Roadha Mihaaru

ޑރ. މަޖީދުގެ ހާލު ސީރިއަސްވެ، އައިސީޔޫގައި

ކުރީގެ އިސްލާމިކް މިނިސްޓަރު އަބްދުލް މަޖީދު އަބްދުލް ބާރީގެ ސިއްހީ ހާލުކޮޅު ގޯސްވެ، ސްރީލަންކާގެ ލަންކާ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދޭން ފަށައިފި އެވެ.

ޑރ. މަޖީދުގެ ހާލު ސީރިއަސްވެ، އައިސީޔޫގައި
އާމިނަތު ޝިފްލީން
އާމިނަތު ޝިފްލީން

18 މެއި 2018

ކުރީގެ އިސްލާމިކް މިނިސްޓަރު އަބްދުލް މަޖީދު އަބްދުލް ބާރީގެ ސިއްހީ ހާލުކޮޅު ގޯސްވެ، ސްރީލަންކާގެ ލަންކާ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދޭން ފަށައިފި އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި ޑރ. މަޖީދުގެ ހާލުކޮޅު ގޯސްވީ ލަންކާގައި ހުންނަވަނިކޮށެވެ. އަދި އައިސީޔޫގައި މިހާރު ފަރުވާ ދެމުން އަންނައިރު ހާލަތަށް މާ ބޮޑަށް ބަދަލެއް ނާންނަ ކަމަށް އެނގިފައިވެ އެވެ.

އޭނާގެ ބަލީގެ މައުލޫމާތާއި މިކަމާ ގުޅޭ ތަފްސީލު އަދި ސާފުވާ ގޮތެއް ނުވެ އެވެ.

ދީނީ އިލްމުވެރިޔާ އަދި އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސް ޑރ. މަޖީދު މި ފަހުން ވަނީ އިދިކޮޅު ފަރާތްތަކާއެކު ރަށްތަކަށް ދަތުރުކުރައްވައި ސިޔާސީ އެކި ހަރަކާތްތަކުގައި ބައިވެރިވެ ވަޑައިގެންފަ އެވެ.