އޭ ލެވެލް އިމްތިހާނުން ފަސް މާއްދާ އިން އޭ ފާސް ހޯދާ ދަރިވަރުންނަށް ސަރުކާރުން ދޭ ހައި އެޗީވާސް ސްކޮލަޝިޕަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.
08 މެއި 2018
އޭ ލެވެލް އިމްތިހާނުން ފަސް މާއްދާ އިން އޭ ފާސް ހޯދާ ދަރިވަރުންނަށް ސަރުކާރުން ދޭ ހައި އެޗީވާސް ސްކޮލަޝިޕަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު/ނޮވެމްބަރުގައި ނުވަތަ މި އަހަރުގެ ޖެނުއަރީ މަހު އޭ ލެވެލް އިމްތިހާން ހެދި ދަރިވަރުންނަށް ހުޅުވާލި މި ފުރުސަތަށް މި މަހުގެ 24 ވަނަ ދުވަހާ ހަމައަށް ކުރިމަތިލެވޭނެ ކަމަށް ޑިޕާޓްމަންޓް އޮފް ހަޔަ އެޑިއުކޭޝަން (ޑީއެޗްއީ) އިން އިއުލާނެއްގައި ވެ އެވެ.
ހައި އެޗީވާސް ސްކޮލަޝިޕްގައި ކިޔެވޭނީ، ސާކްގެ ގައުމުތަކުގެ އިތުރުން މެލޭޝިއާ އާއި ތައިލެންޑާއި ޕިލިޕީންސް އަދި ޗައިނާ އިންނެވެ. ނަމަވެސް އެ ގައުމުތަކުގައި ދަރިވަރު ކިިޔަވަން ބޭނުންވާ ކޯހެއް ނުހިންގާ ނަމަ އެހެން ގައުމަކުން ވެސް މަތީ ތައުލީމް ހާސިލް ކުރުމުގެ ފުރުސަތު ލިބޭނެ އެވެ. އެކަމަކު އެއީ ޑީއެޗްއީގެ ލިސްޓުގައި ހިމެނޭ ގައުމުތަކަށް ވުރެ އަގު ހެޔޮ ނުވަތަ އެއާ އެއްވަރުގެ ޚަރަދުތަކެއް ހިނގާ ނަމަ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.
މީގެ އިތުރުން، މި ސްކޮލަޝިޕްގައި ކިޔަވާއިރު އިތުރު ޚަރަދެއް ހިނގާ ނަމަ، ޑީއެޗްއީގެ ސަޕްލިމެންޓްރީ ލޯނުގެ ތެރެއިން އެ ޚަރަދުތައް ދައްކަން ނުވަތަ އަމިއްލަ ފައިސާ އިން އެކަމާ ޒިންމާ ވާނެ ކަމުގެ ބޭންކް ގެރެންޓީއެއް ހުށަހެޅުމުން ވެސް ހުއްދަ ދޭނެ އެވެ.
ހައި އެޗީވާސް ސްކޮލަޝިޕާއި ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަޝިޕަކީ ތަފާތު އެއްޗެކެވެ. ހައި އެޗީވާސް ސްކޮލަޝިޕް ލިބޭނީ ފަސް މާއްދާ އިން އޭ ފާސް ހޯދާ ދަރިވަރުންނަށެވެ. ނަމަވެސް ދުނިޔޭގެ ކޮންމެ ގައުމަކުން ވެސް ކިިޔެވޭ ގޮތަށް އޮންނަ ރައީސްގެ ސްކޮލަޝިޕް މިދިޔަ އަހަރުން ފެށިގެން ދެމުން އަންނަނީ، ފަސް މާއްދާ އިން އޭ ސްޓާ ހޯދާ ދަރިވަރުންނަނަށެވެ.
އޭ ލެވެލްގެ ގަދަ 10 އަށް ދަރިވަރުން ހޮވާ އުސޫލަށް ބަދަލުތައް ގެނައީ މިދިޔަ އަހަރެވެ. މިދިޔަ އަހަރުގެ މެއި/ޖޫން މަހު އޭ ލެވެލް ހެދި ދަރިވަރުންގެ ތެރެއިން 41 ދަރިވަރަކަށް ހައި އެޗީވާސް ސްކޮލަޝިޕް ލިބުނެވެ. ރައީސްގެ ސްކޮލަޝިޕް ލިބުނީ ތިން ދަރިވަރަކަށެވެ.
ހައި އެޗީވާސް ސްކޮލަޝިޕަށް އަލުން ހުޅުވާލައިފި
ހައިއެޗީވާސް ސްކޮލަޝިޕަށް ކުރިމަތިލީ 41 ދަރިވަރުން
އޯ ލެވެލް އިމްތިހާނުގެ ނަތީޖާ މިއަދު ދޫކުރަން ފަށަނީ
ގިނަ ކުދިންނަށް އޭލެވެލަށް ކިޔެވޭގޮތަށް އުސޫލު ހަދައިފި
ޗުއްޓީ އަށް ފަހު ދެވަނަ ޓާމުގެ ކިޔެވުން ފަށައިފި
ރިޕޯޓު ފޮތް ދީ، ދަރިވަރުން 16 ދުވަހުގެ ޗުއްޓީއަކަށް
މިކުދިން ނަގައިދެނީ ރީތި އައްޑޫ ބަހުގެ ފިލާވަޅެއް
ލަފާކުރަނީ މާލެއަށް 700 ދަރިވަރުން ބަދަލުވާނެ ކަމަށް
ޕްރީ ސްކޫލާއި ގްރޭޑް 1 އަށް ޖާގަ ހުޅުވާލައިފި
ވަށަފަރު ކްލާހެއްގެ ސީލިންގް ވެއްޓި ދެކުއްޖަކަށް އަނިޔާ