Roadha Mihaaru
ރާއްޖެ އަށް ބިންހެލުމުގެ އަސަރުކޮށްފި

ރާއްޖެއަށް ބިންހެލުމުގެ އަސަރުކުރި، ސުނާމީއެއް އުފެދޭނެ ކަމަށް ނުބެލެވޭ: މެޓް

29 އޯގަސްޓް 2022

ބިން ހެލުމެއްގެ އަސަރުކޮށް، އިމާރާތް ގުޑުން އެރުމުން، ހެލްތު މިނިސްޓްރީ ހިންގާ ރޯޝަނީ ބިލްޑިންގް ދެންމެ ހުސްކޮށްފި އެވެ.

ބައެއް މުވައްޒަފުންނަށް އެނގުން ވާ ވަރަށް ގުޑުމުގެ އަސަރު ކުރުމުން، 9 ބުރީގެ އިމާރާތުގައި މަސައްކަތްކުރާ ގާތްގަނޑަކަށް ހުރިހާ މުވައްޒަފުން މިހާރު ތިބީ މަގުމަތީގަ އެވެ.

ނަމަވެސް މޫސުމާ ބެހޭ އިދާރާ އިން ދެންމެ ބުނީ، އިންޑޮނީޝިއާ އަށް ބިންހެލުމެއް އައި ނަމަވެސް އޭގެ އަސަރު ރާއްޖެ އަށް ކުރާނެ ކަމަކަށް ނުބެލެވޭ ކަމަށެވެ.

ހެލްތު މިނިސްޓްރީ ހިންގާ ރޯޝަނީ ބިލްޑިންގަށް މިއަދު ހެނދުނު ގުޑުން އެރުމުން، އެ ތަނުގައި މަސައްކަތްކުރާ މުވައްޒަފުން މަގުމަތީގައި.---ފޮޓޯ: ނިޝާން އަލީ| މިހާރު

"އެކަމަކު ދެ މީހަކު ގުޅި ބިންހެލުމެއްގެ އަސަރުކުރި ކަމަށް ބުނެ،" މޫސުމާ ބެހޭ އިދާރާގެ އޮފިޝަލް ވިދާޅުވި އެވެ.

ސޯސަންމަގުގައި ހުންނަ ހެލްތު މިނިސްޓްރީގެ މުވައްޒަފަކު ބުނި ގޮތުގައި މަސައްކަތުގައި ތިއްބައި ބިން ހެލުމެއްގެ އަސަރު ގޮތަށް އިމާރާތަށް ގުޑުން އެރިކަން ބައެއް މީހުންނަށް ފާހަގަވި އެވެ. އެކަމަކު ބައެއް މުވައްޒަފުންނަށް އެކަން އިހްސާސް ނުވާ ކަމަށް އޭނާ ބުންޏެވެ.

ހެލްތު މިނިސްޓްރީ ހިންގާ ރޯޝަނީ ބިލްޑިންގަށް މިއަދު ހެނދުނު ގުޑުން އެރުމުން، އެ އިމާރާތުގައި މަސައްކަތްކުރާ ބައެއް މުވައްޒަފުން މަގުމަތީގައި.---ފޮޓޯ: ނިޝާން އަލީ| މިހާރު

"ބައެއް މީހުންނަށް އެނގުންވި ބާރު ގުޑުމެއް އެރިކަން. އިމާރާތުގައި އާދައިގެ ގޮތަކަށް ހިނގި ކަމެއް ނޫން ކަން އެނގުނީމަ އެންމެން ތިރިއަށް ފޭބީ،" އޭނާ ބުންޏެވެ.

ހެލްތު މިނިސްޓްރީ ހިންގާ ރޯޝަނީ ބިލްޑިންގަށް މިއަދު ހެނދުނު ގުޑުން އެރުމުން، އެ އިމާރާތުގައި މަސައްކަތްކުރާ ބައެއް މުވައްޒަފުން މަގުމަތީގައި.---ފޮޓޯ: ނިޝާން އަލީ| މިހާރު

ހެލްތު މިނިސްޓްރީ ހިންގާ ރޯޝަނީ ބިލްޑިންގަށް މިއަދު ހެނދުނު ގުޑުން އެރުމުން، އެ އިމާރާތުގައި މަސައްކަތްކުރާ ބައެއް މުވައްޒަފުން މަގުމަތީގައި.---ފޮޓޯ: ނިޝާން އަލީ| މިހާރު

ރޯޝަނީ ބިލްޑިންގްގައި މަސައްކަތްކުރާ މުވައްޒަފުން ނޫނަސް މާލޭގައި ބައެއް މީހުންނަށް މިއަދުގެ ހެނދުނު ބިންހެލުމެއްގެ އަސަރުކުރި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވާހަކަ ދެއްކި އެވެ.