ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް މާލޭގެ ގޭގެ އަށް ޒިޔާރަތް ކުރައްވައި އާންމުންގެ ދިރިއުޅުމުގެ ހާލަތު ބައްލަވަން ފައްޓަވައިފި އެވެ.
07 މެއި 2018
ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް މާލޭގެ ގޭގެ އަށް ޒިޔާރަތް ކުރައްވައި އާންމުންގެ ދިރިއުޅުމުގެ ހާލަތު ބައްލަވަން ފައްޓަވައިފި އެވެ.
ފަސްޓް ލޭޑީ، މައްޗަންގޮޅީގެ ބައެއް ގެތަކަށް މިއަދު ވަޑައިގެން މީހުންގެ ހާލަތު ބައްލަވާފައިވާއިރު، އެއީ މުޅިން ކަހަލަ ގޮތަކަށް އެމްޑީޕީގެ ސަޕޯޓަރުން ދިރިއުޅޭ ގެތައް ކަމަށް ވެ އެވެ. ފަސްޓް ލޭޑީ މިއަދު ވަޑައިގަތީ 10 ގެ އަކަށެވެ.
ފަސްޓް ލޭޑީ ފާތުން ވަނީ ގެތަކަށް ވަޑައިގެން، އެކަމަނާ ހިންގަވާ ސޮދަގާތު ފައުންޑޭޝަންގެ ފަރާތުން ހަދިޔާ ދެއްވައިފަ އެވެ. އެކަމަކު އެއީ ކޮން ހަދިޔާއެއް ކަމެއް ސާފެއް ނުވެ އެވެ.
ފަސްޓް ލޭޑީ ފާތުން މިއަދު މާލޭގެ ގެއަކަށް ވަޑައިގެން މީހަކާ ސަލާމް ކުރައްވަނީ.
ރައީސް އޮފީހާއި ރައީސް ޔާމީންގެ ކެމްޕެއިން އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒު މިއަދު ވިދާޅުވީ ފަސްޓް ލޭޑީ ކުރިއަށް ގެންދަވާ "އެންމެ ގާތުން" ކެމްޕެއިނުގެ ތެރެއިން މާލޭގެ ހުރިހާ ހިސާބަކަށް އެކަމަނާ ވަޑައިގެން މީހުންގެ ދިރިއުޅުމުގެ ހާލަތު ބެއްލެވުމަށް ނިންމަވާފައިވާ ކަމަށެވެ. އެކަމުގައި، ފަސްޓް ލޭޑީ ވަކި ޕާޓީއެއްގެ ބަޔަކަށް ނުބައްލަވާނެ ކަމަށް މުއާޒް ވިދާޅުވި އެވެ.
"އެހީތެރި ކަމަށް ބޭނުންވާ ފަރާތްތަކުން ވަރަށް އެދޭ މެޑަމްއާ ބައްދަލު ކުރައްވަން. އެހެންވެ އެކަމަނާ އަށް ވަގުތުވެލައްވާ ވަރަކުން ގޭގެ އަށް ވަޑައިގެން ސިޓިން ރޫމުތަކުގައި އެ ބޭފުޅުންނާ ބައްދަލު ކުރައްވަމުން ގެންދަވާނެ،" މުއާޒް ވިދާޅުވި އެވެ.
މި އަހަރުގެ ރިޔާސީ އިންތިޚާބު ފިރިކަލުން ރައީސް ޔާމީނަށް ކާމިޔާބު ކޮށްދެއްވުމުގައި ވެސް އެންމެ އިސް ދައުރެއް އަދާކުރައްވަނީ ފަސްޓް ލޭޑީ ފާތުން އެވެ.
ފަސްޓް ލޭޑީ ފާތުން މިއަދު މާލޭގެ ގޭގެ އަށް ޒިޔާރަތް ކުރެއްވުމުގައި.
މިދިޔަ ހަފުތާގައި ފަސްޓް ލޭޑީ އާއި ޕީޕީއެމްގެ ލީޑާޝިޕްގެ އިސްބޭފުޅުން ވަނީ ފުވައްމުލަކުގައި ކެމްޕެއިން ހަރަކާތްތަކެއް ހިންގައިފަ އެވެ. އަދި ޕީޕީއެމް ލީޑާޝިޕްގެ އިސް ބޭފުޅުން ހިމެނޭ ގޮތަށް އެކިއެކި އަތޮޅުތަކަށް ދަތުރު ކުރައްވައި ކެމްޕެއިން ހަރަކާތްތައް އަންނަނީ ހިންގަމުންނެވެ.
ވެރިކަން ކުރާ ޕާޓީ، ޕީޕީއެމްގެ މުޅި ފޯކަސް މިހާރު އޮތީ މި އަހަރުގެ ރިޔާސީ އިންތިޚާބަށް ކަމަށާއި ޕާޓީގެ އެހެން ހަރަކާތެއް ނެތް ކަމަށް އެ ޕާޓީން ވަނީ އިއުލާން ކޮށްފަ އެވެ.
ދީނާ ބެހުމަށް ފަހު ޑިމޮކްރަސީގެ ނަން ބޭނުމެއްނުކުރެވޭނެ
ޔާމީން ދިން އަނިޔާ އަށް މާފެއް ނެތް: ޖާބިރު
ސަރުކާރު އައީ ހަސަދަ ފިލުވައި، ބަދަލުހިފަން: ޕީޕީއެމް
ސިޔާސީ މީހުންނަށް އުނދަގޫވާ ކަންކަން ކުރެވުނު: ރައީސް
"އަޅުގަނޑުގެ ނުކުޅެދުންތެރި ކަމަކީ މީހުން ދަސްނުވުން"
ޕީޕީއެމަށް 30،000، އިދިކޮޅަށް ފެނުނީ 3،000!
އަޅުގަނޑަކީ ވަރަށް ވަތަނީ މީހެއް: ރައީސް ޔާމީން
ޕީޕީއެމްގެ ރައްދު: އެމްޑީޕީގެ ހިޔާނާތް ބަލާނަންތޯ؟
އިބޫ ގެންދަވަނީ ރައީސް ޔާމީންގެ ވައުދު ކޮޕީކުރައްވަމުން
ރައީސްގެ ވާހަކަފުޅު އަމާޒުވަނީ އެމަނިކުފާނަށް: މާރިޔާ