Roadha Mihaaru
ފިހާރަތައް ހުޅުވާ ވަގުތު އިތުރުކޮށްފި

ރޯދަމަހުގެ ރޭގަނޑު 11 ޖަހަންދެން ފިހާރަަތައް ހުޅުވާފައި ބެހެއްޓޭނެ

06 މެއި 2018

އަންނަ ހުކުރު ދުވަހުން ފެށިގެން ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަސް ނިމެންދެން ރޭގަނޑު 11 ޖަހަންދެން ފިހާރަތައް ހުޅުވާފައި ބެހެއްޓޭ ގޮތަށް އިކޮނޮމިކް މިނިސްޓްރީން މިއަދު ހަމަޖައްސައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އަންނަ ހުކުރު ދުވަހުން ފެށިގެން ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަސް ނިމެންދެން ރޭގަނޑު 11 ޖަހަންދެން ފިހާރަތައް ހުޅުވާފައި ބެހެއްޓޭ ގޮތަށް އިކޮނޮމިކް މިނިސްޓްރީން މިއަދު ހަމަޖައްސައިފި އެވެ.

އެ މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ އަންނަ ހުކުރު ދުވަހުގެ ރެއިން ފެށިގެން ރޯދަ މަހާއި ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހު ރޭގަނޑު 11 ޖަހަންދެން ފިހާރަތައް ހުޅުވާފައި ބެހެއްޓުމުގެ ހުއްދަ ދީފައިވާ ކަަމށެވެ،

މީގެ އިތުރުން، ރޯދަމަހުން ފެށިގެން ޝައްްވާލު މަހުގެ ފުރަތަމަ ހަތް ދުވަސް ނިމެންދެން ކެފޭ އަދި ރެސްޓޯރެންޓްތައް މެންދަމު ތިނެއް ޖަހަންދެން ހުޅުވާފައި ބެހެއްޓުމުގެ ހުއްދަ ދިނުމަށް ވެސް އިކޮނޮމިކް މިނިސްޓްރީން ވަނީ ނިންމައިފަ އެވެ. އެކަމަކު އެ ދުވަސްތަކުގައި ދުވާލު ވަގުތު ކެފޭ އަދި ރެސްޓޯރެންޓް ހުޅުވުން މަނަލެވެ.

އާންމު އުސޫލުން މިހާރު ރޭގަނޑު 10 ޖެހުމުން ފިހާރަތައް ބަންދު ކުރަން ޖެހެ އެވެ. އަދި ކެފޭ ރެސްޓޯރެންޓްތައް ވެސް މެންދަމު އެކެއް ޖެހުމުން ބަންދު ކުރަން ޖެހެ އެވެ. ކޮންމެ އަހަރެއްގެ ވެސް ރޯދަ މަހާ ދިމާކޮށް، އެފަދަ ތަންތަން ހުޅުވާފައި ބެހެއްޓޭ ވަގުތު ސަރުކާރުން އިތުރު ކޮށްދެ އެވެ.

ކަލަންޑަރުގައިވާ ގޮތުން ނަމަ މި އަހަރުގެ ރޯދަމަސް ފެށޭނީ މި މަހުގެ 16 ވަނަ ދުވަހު އެވެ.