެއް ހޯދައިދިން ލާޒްލޯ ކިސްގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ވިކްޓަރީ ވަނީ ފުރަތަމަ ބުރުގައި ވެލެންސިއާ އަތުން 2-1 އިން މޮޅުވެފަ އެވެ. މިރޭގެ މެޗު ފަށާނީ 10 ޖަހާއިރު އެވެ.
ޔޫވީ ބަލިކޮށް ވެލެންސިއާ އަށް ހިތްހަަމަޖެހުމެއް
މިރޭ ނިއު އަށް ލީގު ކަށަވަރުކުރެވިދާނެ
ފޭދޫ އިއްބެގެ ހެޓްރިކާ އެކު ޓީސީ ތިން ވަނަ އަށް
ވެލެންސިއާ އަނެއްކާ ވެސް ހާސްކަމުގެ ތެރެއަށް
ވެލެންސިއާ އަތުން އީގަލްސް އަށް ތަފާތު ބޮޑު މޮޅެއް
ނިއު އަށް އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް
ގްރީން އާއި ވެލެންސިއާ: ދެ ޓީމަށް ވެސް ޕްރެޝަރު ބޮޑު
ސައްޓުގެ ދެ ގޯލާ އެކު ޓީސީ ފުރަތަމަ މޮޅު ހޯދައިފި
ޓީސީ ތަފާތު ދައްކަން ވެލެންސިއާއާ ދެކޮޅަށް ނުކުންނަނީ
ވެލެންސިއާ ހަމަމަގަށް އެޅުވޭނެ: ސޮބާ