Roadha Mihaaru
ކިއާރާގެ އެކްސެންޓް ބޮޑު ޖޯކަކަށް

ކިއާރާގެ އެކްސެންޓް ބޮޑު ޖޯކަކަށް

22 މެއި 2024

ބޮލީވުޑް އެކްޓަރު ކިއާރާ އަދްވާނީ ކޭން ފިލްމް ފެސްޓިވަލުގައި ދިން އިންޓަވިއުއެއްގައި އޭނާ ވާހަކަ ދެއްކި ގޮތް ބޮޑު ޖޯކަކަށް ހަދައިފި އެވެ.

ހަފީޒާ އަހުމަދު ހަފީޒާ އަހުމަދު

ބޮލީވުޑް އެކްޓަރު ކިއާރާ އަދްވާނީ ކޭން ފިލްމް ފެސްޓިވަލުގައި ދިން އިންޓަވިއުއެއްގައި އޭނާ ވާހަކަ ދެއްކި ގޮތް ބޮޑު ޖޯކަކަށް ހަދައިފި އެވެ.

އޭނާގެ 10 އަހަރުގެ އެކްޓިން ކެރިއަރުގައި ފުރަތަމަ ފަހަރަށް މިފަަދަ ބޮޑު އިވެންޓަކަށް ދައުވަތު ލިބުމަކީ އޭނާ ވަރަށް އުފާވާކަމެއް ކަމަށް އޭނާގެ އިންޓަވިއުގައި ބުނެ އެވެ.

ފްރާންސްގެ ކާންސް ސިޓީގައި މިހާރު ކުރިއަށް ގެންދާ މި އަހަރުގެ ކޭން ފިލްމް ފެސްޓިވަލުގެ ރެޑްކާޕެޓް އިވެންޓުގައި ބޮލީވުޑް ތަރި ކިއާރާ އަދްވާނީ ލައިގެން ހުރީ ފިޔާތޮށި އަދި ކަޅުކުލައިގެ ގައުން އެކެވެ.

ނަމަވެސް ގިނަ ބައެއްގެ ސަމާލުކަން ދިޔައީ އޭނާގެ ވާހަކަ ދެއްކުން ހުރި ގޮތަށެވެ. ގިނަ ބަޔަކު ބުނަނީ ވަރަށް ފޭކު އެކްސެންޓެއް ކަމަށެވެ.

އޭނާގެ އިންޓަވިއުގައި "ވެރީ" އަދި "އެޓް" މި ދެބަސް ކިޔާފައިވާ ގޮތަށް ގިނަބަޔަކު މަލާމާތް ވަނީ ލިބިފައި އެވެ.

ކިއާރާގެ އިންޓާވިއު އަށް ފަހު ސޯޝަލް މީޑިއާގައި ގިނަބަޔަކު އަންނަނީ ފާޑު ކިޔަމުންނެވެ.

އެކްޓަރު ކިއާރާގެ ކުރިއަށް ހުރި މަސައްކަތްތަކުގެ ތެރޭގައި ޕޮލިޓިކަލް އެކްޝަން ފިލްމު "ގޭމް ޗޭންޖާ" އަދި ފިލްމު "ވޯ 2" ހިމެނެ އެވެ.

ބޮލީވުޑް އެކްޓަރު ސިދާތު މަލްހޯތުރާ އަދި ކިއާރާ އަދްވާނީ ކައިވެނީގެ ގޮތުން ގުޅުނީ މިދިޔަ އަހަރު ފެބްރުއަރީ މަހު އެވެ.