06 މާޗް 2018
މި ސީޒަނުގައި ކްލަބް ވެލެންސިއާއާ ހަވާލުވީ އެ ޓީމު ހަމަމަގަށް އެޅުވޭނެ ކަމުގެ ޔަގީންކަން އޮތުމުން ކަމަށާއި ޓާގެޓަކީ ދިވެހި ޕްރިމިއާ ލީގުގެ ޖާގައެއް ހޯދުން ކަމަށް އެ ޓީމުގެ ކޯޗު ސޮބާހް މުހައްމަދު އިބްރާހިމް (ސޮބާ) ބުނެފި އެވެ.
މި ސީޒަނުގައި ކްލަބް ވެލެންސިއާއާ ހަވާލުވީ އެ ޓީމު ހަމަމަގަށް އެޅުވޭނެ ކަމުގެ ޔަގީންކަން އޮތުމުން ކަމަށާއި ޓާގެޓަކީ ދިވެހި ޕްރިމިއާ ލީގުގެ ޖާގައެއް ހޯދުން ކަމަށް އެ ޓީމުގެ ކޯޗު ސޮބާހް މުހައްމަދު އިބްރާހިމް (ސޮބާ) ބުނެފި އެވެ.
ރާއްޖޭގެ ފުޓްބޯޅައިގެ ބޮޑު ބާރެއްގެ ގޮތުގައި އޮތް ވެލެންސިއާ ފާއިތުވި އަހަރުތަކުގައި ފެނުނީ އާދައިގެ ގޮތަކަށެވެ. އެ ޓީމުން 2016 ވަނަ އަހަރުގެ އެފްއޭ ކަޕް ޗެމްޕިއަންކަން ހޯދި ނަމަވެސް އެ ކާމިޔާބީގެ މައްޗަށް ސާބިތުވެ، ޓީމު އެހެން ލެވެލަކަށް ނުގެންދެވުނެވެ. މިދިޔަ އަހަރުގެ މާލޭ ލީގު ގަދަ ހަތަރަކުން ޖާގަ ނުލިބި އެ ޓީމު ސީޒަން ނިންމާލީ އަހަރުގެ މެދުތެރެއިންނެވެ.
މިދިޔަ ސީޒަނުގައި ގްރީން ސްޓްރީޓްސް ގޮވައިގެން ނުކުމެ ސޮބާ ވަނީ ރަނގަޅު ނަތީޖާތަކެއް ނެރެ އެ ޓީމަށް ފުރަތަމަ ޑިވިޝަނުގައި ފައިތިލަ ސާބިތުކޮށްދީފަ އެވެ. ސޮބާ ބުނީ ގްރީން ސްޓްރީޓްސްގައި ކުރި މަސަައްކަތާ ވެލެންސިއާގައި އޮތް ޗެލެންޖް ވަރަށް ތަފާތު ކަމަށެވެ.
"މި އަހަރަކީ ކިހާ ބޮޑު ޗެލެންޖެއްކަން ދެނެގަނެގެން މި ނުކުތީ. އަޅުގަނޑު އައިސް ހަވާލުވިއިރު ވެލެންސިއާގައި ނެތް އެންމެ މީހަކު ވެސް. ކުޅުންތެރިއެއް ވެސް އޮފިޝަލެއް ވެސް. އެ ދުވަހުން ފެށިގެން މިއަދާ ހަމަ އަށް ވަރަށް ގިނަ މަސައްކަތް ކުރެވިއްޖެ އެއްގޮތަކަށް ވެސް އަޅުގަނޑަކީ ޖާދޫ ހަދާ މީހެއް ނޫން. އެކަމު މަޑުމަޑުން ކަންތައް ރަނގަޅުކުރާއިރު ވަގުތު ބޭނުންވާނެ،" އެސްޓީއޯ މާލޭ ލީގުގައި އީގަލްސްއާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން ސޮބާ ބުންޏެވެ.
އޭނާ ބުނީ ވެލެންސިއާގެ ޓާގެޓަކީ ޕްރިމިއާ ލީގުގެ ޖާގައެއް ހޯދުން ކަމަށެވެ.
"ކަންތައްތަކެއް ރަނގަޅު ކުރަމުން މި އަންނަނީ. އެ ދުވަހުން އައިސް އަޅުގަނޑަށް ރާއްޖޭގެ ހުރިހާ ޓޮޕް ޓީމެއް ބަލިނުކުރެވޭނެ. އެކަމަކު އެ ކަން ހާސިލްކުރެވޭތޯ މަސައްކަތް ކުރަމުން މިގެންދަނީ. ވެލެންސިއާގެ ޓާގެޓަކީ ޕްރިމިއާ ލީގުގެ ޖާގައެއް ހޯދުން. އިރާދަކުރެއްވިއްޔާ އެ ހިސާބަށް ދެވޭތޯ މަސައްކަތް މި ކުރަނީ. މި ޓީމު ހަމަމަގަށް އެޅުވޭތޯ،" ސޮބާ ބުންޏެވެ.
މިދިޔަ އަހަރު ޕްރިމިއާ ލީގުން ޖާގަ ލިބުނީ މާލޭ ލީގުގެ ގަދަ ހަތަރަކަށެވެ. މި ފަހަރު ޕްރިމިއާ ލީގުން މާލޭ ލީގުގެ ހަދަ ހަޔަކަށް ޖާގަ ލިބޭނެ އެވެ.
އެސްޓީއޯ މާލޭ ލީގުގައި ވެލެންސިއާ ކުޅުނު ފުރަތަމަ މެޗުން ވަނީ 3-0 އިން ޔުނައިޓެޑް ވިކްޓަރީ އަތުން ބަލިވެފަ އެވެ. އަދި ދެ ވަނަ މެޗުން އެ ޓީމު ވަނީ 3-3 އިން ކްލަބް އީގަލްސްއާ އެއްވަރުވެފަ އެވެ. އެ ޓީމު ދެން އެންމެ އަވަހަށް ކުޅޭ މެޗުގައި އަންނަ އާދިއްތަ ދުވަހު ހަވީރު ނުކުންނާނީ މާޒިޔާއާ ދެކޮޅަށެވެ.
ޔޫވީ ބަލިކޮށް ވެލެންސިއާ އަށް ހިތްހަަމަޖެހުމެއް
މިރޭ ނިއު އަށް ލީގު ކަށަވަރުކުރެވިދާނެ
ފުރުސަތު ކުޑަ ވިޔަސް ވެލެންސިއާ ދުލެއްނުދޭނެ: ލައްޗޭ
ފޭދޫ އިއްބެގެ ހެޓްރިކާ އެކު ޓީސީ ތިން ވަނަ އަށް
ވެލެންސިއާ އަނެއްކާ ވެސް ހާސްކަމުގެ ތެރެއަށް
ވެލެންސިއާ އަތުން އީގަލްސް އަށް ތަފާތު ބޮޑު މޮޅެއް
ނިއު އަށް އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް
ގްރީން އާއި ވެލެންސިއާ: ދެ ޓީމަށް ވެސް ޕްރެޝަރު ބޮޑު
ސައްޓުގެ ދެ ގޯލާ އެކު ޓީސީ ފުރަތަމަ މޮޅު ހޯދައިފި
ޓީސީ ތަފާތު ދައްކަން ވެލެންސިއާއާ ދެކޮޅަށް ނުކުންނަނީ