Roadha Mihaaru
ޔުނިވާސަލުން އިމާރާތްކުރި ޒިޔާރަތް މިސްކިތް ހުޅުވައިފި

ޔުނިވާސަލުން އިމާރާތްކުރި މިސްކިތް ރައީސް ހުޅުވައިދެއްވައިފި

18 މެއި 2018

ކުރީގެ މަޝްހޫރު ޒިޔާރަތް މިސްކިތް ތަޅާލުމަށް ފަހު ޔުނިވާސަލް އެންޓާޕްރައިސަސްގެ ހިލޭ އެހީގައި އެޅި ތިން ބުރީގެ ރީތި މިސްކިތް ރައީސް އަބްދުﷲ ޔާމީން މިއަދު ހުޅުއްވައިދެއްވައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ކުރީގެ މަޝްހޫރު ޒިޔާރަތް މިސްކިތް ތަޅާލުމަށް ފަހު ޔުނިވާސަލް އެންޓާޕްރައިސަސްގެ ހިލޭ އެހީގައި އެޅި ތިން ބުރީގެ ރީތި މިސްކިތް ރައީސް އަބްދުﷲ ޔާމީން މިއަދު ހުޅުއްވައިދެއްވައިފި އެވެ.

މިސްކިތް ހުޅުއްވައިދެއްވުމަށް ރައީސް ފޮޓޯއަކަށް ހުއްޓިވަޑައިގެން

މިސްކިތް ހުޅުއްވައިދެއްވުމަށް ރައީސް ފޮޓޯއަކަށް ހުއްޓިވަޑައިގެން

ރައީސް ޔާމީން ދިރިއުޅުއްވާ ހިލާލީގޭގެ އުތުރުން ހުންނަ އެ މިސްކިތް މިއަދު ރަސްމީކޮށް ހުޅުއްވައި ދެއްވައި ރައީސް ވަނީ އެ މިސްކިތުގައި ހުކުރު ކުރައްވައިފަ އެވެ. އަރިހުގައި ތިއްބެވީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދާއި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފެވެ. އަދި ޔުނިވާސަލްގެ ޗެއާމަން މުހަންމަދު އުމަރު މަނިކު ވެސް ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވި އެވެ.

ރައީސް އަބްދުﷲ ޔާމީން ޒިޔާރަތް މިސްކިތް ހުޅުވައި ދެއްވަނީ-- ފޮޓޯ: ނިޝާން އަލީ/މިހާރު

ރައީސް އަބްދުﷲ ޔާމީން ޒިޔާރަތް މިސްކިތް ހުޅުވައި ދެއްވަނީ-- ފޮޓޯ: ނިޝާން އަލީ/މިހާރު

އެންމެ ފުރަތަމަ ޒިޔާރަތެއް ހުރި އެ ބިމުގެ މުޅި ގޯތީގައި މިހާރު އިމާރާތްކޮށްފައިވާ ރީތި، ޒަމާނީ ތިން ބުރީގެ އެ މިސްކިތަކީ 1700 މީހުން ޖާގައިގެ މިސްކިތެވެ. އަންހެނުންނާއި ފިރިހެނުންނަށް ވަކި ފާހާނާ ބަރިއަކާއި ވަކިން ވުޟޫ ކުރެވޭނެ އިންތިޒާމް ވަނީ ހަމަޖައްސައިފަ އެވެ. ޓެރަހަކާ އެކު އިމާރާތްކޮށްފައިވާ އެ މިސްކިތް ވަނީ ލަކުޑީގައި ގުރުއާނުގެ އާޔަތްތައް ލިޔެ ޒީނަތްތެރިކޮށްފަ އެވެ.

ރައީސް ޔާމީން މިއަދު ހުޅުވައިދެއްވި ޒިޔާރަތް މިސްކިތް، މިއީ 1700 މީހުން ޖާގައިގެ މިސްކިތެއް-- ފޮޓޯ: ނިޝާން އަލީ/މިހާރު

ރައީސް ޔާމީން މިއަދު ހުޅުވައިދެއްވި ޒިޔާރަތް މިސްކިތް، މިއީ 1700 މީހުން ޖާގައިގެ މިސްކިތެއް-- ފޮޓޯ: ނިޝާން އަލީ/މިހާރު

އަލަށް އިމާރާތްކުރި މިސްކިތުގެ އިތުރުން މީގެ ކުރިން އެބިމުގައި ދެ މިސްކިތެއް އިމާރާތްކޮށްފައި ހުއްޓެވެ. އެ ދެ މިސްކިތް ވެސް އިމާރާތްކޮށް ބަލަހައްޓާފައިވަނީ ޔުނިވާސަލް އެންޓަޕްރައިޒަސް ނިސްބަތްވާ ކޮލިގެ އާއިލާ މީހުންނެވެ.

އެންމެ ކުރީގެ ޒިޔާރަތް މިސްކިތް-- ފޮޓޯ: ޔުނިވާސަލް

އެންމެ ކުރީގެ ޒިޔާރަތް މިސްކިތް-- ފޮޓޯ: ޔުނިވާސަލް

އިސްލާމިކް މިނިސްޓްރީން ކުރިން ބުނެފައިވަނީ ޒިޔާރަތް މިސްކިތް ރޯދަ މަހަށް ހުޅުވަނީ ވަގުތީ ގޮތުން ކަމަށެވެ. ނަމަވެސް މިއަދު އެ މިސްކިތް ހުޅުވީ ހުރިހާ މަސައްކަތެއް ނިންމައި ދާއިމީކޮށެވެ.

ކުރިން ހުރި މިސްކިތް ތަޅާލައި އާ މިސްކިތް އިމާރާތް ކުރުމުގެ މަސައްކަތް ފެށީ މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގަ އެވެ.