Roadha Mihaaru
މިދިޔަ މަހު ޓޫރިސްޓުން އައި އަދަދަށް ދަށްވުމެއް

މިދިޔަ މަހު ރާއްޖެ އައި ޓޫރިސްޓުންގެ އަދަދަށް ދަށްވުމެއް

22 މެއި 2018

މިދިޔަ މަހު ރާއްޖެ އަށް ޒިޔާރަތް ކުރި ޓޫރިސްޓުންގެ އަދަދު މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު، 0.1 ޕަސެންޓް ދަށަށް ގޮސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން މިއަދު ބުނެފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

މިދިޔަ މަހު ރާއްޖެ އަށް ޒިޔާރަތް ކުރި ޓޫރިސްޓުންގެ އަދަދު މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު، 0.1 ޕަސެންޓް ދަށަށް ގޮސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން މިއަދު ބުނެފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ މިދިޔަ މަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު 119،713 ޓޫރިސްޓުން ރާއްޖެ ޒިޔާރަތްކޮށްފައިވެ އެވެ. މިއީ އޭގެ ކުރީ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ޒިޔާރަތް ކުރި 119,774 މީހުންނާ އަޅާ ބަލާއިރު 0.1 ޕަސެންޓް ދަށްވުމެއް ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ.

ނަމަވެސް، މި އަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް، ރާއްޖެ އަށް ޒިޔާރަތް ކުރި ޓޫރިސްޓުންގެ އަދަދު، މިދިޔަ އަހަރުގެ އެ މުއްދަތާ ބަލާއިރު، 12.7 ޕަސަންޓު އިތުރުވެފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ. އެގޮތުން މިދިޔަ މަހުގެ ނިޔަލަށް 539،816 ޓޫރިސްޓުން ޒިޔާރަތް ކުރި ކަމަށް މިނިސްޓްރީން ބުންޏެވެ. އެކަމަކު، މިދިޔަ އަހަރުގެ އެ މުއްދަތުގެ ތެރޭގައި ރާއްޖެ ޒިޔާރަތް ކުރީ 478،827 ޓޫރިސްޓުންނެވެ.

އޭޕްރީލް މަހުގެ ބައެއް ތަފާސް ހިސާބުތައް:

- އެންމެ ގިނަ ޓޫރިސްޓުން ޒިޔާރަތް ކުރީ ޔޫރަޕްގެ ގައުމުތަކުން (55.9 ޕަސަންޓު)

- ޔޫރަޕް ގައުމުތަކުން 301،567 ޓޫރިސްޓުން ޒިޔާރަތް ކުރި

- ދެވަނަ އަށް ޓޫރިސްޓުން ޒިޔާރަތް ކުރީ އޭޝިއާ ޕެސިފިކް ސަރަހައްދުން (35.7 ޕަސަންޓު)

- އޭޝިއާ ޕެސިފިކް ސަރަހައްދުން 192،525 ޓޫރިސްޓުން ޒިޔާރަތް ކުރި

- ތިން ވަނަ އަށް އެންމެ ގިނަ މީހުން ޒިޔާރަތް ކުރީ އެމެރިކާ ސަރަހައްދުން (4.6 ޕަސަންޓު)

- އެމެރިކާ ސަރަހައްދުން 24،921 ޓޫރިސްޓުން ޒިޔާރަތް ކުރި

- މެދުއިރުމަތީ ގައުމުތަކުން 16،497 ޓޫރިސްޓުން ޒިޔާރަތް ކުރި (3.1 ޕަސަންޓު)

މިދިޔަ މަހުގެ ނިޔަލަށް ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން ޒިޔާރަތް ކުރި 10 މާކެޓުތަކަކީ ޗައިނާ، އިޓަލީ، އިނގިރޭސި ވިލާތް، ޖަރުމަނު، ރަޝިއާ، ފްރާންސް، އިންޑިއާ، ސްވިޒަލޭންޑް، އެމެރިކާ އަދި ޖަޕާނެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ ޗައިނާ އިން މި އަހަރުގެ ފުރަތަމަ ހަތަރު މަސް ނިމުނު އިރު، ރާއްޖެ އަށް ޒިޔާރަތް ކުރި ޓޫރިސްޓުންގެ އަދަދު ދަށްވެފައިވީ ނަމަވެސް، ދެން ހުރި މާކެޓުތަކަށް ނިސްބަތުން ބޮޑެތި ކުރިއެރުންތަކެއް އައިސްފައިވާ ކަމަށެވެ. މިދިޔަ މަހު ޗައިނާ އިން 15,093 މީހުން އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރު އައި 20,975 އައި މީހުންނާ އަޅާ ބަލާއިރު 28 ޕަސެންޓް ދަށްވުމެކެވެ.

މީގެއިތުރުން މިދިޔަ މަހުގެ ނިޔަލަށް ރާއްޖޭގައި ޓޫރިސްޓުން ބޭތިއްބުމަށް ޓޫރިޒަމް މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްފައިވާ 42،478 އެނދުގެ ތެރެއިން އެވްރެޖްކޮށް 41،076 އެނދު އޮޕަރޭޓް ކުރިއިރު، މި މުއްދަތުގައި ޓޫރިސްޓުން ހޭދަކޮށްފައިވާ ރޭގެ އަދަދު 14.6 ޕަސަންޓު އިތުރުވެފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.