Roadha Mihaaru
ކާންސްގައި ސްރީދޭވީގެ އަގު ވަޒަންކޮށްފި

ކާންސްގައި ސްރީދޭވީގެ އަގު ވަޒަންކޮށް، ހާއްސަ އެވޯޑެއް ދީފި

19 މެއި 2018

މިއަދު ނިންމައިލާ 71 ވަނަ ކާންސް ފިލްމް ފެސްޓިވަލްގައި، ދާދި ފަހުން މަރުވި ބޮލީވުޑްގެ މަޝްހޫރު ބަތަލާ ސްރީދޭވީ ސިނަމާ އަށް ކޮށް ދީފައިވާ ހިދުމަތްތަކުގެ އަގު ވަޒަންކޮށް އޭނާ އަށް ހާއްސަ އެވޯދެއް ދީފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިއަދު ނިންމައިލާ 71 ވަނަ ކާންސް ފިލްމް ފެސްޓިވަލްގައި، ދާދި ފަހުން މަރުވި ބޮލީވުޑްގެ މަޝްހޫރު ބަތަލާ ސްރީދޭވީ ސިނަމާ އަށް ކޮށް ދީފައިވާ ހިދުމަތްތަކުގެ އަގު ވަޒަންކޮށް އޭނާ އަށް ހާއްސަ އެވޯދެއް ދީފި އެވެ.

އުމުރުން 53 އަހަރުގައި މިދިޔަ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ކުއްލި ގޮތަކަށް މަރުވި ބަތަލާ އަށް ޓްރިބިއުޓެއް ދީ، އޭނާ އަށް ވަނީ ޓައިޓެން ރެޖިނޯލްޑް އެފް ލުވިސް ފިލްމް އޮނާގެ ފިލްމް އައިކަން އެވޯޑް އަރުވައިފަ އެވެ. ސްރީދޭވީގެ ފަރާތުން އެ އެވޯޑާ ހަވާލުވީ މަޝްހޫރު ޑައިރެކްޓަރު/ޕްރޮޑިއުސަރު ސުބާޝް ގާއީ އާއި ޕްރޮޑިއުސަރު ނަމްރަތާ ގޯޔަލް އެވެ.

ގާއީ ވަނީ އެވޯޑާ ހަވާލުމަށް ފަހު، އެ ހަފުލާގެ ބައެއް ފޮޓޯތައް ވެސް ޓްވީޓާގައި ހިއްސާކޮށްފަ އެވެ. ސްރީދޭވީ ވަނީ ގާއީއަކީ 1986 ގެ "ކަރްމާ" ގައި މަސައްކަތްކޮށްފަ އެވެ.

ގާއީގެ ޓްވީޓް.

ކާންސްގައި ސްރީދޭވީ އަށް ހާއްސަ އެވޯޑެއް ދިން އިރު، މި އަހަރު މާޗްގައި ބޭއްވި 90 ވަނަ އޮސްކާ އެވޯޑްގައި ވެސް އޭނާގެ ހަނދާންތައް އާކޮށްފައިވެ އެވެ.

ތިންސަތޭކައެއްހާ ފިލްމް ކުޅެފައިވާ ސްރީދޭވީ އެންމެ ފަހުން ކުޅުނު އަދި މިދިޔަ އަހަރު ރިލީޒް ކުރި "މޮމް" އިން އޭނާ އަށް ވަނީ މި އަހަރު އެންމެ މޮޅު ބަތަލާގެ ނެޝަނަލް އެވޯޑް ވެސް ލިބިފަ އެވެ.

މި އަހަރުގެ ޑިސެމްބަރު މަހުގެ 21 ގައި ރިލީޒް ކުރާ ޝާހްރުކް ހާންގެ ފިލްމް "ޒީރޯ" ގެ ހާއްސަ ފެނިލުމަކުން ސްރީދޭވީ ފެނިގެން ދާނެ އެވެ. އޭނާ މަރުވުމާ ގުޅިގެން ފިރިމީހާ އަދި ޕްރޮޑިއުސަރު ބޯނީ ކަޕޫރް ވަނީ ސްރީދޭވީއާ ބެހޭ ޑޮކިއުމަންޓްރީއެއް ވެސް ހަދަން ނިންމައިފަ އެވެ.