21 މެއި 2018
އެމްޑީޕީގެ ސަރުކާރުގައި އިސްލާމިކް މިނިސްޓަރުކަން ކުރެއްވި ޑރ. އަބްދުލް މަޖީދު އަބްދުލްބާރީގެ ހާލު ދެރަވެ، ލަންކާ ހޮސްޕިޓަލްގެ އައިސީޔޫގައި އެޑްމިޓް ކުރި ޚަބަރު އެއްސެވީ ފުން ހިތާމައާ އެކު ކަމަށް ރައީސް އަބްދުﷲ ޔާމީން އިއްޔެ ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ސަރުކާރުގައި އިސްލާމިކް މިނިސްޓަރުކަން ކުރެއްވި ޑރ. އަބްދުލް މަޖީދު އަބްދުލްބާރީގެ ހާލު ދެރަވެ، ލަންކާ ހޮސްޕިޓަލްގެ އައިސީޔޫގައި އެޑްމިޓް ކުރި ޚަބަރު އެއްސެވީ ފުން ހިތާމައާ އެކު ކަމަށް ރައީސް އަބްދުﷲ ޔާމީން އިއްޔެ ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒް އަލީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އިދިކޮޅު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސް ޑރ. މަޖީދަށް އަވަސް ޝިފާއަކަށް ރައީސް ޔާމީން އެދިވަޑައިގަންނަވާ ކަމަށެވެ.
"...މި ހިތާމަވެރި ވަގުތުގައި، ޑރ. މަޖީދުގެ އާއިލާ އަށް ކެތްތެރިކަން ދެއްވުން އެދި ﷲ އަށް ދުއާ ދަންނަވަން،" ރައީސް ޔާމީނާ ހަވާލާ ދެއްވައި ތަރުޖަމާން މުއާޒް ވިދާޅުވި އެވެ.
ދީނީ އިލްމުވެރިޔާ، އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުގައި އުފެއްދި ކީރިތި ގުރުއާނާ ބެހޭ މަރުކަޒުގެ ރައީސްކަން ވެސް ކުރެއްވި ޑރ. މަޖީދަށް ސްޓްރޯކެއް ޖެހި ލަންކާ ހޮސްޕިޓަލްގެ އައިސީޔޫގައި މިދިޔަ ހުކުރު ދުވަހު އެޑްމިޓް ކުރީ، ބައްދަލުވުމަކަށް ލަންކާ އަށް ވަޑައިގެން އުޅުއްވަނިކޮށެވެ.
ލޭ މައްޗަށް ދިއުމުގެ މައްސަލަ ހުންނަ ޑރ. މަޖީދު މިވަގުތު އޮންނެވީ ވެންޓިލޭޓަރުގައި ކަމަށް ވާއިރު އޭނާގެ ހާލު ވަރަށް ސީރިއަސް ކަމަށް ވެ އެވެ.
ނާޒިމްގެ ވާހަކަތައް މުއާޒު ދޮގުކުރައްވައިފި
އާދިއްތަ އަކީ ސަރުކާރު ބަންދު ދުވަހެއް
"ވަކި ބޭފުޅަކު ބޭނުންވާ ގޮތަށް ސަރުކާރު ނުހިންގާނެ"
ބޮޑު އިމާރާތުން ހިދުމަތަށް އައީ ކޮން ބަދަލެއް؟
ކޮވިޑް ވެކްސިން ޖެއްސެވުމަށް ޔާމީން ދެކޮޅު ހައްދަވައިފި
ފަރުވާއަށް ޔާމީން ގެއަށް ބަދަލުކުރަން ޖެހޭ: ވަހީދު
ޔާމީނަށް އަމިއްލަފުޅަށް ހިންގަވަން ދަތި: އިދިކޮޅު
ޔާމީންގެ ސިއްހީ ހާލަތު ދެރަ: އަދުރޭ
މިއީ ޔާމީން ގެއަށް ބަދަލުކޮށް ދޭންވީ ވަގުތު: އިދިކޮޅު
ޔާމީން، ފަރުވާއަށް ބޭރަށް ފޮނުވަން ޑޮކްޓަރުން ލަފާދީފި