08 މެއި 2018
ބޮޑުބޭބޭފުޅު ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން، ރިޝްވަތު ދީގެން ވައްޓާލަން އުޅުނު ކަމަށް ސަރުކާރުން ތުހުމަތު ކޮށްފައިވާ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަނބަލުން ޔުމްނާ މައުމޫން ވަކީލެއް ހަމަޖެއްސުމަށް ފަސް ދުވަހުގެ މުއްދަތެއް ފުލުހުން މިއަދު ދީފި އެވެ.
ބޮޑުބޭބޭފުޅު ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން، ރިޝްވަތު ދީގެން ވައްޓާލަން އުޅުނު ކަމަށް ސަރުކާރުން ތުހުމަތު ކޮށްފައިވާ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަނބަލުން ޔުމްނާ މައުމޫން ވަކީލެއް ހަމަޖެއްސުމަށް ފަސް ދުވަހުގެ މުއްދަތެއް ފުލުހުން މިއަދު ދީފި އެވެ.
ގާނޫނާ ޚިލާފަށް ވެރިކަން ވައްޓާލަން އުޅުމުގެ ތުހުމަތު ފުލުހުން ޔުމްނާގެ މައްޗަށް ކުރާއިރު، އޭނާ ފުލުސް އޮފީހަށް މިއަދު ވަޑައިގެންނެވީ ވަކީލަކާ ނުލަ އެވެ. އެހެންވެ، ފުލުހުން ވަނީ ވަކީލަކު ހަމަޖައްސަން އޭނާ އަށް ފަސް ދުވަހުގެ މުއްދަތެއް ދީ، އަންނަ އާދިއްތަ ދުވަހު ފުލުހުންގެ އިދާރާ އަށް ހާޒިރުވާން އަންގައިފަ އެވެ.
ފުލުސް އޮފީހަށް ވަޑައިގެންނެވުމުގެ ކުރިން، ޔުމްނާ ވަނީ ވަކީލަކު ހަމަޖައްސަން ފަސް ދުވަހުގެ މުއްދަތެއް ދިނުމަށް އެދިފަ އެވެ. އެކަމަކު، ފުލުހުން އެންމެ ފުރަތަމަ ނިންމީ އެ ފުރުސަތު ދެވެން ނެތް ކަމަށެވެ. އެކަމަކު ފަހުން މިވަނީ އެ ފުރުސަތު ދީފަ އެވެ.
ވެރިކަން ވައްޓާލަން އުޅުމުގެ ތުހުމަތުގައި، ބައްޕާފުޅު މައުމޫނާއި ކޮއްކޯފުޅު އަހުމަދު ފާރިސް މައުމޫން އަދި ފިރިކަލުން މުހައްމަދު ނަދީމް ވެސް ވަނީ ޝަރީއަތް ނިމެންދެން ޖަލުގައި ބަންދުކޮށްފަ އެވެ. އަދި މައުމޫން މިހާރު އުޅުއްވަނީ ވަރަށް ބޮޑަށް އާލާސްކަންފުޅާ ކަމަށް އާއިލާ އިން ބުނެ އެވެ.
ފާރިސްގެ ޑީލް ހެދުމުގެ ވިސްނުމެއް، މާޔޫސްވުމެއް ނެތް
ޔުމްނާ މައުމޫން ފުލުސް އޮފީހަށް ހާޒިރުކުރަނީ
ފޮށި ފެންނާނެ ކަން އޮތީ "އިލްހާމްވެފައި": ވަކީލުން
މައުމޫނާ އަރަބިން ވާހަކަދައްކާތީ މައްސަލައަކަށް ވެއްޖެ
މައުމޫންގެ ހަފުލާ ހުއްޓުވި ސަބަބު ބުނެދޭން ނުޖެހޭތަ؟
މައުމޫން ފެކްޝަނުން ފުލުހަށް މައްސަލަ ހުށަހަޅައިފި
ޔާމީންގެ ދިފާއުގައި ދޮގުހެކި ދިން މައްސަލަ ދިރާސާކުރަނީ
ތަހުގީގަށް މީހުން ހައްޔަރުކޮށްގެން ނުވާނެ: ޔާމީން
ޔާމީންގެ ގެކޮޅަށް ގެއްލުންދިން މީހާ ދޫކޮށްލައިފި
ތާއީދު ގެންދެވީ ކޮރަޕްޝަނާއި އަނިޔާވެރިވުމުން: ޔުމްނާ