ކޮވިޑު-19 އިން ދިފާއުވުމަށް ވެކްސިން ޖެއްސެވުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިރޭ އިންކާރުކުރައްވައިފި އެވެ.
15 އެޕްރީލް 2021
ކޮވިޑު-19 އިން ދިފާއުވުމަށް ވެކްސިން ޖެއްސެވުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިރޭ އިންކާރުކުރައްވައިފި އެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ވެކްސިން ޖެހުމަށް ޔާމީން މާލެ ގެނައީ މިރޭ 9:45 ހާއިރު ކަމަށެވެ. އެކަމަކު އެކަމަށް އިންކާރު ކުރެއްވުމުން އަނބުރާ މާފުށީ ޖަލަށް ގެންދިޔައީ ކަމަށް ވިދާޅުވި އެވެ.
މަނީ ލޯންޑަރިންގެ ކުށުގައި ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ޔާމީން ވެކްސިން ޖެއްސެވުމަށް އިންކާރުކުރެއްވި ސަބަބެއް ސާފެއް ނުވެ އެވެ.
އެނގިފައިވާ ގޮތުގައި ޔާމީނަށް ވެކްސިން ދިނުމަށް ގެންދިޔައީ އޭޑީކޭ ހޮސްޕިޓަލަށެވެ.
ރާއްޖޭގައި މި ވަގުތު އާއްމުކޮށް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހަމުން އަންނަނީ ޗައިނާގެ ސައިނޯފާމް ވެކްސިނުންނެވެ. ފައިޒާ ވެކްސިން ޖަހައިދެނީ ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށް އެކަންޏެވެ.
ކަރެކްޝަންސް އިން ބުނީ މާލޭ ޖަލާއި ހުޅުމާލެ ޖަލުގައި ތިބި ގައިދީން ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ކަމަށެވެ.
ބަލަން އުޅުނު ފައިލްގައި ޔާމީންގެ ފޯމެއް ނެތް:ވަކީލުން
ފައިލް ނުދެއްކުމުން ޔާމީންއާ ބައްދަލުކުރިޔަ ނުދިން!
ޔާމީން މިނިވަން ކުރަން ގޮވާލާ އިދިކޮޅުން މުޒާހަރާއަށް
އިގުރާރާ ހިލާފު ކަމެއް ޔާމީން ނުކުރައްވާ: ވަކީލު
އެއްވުމުގައި ޔާމީން ބައިވެރިވުމުން ފިޔަވަޅު އަޅަނީ
"ޔާމީން ގެއަށް ބަދަލުކުރުމުގެ މަޝްވަރާ އަދި ނުނިމޭ"
ޔާމީން ކޮވިޑް ވެކްސިން ޖައްސަވައިފި
ޔާމީނަށް އަމިއްލަފުޅަށް ހިންގަވަން ދަތި: އިދިކޮޅު
ތިން ކުއްޖަކު މަރުވި މައްސަލަ މަޖިލީހަށް ހުށަހަޅައިފި
ޔާމީންގެ ސިއްހީ ހާލަތު ދެރަ: އަދުރޭ