Roadha Mihaaru
ރޯދަމަހުގެ ދަންވަރު 1 ޖަހަންދެން ފިހާރަތައް ހުޅުވޭނެ

ރޯދަމަހުގެ ދަންވަރު 1 ޖަހަންދެން ފިހާރަތައް އަދި ކެފޭތައް 3 ޖަހަންދެން ހުޅުވާފައި ބެހެއްޓޭނެ

05 މާޗް 2024

ކުރިއަށް އޮތް ރޯދަމަހު ކެފޭ/ރެސްޓޯރަންޓްތަކާއި މުދާ ވިއްކާ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ގަޑިތައް ސަރުކާރުން މިއަދު ކަނޑައަޅައިފި އެވެ.

ކުރިއަށް އޮތް ރޯދަމަހު ކެފޭ/ރެސްޓޯރަންޓްތަކާއި މުދާ ވިއްކާ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ގަޑިތައް ސަރުކާރުން މިއަދު ކަނޑައަޅައިފި އެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ، އަންނަ ހަފުތާގައި ފަށާ ރޯދަމަހުގެ ދުވަސްތަކުގައި ކެފޭ/ރެސްޓޯރަންޓުތައް ހުޅުވާފައި ބެހެއްޓޭނީ ކޮންމެ ދުވަހެއްގެ ހަވީރު 5:30 އިން މެންދަމު ތިނެއް ޖަހަންދެން ކަމަށެވެ.

މުދާ ވިއްކާ ތަންތަން ނުވަތަ ފިހާރަތައް ހުޅުވާފައި ބެހެއްޓޭނެ އެންމެ ލަސްގަޑިއަކީ އެ މިނިސްޓްރީން ބުނިގޮތުގައި ދަންވަރު އެކެއް ޖަހަންދެންނެވެ. ރޯދަމަހުގެ ދުވަސްތަކުގައި ފިހާރަތަށް ހުޅުވޭނީ ފަތިހު 5:30 ގެ ފަހުން ކަމަށް ސަރުކާރުން ވަނީ ކަނޑައަޅައިފަ އެވެ.

ކަލަންޑަރުގައިވާ ގޮތުން ރޯދަމަސް ފެށެނީ އަންނަ ހޯމަ ދުވަހު ކަމަށް ވިޔަސް ކެފޭ/ރެސްޓޯރަންޓް އަދި ފިހާރަތައް ހުޅުވުމަށް ކަނޑައެޅި އާ ވަގުތަށް އަންނަ ހުކުރު ދުވަހުން ފެށިގެން އަމަލު ކުރާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ، ރޯދަމަސް ނިމި، ޝައްވާލް މަހުގެ ފުރަތަމަ ހަތް ދުވަހާ ހިސާބަށް ވެސް ފިހާރަތައް ހުޅުވޭނެ އެންމެ ލަސްގަޑިއަކީ ދަންވަރު އެކެއް ޖަހަންދެން ކަމަށެވެ. ކެފޭ/ރެސްޓޯރަންޓުތައް ވެސް ރޯދަމަހުގެ ދުވަސްތަކެކޭ އެއްގޮތަށް ޝައްވާލް މަހުގެ ފުރަތަމަ ހަތް ދުވަހާ ހަމައަށް ހުޅުވާފައި ބެހެއްޓޭނީ މެންދަމު ތިނެއް ޖަހަންދެން ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ރޯދަމަސް ފަދަ ހާއްސަ ދުވަސްތައް ފިޔަވައި އެހެން ދުވަސްވަތކުގައި ކެފޭ/ރެސްޓޯރަންޓުތައް ހުޅުވާފައި ބަހައްޓަން ސަރުކާރުން ހުއްދަ ދީފައި އޮންނަނީ ފަތިހުން ފެށިގެން ދަންވަރު އެކެއް ޖަންދެންނެވެ. ސައުވީސް ގަޑިއިރަށް ހުއްދަ ދީފައިވާ ފިހާރަތައް ފިޔަވައި އެހެން ފިހާރަތައް އާންމު އުސޫލުން ހުޅުވާފައި ބެހެއްޓޭނެ އެންމެ ލަސް ގަޑިއަކީ ރޭގަނޑު 11:00 އެވެ.