22 މެއި 2018
ޅ. އަތޮޅުގެ ބައެއް ރަށްރަށަށް މިއަދު ހެނދުނު ގުޑުން އެރި ކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށާއި އެކަން ދިރާސާ ކުރަމުން އަންނަ ކަމަށް، މީޓިއޮރޮލޮޮޖިކަލް ސެންޓަރު (މެޓު) އިން ބުނެފި އެވެ.
ޅ. އަތޮޅުގެ ބައެއް ރަށްރަށަށް މިއަދު ހެނދުނު ގުޑުން އެރި ކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށާއި އެކަން ދިރާސާ ކުރަމުން އަންނަ ކަމަށް، މީޓިއޮރޮލޮޮޖިކަލް ސެންޓަރު (މެޓު) އިން ބުނެފި އެވެ.
އެތަނުން ބުނިގޮތުގައި ޅ. ހިންނަވަރާއި މާފިލާފުއްޓާއި އެ އަތޮޅުގެ ބައެއް ރިސޯޓުތަކުން ވެސް، ގުޑުމެއް އައި ކަމަށް ރިޕޯޓުކޮށްފައިވެ އެވެ. މި ގުޑުން އައި ކަމަށް ރަށްތަކުން ރިޕޯޓުކޮށްފައިވަނީ ހެނދުނު 6:30 އިން 6:45އާ ދެމެދުގައި ކަމަށް ވެސް މެޓުން ބުންޏެވެ.
ހިންނަވަރުން ވާހަކަ ދެއްކި މީހަކު ބުނީ ހެނދުނު 6:40 ހާއިރު، ހަތަރު ވަރަކަށް ސިކުންތަށް ރަށުގެ ބިންގަނޑު ވަރަށް ބޮޑަށް ގުޑި ކަމަށެވެ.
"އެ ވަގުތު އަޅުގަނޑަށް ހުރެވުނީ ގޭގެ ދޮރުމަތީގައި. ބިންގަނޑާއެކު ގެތައް ވެސް ވަރަށް ބޮޑަށް ހެލިގަތް. އެއީ ބިން ހެލުމެއް ކަމަށް ހީކޮށް ވަރަށް ބިރުގަތް އެވަގުތު،" ހިންނަވަރުން ވާހަކަ ދެއްކި މީހާ ބުންޏެވެ.
މެޓުން ބުނީ ޅ. އަތޮޅަށް އައީ ބިން ހެލުމެއް ކަމަށް އެތަނުގެ އެއްވެސް ސިސްޓަމަކުން ނުދައްކާ ކަމަށެވެ. އެހެންވެ، ލަފާ ކުރެވޭ ގޮތުން އެއީ ކަނޑުގެ އަޑިން، ހަމައެކަނި އެ ސަރަހައްދުގެ ބިންގަނޑަށް އެރި ލޮޅުމެއް ކަމަށް ބެލެވޭ ކަމަށާއި އެކަން އިތުރަށް ދިރާސާ ކުރަމުން އަންނަ ކަމަށް މޫސުމާ ބެހޭ އިދާރާއިން ބުންޏެވެ.
"އެކަމަކު މިއީ ރާއްޖޭގައި ވަރަށް ނުވާ ކަމެއް،" މެޓުގެ އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މީގެ ދެތިން އަހަރެއް ކުރިން، ށ. އަތޮޅުގެ ބައެއް ރަށްރަށަށް ވެސް މި ފަދަ ލޮޅުމެއްގެ އަސަރު ކުރި އެވެ.
ރާއްޖެ ކައިރިއަށް ކުޑަ ބިންހެލުމެއް، ނުރައްކަލެއް ނެތް
އައްޑުއާ ދިމާލުން ރާއްޖެ ސަރަހައްދަށް ހަތަރު ބިންހެލުން
ރާއްޖެ އަށް ބިންހެލުމުގެ އަސަރުކޮށްފި
ބިޑިއަޅުވަން އުޅުމުން ގަދަ ދެއްކި މީހަކަށް އަނިޔާވެއްޖެ
ވެރިކަމަށް ވަޑައިގެން ރައީސް ފުރަތަމަ ފަހަރަށް ރަށަށް
"ޅ.އަތޮޅުން ފެނުނީ އެމްޑީޕީ މާޔޫސްވެފައިވާ މަންޒަރު"
ހަވާލު ކުރި ޒިންމާ ފުރިހަމައަށް އަދާކުރިން: އިބޫ
އިބޫގެ އުފަން ރަށުން ލޯތްބާއި ކުލުނުގެ އެއް ގަޑިއިރު
އިބޫގެ އުފަން ރަށާއި ތިން އަތޮޅަކަށް ފުރާވަޑައިގެންފި
ހިންނަވަރުގައި ބޭރު ބައެއްގެ މުދާތަކެއް އަނދައިފި