07 ފެބުރުއަރީ 2018
ސަރުކާރު ވައްޓާލަން އުޅުމާއި ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް، އެމަނިކުފާނުގެ ވަކީލުންނާ އަރަބި ބަހުން ވާހަކަފުޅު ދައްކަވާތީ ފުލުހުންނަށް މައްސަލައަކަށް ވެއްޖެ އެވެ.
ސަރުކާރު ވައްޓާލަން އުޅުމާއި ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް، އެމަނިކުފާނުގެ ވަކީލުންނާ އަރަބި ބަހުން ވާހަކަފުޅު ދައްކަވާތީ ފުލުހުންނަށް މައްސަލައަކަށް ވެއްޖެ އެވެ.
ދޫނިދޫގައި ހައްޔަރުކޮށްފައިވާ، މައުމޫންގެ ވަކީލުންގެ ޓީމުގައި ހިމެނޭ، ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓަ ޖެނެރަލް ހުސެއިން ޝަމީމް މިއަދު ވިދާޅުވީ މައުމޫންއާ އިއްޔެ އޭނާ ވާހަކަ ދެއްކެވީ އަރަބި ބަހުން ކަމަށެވެ. އެކަމާ ފުލުހުން ހިތްހަމަ ނުޖެހިގެން، ދިވެހި ބަހުން ވާހަކަ ދައްކަން ވަކީލުންނަށް އަންގާފައިވާ ކަމަށް ޝަމީމް ވިދާޅުވި އެވެ.
@PoliceMv have just informed us that we, lawyers can speak to our clients, including @maumoonagayoom only in DHIVEHI. #maadhareebus #arabicspeakingclient
— Hussain Shameem (@HuShameem) February 7, 2018
"ވަކީލުންނާއެކު ބޭއްވި ބައްދަލުވުމުގައި އަޅުގަނޑު އަރަބި ބަހުން ރައީސް މައުމޫނާ ވާހަކަ ދެއްކީ. އިއްޔެއަކު ނުބުނޭ، އަރަބިން ވާހަކަ ނުދައްކާށޭ. އެކަމަކު މިއަދު މައުމޫން ހަމީދު [ވަކީލުންގެ ޓީމުގައި ހިމެނޭ] ވަޑައިގަތީމަ ފުލުހުން އެންގީ ވަކީލުންނަށް އަރަބިން ވާހަކަ ނުދައްކޭނެ ކަމަށް،" ޝަމީމް ވިދާޅުވި އެވެ.
ފުލުހުން މިގޮތަށް އެންގި ނަމަވެސް، މުވައްކިލުންނާ ވާހަކަ ދައްކަން ޖެހޭނީ ވަކި ބަހަކުން ކަން ގާނޫނުގައި ކަނޑައަޅާފައި ނުވާ ކަން ޝަމީމް ފާހަގަކުރެއްވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މައުމޫން ހައްޔަރުކޮށްފައި ހުންނެވި ނަމަވެސް އެމަނިކުފާނުގެ ތަހުގީގެއް އަދި ނުފަށަ އެވެ. މައުމޫންގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވާއިރު، މިހާތަނަށް އެއްވެސް ސުވާލެއް ކޮށްފައި ނުވާ ކަމަށް ވިދާޅުވި އެވެ.
"ވަރަށް ހިތްވަރު ގަދަކޮށް ރައީސް މައުމޫން ހުންނެވީ،" ޝަމީމް ވިދާޅުވި އެވެ.
ޝަމީމް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ/މިހާރު
މައުމޫން ހައްޔަރުކުރަން އުޅޭ ކަމުގެ އަޑުތައް ފެތުރުނުތާ ދުވަސްތަކެއް ފަހުން، އެމަނިކުފާނު ހައްޔަރުކުރީ ދިރިއުޅުއްވާ ގެކޮޅު މ. އެންދެރިމާގެ ބަލައި ފާސްކުރުމަށް ފަހު އެވެ. ދަރިކަލުން ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް އަށް ކުރާ ތުހުމަތުތައް މައުމޫނަށް ކުރާއިރު، ހަ މަސް ދުވަހުގެ ޖަލު ބަންދުން ފާރިސް ދޫކޮށްލީ މައުމޫން ހައްޔަރުކުރުމަށް ފަހު އެވެ.
އެއްބަފާ ކޮއްކޯފުޅު، ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ގެންނެވުމަށް އެންމެ ބުރަކޮށް މަސައްކަތްޕުޅު ކުރެއްވި މައުމޫން ހައްޔަރުކުރުމުން ސަރުކާރަށް ވަނީ ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވެފަ އެވެ. މައުމޫން، ސަރުކާރާ ފެއަށް ޖެހިވަޑައިގަތީ، ރައީސް ޔާމީން ވެރިކަން ކުރައްވާ ގޮތުން ގައުމާއި ރައްޔިތުންނަށް ގެއްލުންވަމުންދާ ކަމަށް ވިދާޅުވެ އެވެ.
މި ސަރުކާރުން މައުމޫން ހައްޔަރު ކުރި އިރު، މީގެ ކުރިން ދެ ފަހަރެއްގެ މަތިން، ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި ވެސް މައުމޫން ވަނީ ހައްޔަރުކޮށްފަ އެވެ. އެގޮތުން ނާސިރުގެ ސިޔާސަތަށް ފާޑުވިދާޅުވެގެން 1973 ގައި ހައްޔަރުކޮށް، ހަތަރު އަހަރަށް އަރުވާލަން ހުކުމްކުރި އެވެ. އެކަމަކު ހދ. މަކުނުދޫގައި ފަސް މަސް ދުވަސް ހޭދަކުރެއްވި ތަނުން، ނާސިރުގެ ދެ ވަނަ ދައުރު ފެއްޓެވުމުގެ މުނާސަބަތުގައި ދެއްވި އަފޫއާންމެއްގައި މިނިވަންވެވަޑައިގެންނެވި މައުމޫން، ދެ ވަނަ ފަހަރަށް ހައްޔަރުކުރީ 1974 ގަ އެވެ. އެ ފަހަރު މާލޭ ޖަލުގައި 50 ދުވަހު އޮންނެވި އެވެ.
ފާރިސްގެ ޑީލް ހެދުމުގެ ވިސްނުމެއް، މާޔޫސްވުމެއް ނެތް
ފޮށި ފެންނާނެ ކަން އޮތީ "އިލްހާމްވެފައި": ވަކީލުން
ބޮޑު އަމުރުން ވެރިކަމުގެ މައިބަދަ ބިނދުނު
ވަކީލަކު ހަމަޖައްސަން ޔުމްނާ އަށް ފަސް ދުވަސް ދީފި
މައުމޫނާއި ފަނޑިޔާރުންނާ މެދު ޕީޖީން ގޮތެއް ނުނިންމާ
"ތިޔަ އައީ ހާލު ބަލާކަށް ނޫން، ގޮތްދައްކަން"
މައުމޫން ދޫނިދޫން މާފުށީ ޖަލަށް ބަދަލު ކޮށްފި
ޕީޖީ ޝަމީމް އަށް ހަމަލާ ދިން ދެ މީހަކު ހައްޔަރުކޮށްފި
ޝަމީމަށް ދިން ހަމަލާ ސަރުކާރުން ކުށްވެރިކޮށްފި
"މަސައްކަތާއި ކަސްރަތުގައި ދެން އުޅޭނީ މާ ގަދަކޮށް"